12 އެޕްރީލް 2022 - 09:03

ރިމީ އިސްމާއިލް ފެޝަން ޑިޒައިނަރެއްގެ ގޮތުގައި ދިވެހިންނަށް ތައާރަފްކޮށްދިނީ 2007 ވަނަ އަހަރު މާލޭގައި ބޭއްވި މަޝްހޫރު ރަންވޭ ފެޝަން ޝޯގައި އޭނާ ދެއްކި ހުނަރާއި ހޯދި ޝަރަފެވެ. ރިމީ އަކީ އެފަހަރުގެ އެންމެ މޮޅު ފެޝަން ޑިޒައިނަރެވެ. ނަމަވެސް ފެޝަނާ އަބުއިތަނެއްގައި އަދި އަމުދުން އެ ފުރިހަމަ ސްޓޭޖު ފެޝަނަށް ނެތް ތަނެއްގައި ކިތަންމެ ހުނަރެއް ދައްކަން ބޭނުންވިޔަސް ފެޝަން ޑިޒައިނަރަކަށް ބޭނުންވާ ހަގީގީ ފުރުސަތެއް މިތަނުގައި ލިބުމަކީ ނާދިރު ކަމެކެވެ. ރަންވޭގެ އެ ސްޓޭޖަށް ފަހު އެއަށް ވުރެ ބޮޑު ސްޓޭޖެއް ނުލިބި ރިމީ ވެސް މަޑުމަޑުން އޭނާގެ އެ ހުރިހާ ހުނަރެއްގެ ތެރެއަށް ވަދެ އާންމުންގެ ލޯތަކަށް ގެއްލިގެންދިޔައީއެވެ. އަބަދުވެސް އެންމެ ކުރަން ބޭނުންވި ޑިޒައިން މަސައްކަތް އެއް ފަރާތަކަށް ޖައްސާލުމަށް ފަހު އެހެން މީހުންނަށް ހެދުން ފަހައިދޭން ފެށީއެވެ. އެކަމަކު ދެން ވެސް ހިތުގައި ފެޝަނާއި ޑިޒައިންކުރުމަށް އޮތް ލޯބި ފައްސައެއް ނުލިއެވެ.

މިއީ އޭގެ 15 އަހަރު ފަހެވެ. އަދިވެސް ބަދަލުނުވެ އޮތީ ފަހަރުގައި ރިމީގެ ހިތް އެކަންޏެވެ. އެކަމަކު އޭނާގެ މި ދަތުރު ފެށި އިރާއަޅާ ބަލާއިރު ރާއްޖޭގެ މުޅި ފެޝަން ސީން އެއްކޮށް މިއަދު މި ވަނީ ބަދަލުވެފައެވެ. ފެޝަން ޑިޒައިނަރުންނަށް ފުރުސަތާއި އިހުތިރާމު އެ މީހުންނަށް ލިބި އާންމުން ވެސް މި ވަނީ އެ ހުނަރުވެރިކަން ބަލައިގެންފައެވެ. ރިމީ އެ އައީ އިހަށް ދުވަހު ދުބާއީ އަށް ގޮސް ދުބާއީ ވޯލްޑް އެކްސްޕޯގައި އޭނާގެ ކަވި މަސައްކަތާއި ޑިޒައިން މަސައްކަތް ދައްކާލައިފައެވެ.

މިހިސާބަށް ދިއުމުން ހިތަށް އަރަނީ މީގެ ހައެއްކަ އަހަރު ކުރިން ރިމީ ދިން އިންޓަވިއުއެއްގައި ބުނި ވާހަކައެކެވެ.

"މި މަސައްކަތުގައި އަޅުގަނޑު އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ އަޅުގަނޑުގެ ހުނަރުތައް ރާއްޖެއިން ބޭރުގެ ސްޓޭޖެއްގައި ދައްކާލެވޭނެ ދުވަސް. އަޅުގަނޑުގެ އަމިއްލަ ޑިޒައިންތަކެއް، ހެދުންތަކެއް ބޭރުގައި ދައްކާލެވޭނެ ދުވަސް."

މިހެންނެވެ. އެހެންވީމަ ރިމީގެ މި ހުވަފެން އެންމެފަހުން ހަގީގަތަށްވުން ސެލެބްރޭޓްކުރަމުން އޭނާގެ މި ހާއްސަ އިންޓަވިއު ފަށައިގަންނަމާ ހިނގާށެވެ. ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ދެގޮތެއް ނުވެ އެކުރާ ކަމެއްގައި ދެމިހުރުންކަން ރިމީ މި ވަނީ އޭނާގެ މަސައްކަތްހާ ރީއްޗަށް ސާބިތުކޮށްދީފައެވެ.

ރިމީ: ދުބާއީ އެކްސްޕޯގެ ފުރުސަތަކީ އޯޕަން ބިޑެއް މެދުވެރިކޮށް މިނިސްޓްރޯ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ލިބުނު ފުރުސަތެއް. އަޅުގަނޑު މި ހުށަހަޅައި ދިނީ ދިވެހި ރާއްޖެ އާއި އަޅުގަނޑުމެންގެ ސަގާފަތް ތަމްސީލުކޮށްދޭ ވަރަށް ހާއްސަ ކަލެކްޝަނެއް. ޖުމްލަ 18 ހެދުމެއް އަޅުގަނޑު މީގައި ބައިވެރިކޮށްފައިވާއިރު ދިވެހި 15 އާޓިސްޓުންނާ އެކު ޝޯ ކުރިއަށް ގެންދިޔައީ.

އޭގެ ޑިޒައިނިން އާއި ފެބްރިކޭޝަން އަދި މިއުޒިކަށް ކޮރިއޮގްރެފީ ހަދައި ހުރިހާ ކަމަކަށް ތައްޔާރުވާން ލިބުނީ އެންމެ 4 ހަފުތާ. ވަރަށް ޓައިޓް ޑެޑްލައިނެއްގައި މަސައްކަތްކޮށްގެން ވެސް ބޭނުންވި ނަތީޖާ ނެރެވުނީތީ މިހިރީ ވަރަށް ހިތްހަމަޖެހި އުފާވެފައި.

އަޅުގަނޑު ބެލީ މި ފުރުސަތުގެ ބޭނުން ހަމައެކަނި އަޅުގަނޑު ހިފުމުގެ ބަދަލުގައި ވަރަށް ގިނަ އެހެން ލޯކަލް އާޓިސްޓުންނަށް ވެސް ފުރުސަތު ދީގެން މަސައްކަތްކުރަން. އެގޮތުން ހަރުބީ ބޮޑުބެރުގްރޫޕުގެ އިތުރުން އެހެން ލަވަކިޔުންތެރިންނާއި އާޓިސްޓުން ވެސް މީގައި ބައިވެރިކޮށްފައިވާނެ. އެގޮތުން ދިވެހިންގެ ސަގާފީ ހެދުންތަކާއި ޑިޒައިންތައް ދިވެހި އަސްލު ބޮޑުބެރު ލަވަތަކާ އެކު އެވަރުގެ ބޮޑު ސްޓޭޖެއްގައި ދައްކާލަން ލިބުމަކީ ހަގީގަތުގައި އަޅުގަނޑާއި މުޅި ޓީމަށް ވެސް ލިބިގެން ދިޔަ ބޮޑު އުފަލެއް.
ރިމީ: މީގައި އަޅުގަނޑު ބައިވެރިކުރި ކަލެކްޝަނަކީ ދިވެހި ސަގާފީ ހެދުންތަކެއް. އެކަމަކު އޭގެ އަސްލު ގެއްލުވާނުލައި އަޅުގަނޑުގެ އަމިއްލަ ސްޓައިލާއި ސިފަތައް އޭގެ ތެރޭގައި ހިމަނައިގެން ކުރި މަސައްކަތެއް. މުޅި މި ކަލެކްޝަނަކީ ވަރަށް ބޮޑަށް ދިވެހި މަހާރެހެންދިންގެ ކިބައިން އިންސްޕަޔާވެގެން ތައްޔާރުކުރި ހެދުންތަކެއް. އަޅުގަނޑަކަށް ހީއެއް ނުވޭ ރާއްޖޭގައި ދިވެހިން ދިވެހިންގެ މަހާރެހެންދިންނަށް އެހާ ބޮޑު ސަމާލުކަމެއް ދޭހެނެއް. އަބަދުވެސް އަޑު އިވެނީ ރަސްރަސްކަލުންގެ ވާހަކަތައް. އެހެންވީމަ މިއީ މަހާރެހެންދިންގެ ވާހަކަ.
ރިމީ: އެންމެ ހަނދާންވަނީ އަޅުގަނޑުގެ މަންމަ ފަހަން އިންނަ ހަނދާން. މަންމަ އަކީ ފަހަން ފެހި މީހެއް ނޫން އެކަމަކު އަމިއްލަ ހެދުންތަކާއި އާއިލާގެ މީހުން އަދި ރައްޓެހިންނަށް ފަހައިދިން މީހެއް. މަންމަ އަކީ ވަރަށް ބޮޑު އިންސްޕިރޭޝަނެއް. ކުޑައިރު އަޅުގަނޑު ބޮޑުވީ ފެޝަނަށް ވަރަށް ލޯބިކުރި މާހައުލެއްގައި. (މަޝްހޫރު މޭކަޕް އާޓިސްޓް) ފީރޯޒް އައިސްތު އަކީ ވެސް އަޅުގަނޑުގެ ބޮޑުދައިތައެއް.
އެގޮތަށް މި ހުނަރުގައި މޮޅު މީހުންނާ އެކު އުޅެ ބޮޑުވުން އެއީ މި ދާއިރާ އަށް ހިތްޖެހުނު ސަބަބަކަށް ވެދާނެ. ކުޑައިރު އަޅުގަނޑަކީ އާޓަށް ވެސް ވަރަށް ފޯރި ހުރި މީހެއް. ހަނދާންވޭ އޭރު ވެސް ކުދިން ކުރަހައިގެން އެ ކުދިންތައް ރީތި ހެދުންތައް ލައްވައިގެން އުޅޭ ހަނދާން. ކުޅެން ގެންގުޅުނު ބުދުތަކަށް ވެސް އަމިއްލަ އަށް ހެދުން ޑިޒައިންކޮށް ފަހައިގެން އުޅޭ ހަނދާން.
ރިމީ: އަޅުގަނޑު ދަސްކުރިން އަދި ޕްރެކްޓިސްކުރިން އޮޓް ކުޓްއާ ވެސް. (އެއީ ކަސްޓަމް ފިޓެޑް ހައިއެންޑް ފެޝަން ޑިޒައިން. އޭގައި ހުރިހާ ކަމެއް ކުރާނީ ދެ އަތުން) އެކަމަކު އަޅުގަނޑުގެ އެންމެ އާންމު ސްޓައިލަކީ ރެޑީ ޓު ވެއާ އަދި ފާސްޓް ފެޝަންއޭ ބުނެވޭނީ.
ރިމީ: ފެޝަން ޑިޒައިން ކިޔަވައިގެން އައިސް 2007 ގައި މި މަސައްކަތް ފެށިއިރު އޭރު ވަރަށް ޅަ އަދި. އޭރަކު އަދި ހިޔާލަކަށް ވެސް ގެންނާކަށް ނޭނގޭ މިކަހަލަ ކަމެއް ކޮށްގެން މީހުން އަޅުގަނޑު ބަލައިގަންނާނެ ގޮތެއް ވެސް. ނަމަވެސް އެންމެފަހުން މީހުން އަޅުގަނޑާއި އަޅުގަނޑުގެ މަސައްކަތް ބަލައިގަތުން ވީ ވަރަށް ވެސް އުފާވި ކަމަކަށް.
ރިމީ: ރަނގަޅު ވާހަކައެއް. އަޅުގަނޑަށް ވަރަށް ކަމުދޭ އަދި އަޅުގަނޑު ވަރަށް އިހުތިރާމް ވެސް ކުރަން ދިވެހި ސަގާފީ ހެދުމާއި ގަހަނާކުރުމާއި އޭރުގެ އެ ހުރިހާ ސްޓައިލްތަކަކަށް ވެސް. އާންމުކޮށް ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތްކުރާއިރު ނުވަތަ ހާއްސަ ކަލެކްޝަނެއްގައި (މިސާލަކަށް އެކްސްޕޯ ކަލެކްޝަން) މަސައްކަތްކުރާއިރު ވަރަށް ފުންކޮށް ދިރާސާކުރެވިގެން އެ ކަމެއް ކުރަނީ. ވަކި އުސޫލެއްގެ މަތިން ފަރުވާތެރިކަމާ އެކު މަސައްކަތްކުރެވިގެން ގޮސް އޭގެ ކޮންމެ މަސައްކަތެއް ވެސް ފުރިހަމަކުރަނީ. ހިޔާލަށް ގެންނަ ހިޔާލުތައް ގަނޑަށް ތިރިކޮށް އެންމެ ފަހުގެ މަރުހަލާގައި ފެންނަން ހުންނާނެ ގޮތަށް ކުރަހައި ކުލަޖައްސައިގެން.
ރިމީ: އެފަދަ ހާލަތެއްގައި އަބަދުވެސް އެންމެގިނައިން ދެވޭނީ މަންމަ ގާތަށް. އޭގެ އިތުރުން ފެޝަން އަދި މަސައްކަތުގެ ތަޖުރިބާހުރި ހަމަ ކޮންމެ މީހަކާ ވެސް ޝެއާކޮށް އެމީހުންގެ ހިޔާލުތައް އަޑުއަހައި އެމީހުންގެ ފަރާތުން ދަސްކުރުމަކީ އަޅުގަނޑު ވަރަށް ލޯބިކުރާ ކަމެއް.
ރިމީ: އަޅުގަނޑު ބަލަނީ ވަރަށް ބެލެންސްޑްކޮށް ހުރިހާ ކަމެއް ވެސް ކުރެވޭތޯ. އެގޮތުން އެ ޑިޒައިނެއް ފުރިހަމަކުރުމަށް ބޭނުންވާ އިންފްލުއެންސާއި އިންސްޕިރޭޝަނާއި ތީމްތަކާއި ދިރާސާތައް އަދި ބޭނުންކުރާ މެޓީރިއަލްސް ވެސް އެއް ފެންވަރެއްގައި އެއް ހަމައެއްގައި ހިފަހައްޓަން.
ރިމީ: މިސާލަކަށް މެޑިކަލް ކޮންސަލްޓޭޝަން ބޭނުންވާ ފަދައިން ފެޝަން އަކީ ވެސް އޭގެ އެންމެ ފުރިހަމަ މައުލޫމާތު އަދި ހޭލުންތެރިކަން އެކަމުގެ ތަޖުރިބާކާރުންގެ ކިބައިން ހޯދައި ލިބިގަންނަން ޖެހޭ ދާއިރާއެއް ހަގީގަތުގައި. ކޮންމެ ކޮންމެ މީހެއްގެ ހިޔާލު ނުހޯދައި ސީދާ ކަމުގެ ތަޖުރިބާކާރުންގެ ހިޔާލާއި ހުނަރު ހޯދުން ވަރަށް ރަނގަޅުވާނެ އަދި އެފަދަ ދުވަހެއް ފެނުން ވާނީ އުފާވެރި ކަމަކަށް. ރާއްޖޭގައި މިހާރު ވަރަށް ބައިވަރު ޒުވާން ހުނަރުވެރި ފެޝަން ޑިޒައިނަރުން އެބަތިބި.
ރިމީ: އަޅުގަނޑު ފަށައިގަތްއިރު ޕްލެޓްފޯމެއް ހޯދުމަކީ ވަރަށް އުނދަގޫކަމެއް. ނަމަވެސް މަޑުމަޑުން އެ މަންޒަރު ބަދަލުވެއްޖެ. މިއަދު ވަރަށް ބައިވަރު ފުރުސަތު އެބަހުރި ހުރިހާ ދިމާލެއްގައި ވެސް. އެހެންވީމަ އެއީ އަސްލުވެސް ވަރަށް ސަޅި ކަމެއް.
ރިމީ: އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފެޝަން ޑިޒައިނަރެއްގެ އެންމެ ހާއްސަ އަދި އެންމެ މުހިންމު ސިފައަކަށް ވާނީ އެ އާޓިސްޓެއްގެ ނެޗުރަލް ޓެލެންޓް އެންމެ ފުރަތަމަ ކަމަކަށް. އަދި އެ ފައިދާގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފަން ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ކުރުން. އަދި އެމީހެއްގެ މި އެނާޖީ އާއި ޝައުގުވެރިކަން ވާން ޖެހޭނީ އެހެން މީހުންގެ ޝައުގުވެރިކަން ވެސް އެކަމަކަށް ދަމައިގަނެ އެހެން މީހުންނަށް ވެސް ނުފޫޒު ފޯރުވާ ކަހަލަ ބާރަކަށް.
އަޅުގަނޑުގެ ޕާސަނަލް ސްޓައިލްގައި އަޅުގަނޑަކީ ވަރަށް މައިލްޑް މީހެއް. އެކަމަކު ޑްރެސްއަޕްކުރާއިރު ވަރަށް ބޯލްޑްވާނެ. ފެޝަން އަކީ އެތެރެއިން އުފެދިގެން އަންނަ އިހުސާސެއް. ކޮންމެ ދުވަހަކުވެސް އަޅުގަނޑު ހުންނަން ޖެހޭ ގޮތް ނުވަތަ ހެދުން އަޅަން ޖެހޭ ގޮތް ބުނެދީ އެ ދިމާލަށް ގެންދާ ބާރެއް.
ރިމީ: އަޅުގަނޑު ބުނާނީ އާންމުންގެ ފަރާތުން ލިބޭ ލޯތްބޭ. ސަބަބަކީ އެ ލޯތްބާއި ސަޕޯޓާ ނުލައި އަޅުގަނޑަކަށް ހީއެއް ނުވޭ މިއަދު މި އާދެވިފައި ހުރި ހިސާބަކަށް އާދެވޭނެހެނެއް.
ރިމީ: އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަޅުގަނޑު ހެދުމެއް ޑިޒައިންކޮށް ފަހައި ނިމުމުން ނުވެސް ދަންނަ މީހެއްގެ ފަރާތުން އެ ލިބޭ ކޮމްޕްލިމެންޓް. ވަކިން ހާއްސަކޮށް ކުރިން އަޅުގަނޑު ކޮށްފައި ނުވާ ކަހަލަ ސްޓައިލެއްގެ މަސައްކަތަށް ލިބޭ ތައުރީފު. އަސްލު ވެސް ތިމާގެ މަސައްކަތެއް މީހުން ބަލައިގަނެ އެ މަސައްކަތަށް ތައުރީފުކުރުމަކީ ވަރަށް އާދަޔާހިލާފު ބޮޑު އުފާވެރިކަމެއް ކޮންމެ މީހަކަށް ވެސް ގެނުވާނެ ކަމެއް.
ރިމީ: ބޯލްޑް، ފިއާލެސް އެންޑް އައުޓްޝައިނިން. އަޅުގަނޑު ވަރަށް ބޭނުންވޭ ކޮންފިޑެންޓް، ބޯލްޑް އަދި އައުޓްޝައިން ޕާސަނާލިޓީ ތަކެއްގެ ގޮތުގައި މީހުންތައް ފެންނަން އަޅުގަނޑުގެ ހެދުންތަކުގައި ފެންނައިރު.
ރިމީ: އަޅުގަނޑު މިއީ އަދި މީހަކު އުޅޭ ގޮތަކުން އުނދަގުލެއް ވާ މީހެއް ނޫން. ވަރަށް ނުވާނެ އެކަހަލަ ކަމެއް.
ރިމީ: ސިގްނޭޗާ ސްޓައިލެއް ވަރަށް މުހިންމޭ. އެއީއޭ އެހެން ޑިޒައިނަރުންނާ ތިމާއާ ތަފާތުކޮށްދޭނެ ސިފައަކީ. އަދި ތިއީ ކާކުކަން ދެނެގަންނަން އެހެން މީހުންނަށް އެނގޭނެ ގޮތަކީ.
ރިމީ: މެޑިކަލް އެކި ސަބަބުތަކާ ހެދި މިކަހަލަ ބޮޑެތި އިވެންޓްތަކާ ދުރުގައި އުޅޭތާ އަސްލު ފުދޭވަރަކަށް ދުވަސްވެއްޖެ. އެކަމަކު އަސްލުން އަނެއްކާވެސް މަސައްކަތް ސްޓޭޖުތަކަށް ގެންދަން އަޅުގަނޑު މިހިރީ ހަމަ ތައްޔާރަށް. އެގޮތުން އަޅުގަނޑު މި ދަނީ މިހާރު ވެސް އާ ޕްރޮޖެކްޓްތަކަކަށް ވިސްނަމުން ރާވަމުން. ކުރިން ވެސް ބުނި ފަދައިން އަޅުގަނޑަކަށް ހީއެއް ނުވޭ ދިވެހި ސަގާފަތުގެ މުއްސަނދި ކަމަށް ލިބެން ޖެހޭ ސަމާލުކަން އަދިވެސް ލިބޭހެނެއް. އެހެންވީމަ އަދިވެސް މި ދިމާލުން އިތުރު މަސައްކަތްތަކެއް ގެނެސްދިނުމަކީ އަޅުގަނޑުގެ ވިސްނުމެއް.