"ކުޅިކޮށް ކާ ކުއްޖަކު" ޓެގްކޮށްގެން އުރީދޫ ރޯދަ ހަދިޔާ ހޯދުމުގެ ފުރުސަތު
"ކުޅިކޮށް ކާ ކުއްޖަކު" ޓެގްކޮށްގެން އުރީދޫ ރޯދަ ހަދިޔާ ހޯދުމުގެ ފުރުސަތު

އުރީދޫން މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ބާޒާރަށް ނެރުނު ކަނޑޫދޫ މިރުހުގެ ހޮޓްސޯސް ޕެކް ހޯދުމުގެ ފުރުސަތު ސޯޝަލް މީޑިއާގައި ހުޅުވާލައިފި އެވެ.

އެ ފުރުސަތުގެ ދަށުން ސޯޝަލް މީޑިއާގައި އުރީދޫން އާއްމުކޮށްފައިވާ ޕޯސްޓުގައި ކުޅިކޮށް ކާން ބޭނުންވާ މީހުން ޓެގް ކުރުމުން ބައިވެރިވެވޭނެ އެވެ.

އެގޮތަށް ޓެގް ކުރަން ޖެހޭނީ މަދުވެގެން ދެ މީހުންނެވެ. ޓެގް ކުރާއިރު ކަނޑޫދޫ މިރުސް ހޭޝްޓެގެއްގެ ގޮތުގައި ބޭނުންކުރަން ޖެހޭނެ އެވެ.

އުރީދޫން އެ ފުރުސަތު ހުޅުވާލައިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 11:30 އާ ހަމައަށެވެ.

ނަންތައް ޓެގް ކުރާ މީހުންގެ ތެރެއިން ހޮވާ ނަސީބުވެެރި ފަރާތަކަށް އުރީދޫގެ ކަނޑޫދޫ މިރުސް ސޯސް ޕެކް ލިބޭނެ އެވެ.

ކަނޑޫދޫ މިރުސް ހޮޓްސޯސް ޕެކަކީ އުރީދޫގެ މިއަހަރުގެ ރޯދަ ކެމްޕޭނުގެ ދަށުން ތައާރަފު ކުރި އުފެއްދުމެކެވެ. އެ ކުންފުނީގެ މުޅި ކެމްޕޭން ހާއްސަ ކޮށްފައިވަނީ ކަނޑޫދޫ މިރުހަށެވެ.