އަލަށް ކްރެޑިޓް ކާޑަށް ރަޖިސްޓްރީ ވުމުން ރިވާޑް ޕޮއިންޓް ލިބޭނީ ހުކުރު ދުވަހުގެ ނިޔަލަށް
އަލަށް ކްރެޑިޓް ކާޑަށް ރަޖިސްޓްރީ ވުމުން ރިވާޑް ޕޮއިންޓް ލިބޭނީ ހުކުރު ދުވަހުގެ ނިޔަލަށް

ބީއެމްއެލް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ހާއްސަކޮށްގެން މިދިޔަ އަހަރު ފެށި ރިވާޑްސް ޕްރޮގްރާމުގައި އަލަށް ރަޖިސްޓްރީވާ ކަސްޓަމަރުންނަށް ޕޮއިންޓް ލިބޭނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށް ބޭންކުން ހަދާންކޮށްދީފި އެވެ.

ކްރެޑިޓް ކާޑުން ކުރާ ކޮންމެ ވިޔަފާރިއަކަށް ވެސް ޕޮއިންޓް ލިބޭ ގޮތަށް ތައާރަފްކުރި ރިވާޑްސް ޕްރޮގްރާމަށް އަލަށް ރަޖިސްޓްރީކުރާ ކޮންމެ ކަސްޓަމަރަކަށް 10،000 ޕޮއިންޓް ލިބުމުގެ ފުރުސަތު އޮވެ އެވެ. އެއީ އެ ޕްރޮގްރާމް ފެށުމުގެ ގޮތުން ހުޅުވާލި ޕްރޮމޯޝަނެކެވެ.

އެ ޕްރޮގްރާމްގައި، ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ލިބޭ ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކިން އާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑު ގަނެވޭނެ އެވެ. ގިފްޓް ކާޑުތައް ލިބޭ ބްރޭންޑުތަކުގެ ތެރޭގައި އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ހިމެނެ އެވެ.

"ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ރިވާޑްސް ޕްރޮގްރާމާ ގުޅޭ މައުލޫމާތު އަޅުގަނޑުމެން މިދަނީ އީމެއިލް މެދުވެރިކޮށް ފޮނުވަމުން. ބީއެމްއެލް އިން ދޫކޮށްފައިވާ ކޮންމެ ކްރެޑިޓް ކާޑެއް ބޭނުންކުރައްވާ ކަސްޓަމަރަކަށް ވެސް މި ޕްރޮގްރާމުގައި ވަރަށް ފަސޭހައިން ރަޖިސްޓްރީ ކުރެވޭނެ،" ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

ބީއެމްއެލް ރިވާޑްސް އަކީ 55 ގައުމެއްގައި ލޯޔަލްޓީ ޕްރޮގްރާމް ހިންގާ "ގިފްޓް" އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މިއީ ރާއްޖޭގައި ތައާރަފުކުރި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

- އެމެރިކަން އެކްސްޕްރެސް ގްރީން: ރަޖިސްޓްރީ ބޯނަސް 1،000 ޕޮއިންޓް، ހޭދަކުރާ ކޮންމެ 100ރ. އަށް ބަލައިގެން، 1،500ރ. އިން ދަށުގެ ވިޔަފާރިތަކަށް 10 ޕޮއިންޓް، 1،500ރ. އިން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 11 ޕޮއިންޓް.

- އެމެރިކަން އެކްސްޕްރެސް ގޯލްޑް: ރަޖިސްޓްރީ ބޯނަސް 1،750 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 100ރ. އަށް ބަލައިގެން، 1،500ރ. އިން ދަށުގެ ވިޔަފާރިތަކަށް 15 ޕޮއިންޓް، 1،500ރ. އިން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 16 ޕޮއިންޓް.

- އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް: ރަޖިސްޓްރީ ބޯނަސް 3،250 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 100ރ. އަށް ބަލައިގެން، 1،500ރ. އިން ދަށުގެ ވިޔަފާރިތަކަށް 25 ޕޮއިންޓް، 1،500ރ. އިން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 26 ޕޮއިންޓް.

- މާސްޓަ ކާޑް ސްޓޭންޑަޑް: ރަޖިސްޓްރީ ބޯނަސް 1،000 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 100ރ. އަށް ބަލައިގެން، 1،500ރ. އިން ދަށުގެ ވިޔަފާރިތަކަށް 10 ޕޮއިންޓް، 1،500ރ. އިން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 10 ޕޮއިންޓް.

- މާސްޓަ ކާޑް ގޯލްޑް: ރަޖިސްޓްރީ ބޯނަސް 1،750 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 100ރ. އަށް ބަލައިގެން، 1،500ރ. އިން ދަށުގެ ވިޔަފާރިތަކަށް 15 ޕޮއިންޓް، 1،500ރ. އިން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 15 ޕޮއިންޓް.

- މާސްޓަ ކާޑް ޕްލެޓިނަމް: ރަޖިސްޓްރީ ބޯނަސް 3،250 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 100ރ. އަށް ބަލައިގެން، 1،500ރ. އިން ދަށުގެ ވިޔަފާރިތަކަށް 20 ޕޮއިންޓް، 1،500ރ. އިން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 20 ޕޮއިންޓް.

- މާސްޓަ ކާޑް ވޯލްޑް: ރަޖިސްޓްރީ ބޯނަސް 4،750 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 100ރ. އަށް ބަލައިގެން، 1،500ރ. އިން ދަށުގެ ވިޔަފާރިތަކަށް 25 ޕޮއިންޓް، 1،500ރ. އިން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 25 ޕޮއިންޓް.

- ވިސާ ކްލެސިކް: ރަޖިސްޓްރީ ބޯނަސް 1،250 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 10 ޑޮލަރަށް ބަލައިގެން، 100 ޑޮލަރުން ދަށުގެ ވިޔަފާރިތަކަށް 15 ޕޮއިންޓް، 100 ޑޮލަރުން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 15 ޕޮއިންޓް.

- ވިސާ ގޯލްޑް: ރަޖިސްޓްރީ ބޯނަސް 1،750 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 10 ޑޮލަރަށް ބަލައިގެން، 100 ޑޮލަރުން ދަށުގެ ވިޔަފާރިތަކަށް 22 ޕޮއިންޓް، 100 ޑޮލަރުން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 23 ޕޮއިންޓް.

- ވިސާ ޕްލެޓިނަމް: ރަޖިސްޓްރީ ބޯނަސް 3،250 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 10 ޑޮލަރަށް ބަލައިގެން، 100 ޑޮލަރުން ދަށުގެ ވިޔަފާރިތަކަށް 30 ޕޮއިންޓް، 100 ޑޮލަރުން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 31 ޕޮއިންޓް.

- ވިސާ ސިގްނޭޗާ: ރަޖިސްޓްރީ ބޯނަސް 5،000 ޕޮއިންޓް، ހޭދަ ކުރާ ކޮންމެ 10 ޑޮލަރަށް ބަލައިގެން، 100 ޑޮލަރުން ދަށުގެ ވިޔަފާރިތަކަށް 38 ޕޮއިންޓް، 100 ޑޮލަރުން މަތީ އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް 38 ޕޮއިންޓް.