12 އެޕްރީލް 2022 - 13:58

ސޮނީ ސްޕޯޓްސް އިން މަޖީދީ މަގުގައި ހުޅުވާފައިވާ ފެޝަން ފިހާރަ އަށް އާ ނަމެއް ހޯދަން ހާއްސަ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.
ސޮނީ ސްޕޯޓްސްގެ ފޭސްބުކް ޕޭޖުގައި ކުރިއަށްގެންދާ މި ކެމްޕޭނުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. އެ ކުންފުނީގެ ޕޭޖު ފޮލޯކޮށް، ޕޯސްޓް ލައިކް ކުރުމަށް ފަހު އެ ފިހާރަ އަށް ކިޔަން ރީތި ނަމެއް ކޮމެންޓް ކޮށް، ރައްޓެއްސަކު ޓެގް ކުރުމަށް ފަހު އެ ޕޯސްޓް ޝެއާ ކުރުމުން ކެމްޕޭނުގައި ބައިވެރިވެވޭނެ އެވެ.
އެ ކެމްޕޭނުގެ އެންމެ ރީތި ނަން ހޮވާނީ މި މަހުގެ ފަހުކޮޅު އެވެ.
ސޮނީ ފެޝަންގެ އެ ކެމްޕޭނުގައި އެންމެ ރީތި ނަން ހުށަހަޅާ މީހަކަށް "ޓާމްސް އެންޑް ކޮންޑިޝަން" އާއެކު 25،000ރ. ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ.
އެ ކުންފުނިން އެދެނީ ވީހާ ވެސް ގިނަ މީހުން މި ކެމްޕޭނުގައި ބައިވެރިވެ ތަފާތު އަދި ރީތި ނަންތައް ހުށަހެޅުމަށެވެ.