2023 ލިބޭނީ އެމްޑީޕީ "ހިންގާލައިގެން": ފައްޔާޒް
2023 ލިބޭނީ އެމްޑީޕީ "ހިންގާލައިގެން": ފައްޔާޒް

ވެރިކަމުގައި އެމްޑީޕީ އަށް ދެ ވަނަ ދައުރެއް 2023 ގައި ކަށަވަރު ވާނީ އާއްމު މެމްބަރުންނާއި ޕާޓީގެ ހީނަރުވެފައި އޮތް ގުޅުން ބަދަހިކޮށް، ހަރަކާތްތެރިކޮށް "ހިންގާލައިގެން" ކަމަށް ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިއްޔެ ވިދާޅުވެއްޖެ އެވެ.

2023 ލިބޭނީ އެމްޑީޕީ "ހިންގާލައިގެން": ފައްޔާޒް
2023 ލިބޭނީ އެމްޑީޕީ "ހިންގާލައިގެން": ފައްޔާޒް

ކެމްޕޭނަށް ކ. ހިންމަފުއްޓަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި ފައްޔާޒް ވަނީ ޕާޓީ "ހިންގާލަން" ޖެހޭ ކަމަށް އޭނާ ވިދާޅުވަމުން ގެންދަވާ ސަބަބު ތަފްސީލް ކޮށްދެއްވައިފަ އެވެ. އެމްޑީޕީގެ ގޮތުގައި ޕާޓީ ނުހިނގާ ކަމަށް އޭނާ އެ ރަށުގައި ވިދާޅުވެފައި ވަނީ އެމްޑީޕީ އަށް މިހާތަނަށް ކާމިޔާބީތައް ހޯދިފައި ވަނީ ހިނގާތީ ކަމަށް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ، އޭނާގެ ކެމްޕޭނަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި ވަނިކޮށެވެ.

2023 ލިބޭނީ އެމްޑީޕީ "ހިންގާލައިގެން": ފައްޔާޒް
2023 ލިބޭނީ އެމްޑީޕީ "ހިންގާލައިގެން": ފައްޔާޒް

ވާދަވެރި ޗެއާޕާސަންގެ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދާ އެކު ފައްޔާޒް ނުކުންނެވި އިރު، ނަޝީދުގެ ކެންޑިޑޭޓަކީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

ފައްޔާޒް ވިދާޅުވީ ކެމްޕޭންގައި އިއްޔެ 115 ވަނަ ރަށަށް ވަޑައިގެންނެވިއިރު، މެމްބަރުންގެ އެންމެ ބޮޑު ޝަކުވާއަކީ ޕާޓީ ނުހިންގި އާއްމު މެމްބަރުންނާއި ޕާޓީއާ ގުޅުން ގޯސްވެފައި އޮތުން ކަމަށެވެ.

"އަޅުގަނޑަށް ކޮންމެ ރަށަކުން ވެސް އަންނަ ކަންބޮޑުވުމަކީ ޕާޓީއަކާ އެއްވެސް ގުޅުމެއް ޕާޓީގެ މެމްބަރުންނަކާ ނެތޭ. ޕާޓީގެ ހަރަކާތެއް ރަށުގައި ނުހިންގެއޭ. ޖަގަހައެއް އެއްޗެއް ހިންގަން ވެސް އެހީތެރިކަމެއް ނެތޭ. މިހެން އޮތް އެއްޗެއް. ބޮޑު ސިންގާ އެއްޗެއް [ޕާޓީއެއް] މިހެން އޮވެގެން ދެން ދަނީ ދާނެ ގޮތަކަށް،" ފައްޔާޒް ވިދާޅުވި އެވެ.

އިންތިހާބެއް ކައިރީވީމާ ކެންޑިޑޭޓަކު ނަގައިގެން ބުރަ މަސައްކަތެއްކޮށް އެ ކެންޑިޑޭޓަކު ހޮވާފައި އެ ހިސާބުން ނިންމާލުން ރަނގަޅު ނޫން ކަމަށާއި ކޮންމެ ދުވަހަކު ވެސް ޕާޓީގެ ހަރަކާތް ހިންގަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. ރަށްރަށުގެ ގޮފިތަކުން ކުރާ މަސައްކަތުގައި ޕާޓީގެ އެހީތެރިކަން ދޭން ޖެހޭނެ ކަަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީގައި ޒުވާނުންގެ ދައުރު ބޮޑުކޮށް، ކުރިއެރުމުގެ ފުރުސަތު ވެސް ހޯދައިދޭން ޖެހެ އެވެ.

"ޕާޓީ އަށް މެމްބަރުން އިތުރުކޮށް، ތާއީދު އިތުރުކޮށް، ހަމައެއާ އެކު ސަރުކާރަށް ވެސް ތާއީދު އިތުރުކުރަން އެބަޖެހޭ. އެ މަސައްކަތް ތި ބޭފުޅުންނަށް ކުރެވޭނީ ޕާޓީގެ މައި އޮފީހުން ޕްރޮގްރާމެއްގެ ތެރެއިން އެކަން ކޮށްގެން. އަދި މިހެން ދޫކޮށްލައިގެން ތިބެގެން އެކަން ނުވާނެ،" ފައްޔާޒް ވިދާޅުވި އެވެ.

"ކޮންމެ ރަށެއްގައި މި ޕާޓީގެ ޖަގަހައެއް އޮފީހެއް އިންނަން ޖެހޭނެ."

ފައްޔާޒް ވިދާޅުވީ ކެމްޕޭން ސްލޯގަންގައި ޔަގީންކަން ދެއްވަނީ އަމާޒެއް ނެތި އޮވެ ދާން ޕާޓީ ދޫކޮށްނުލައްވާނެ ކަމެވެ. އެމްޑީޕީ މިހާރު އެ އޮތް ހިސާބުން ހިންގޭ ގޮތަށް ކަންކަން ބަދަލުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"2023 ލިބޭ ތަނެއް އަޅުގަނޑަކަށް ނުފެނޭ ޕާޓީގެ މެމްބަރުން އެކްޓިވްގެން ނޫން ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ޕާޓީ އާއި އާއްމު މެމްބަރުންގެ ގުޅުން ރަނގަޅުކޮށް، ސަރުކާރާއި ޕާޓީއާ އެކު ގުޅިގެން މަސައްކަތް ކުރަން ފަށަން ޖެހެ އެވެ. އެމްޑީޕީއަށް ކާމިޔާބީ އޮތީ އެ މަގުން ކަމަށް އާއްމު މެމްބަރުންނަށް ފައްޔާޒް ވިދާޅުވެ ދެއްވި އެވެ.

"މި ގައުމުގެ އުއްމީދަކީ ވެސް މުސްތަގުބަލުގެ އުއްމީދަކީ ވެސް މި ޕާޓީ. މި ޕާޓީއަށް ވާ އެއްޗެއް މި ގައުމަށް ވާނީ. އަޅުގަނޑުމެން ނުކުމެ މިތިބީ މި ޕާޓީގައި އޮތް ޑިމޮކްރެޓިކް ފަލްސަފާގެ ތެރެއިން އަޅުގަނޑުމެންގެ ވިޝަންއެއް އޮވެގެން. އަޅުގަނޑުމެންގެ ޕާޓީއަކީ ވަރަށް ޓްރާންސްޕޭރެންޓް ޕާޓީއަކަށް ވާތީ މި ކަހަލަ އިންތިހާބުތަކުގައި ވަރަށް ފޯރިގަދަ ކެމްޕޭނެއް މިދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

ކެމްޕޭންގެ ވާދަވެރިކަމުގައި އަމާޒުކުރާ ފާޑުކިއުންތަކާއި ރައްދުތަކަށް އިޝާރާތްކުރައްވައި ވިދާޅުވީ އެކަންކަން ކަމުގެ ތެރޭގައި އިންތިހާބުގައި ވާދަކުރުމަކީ ގޯހެއް ކަމަށް ހީވާ ހިސާބަށް ވެސް ޑިމޮކްރަސީ ކުރިއަރުވަން ނުކުމެ ތިބި ޕާޓީގައި އެބަދާ ކަމަށެވެ.

މި އިންތިހާބުގެ ފޯރިގަދައީ 2023 އަށް ޕާޓީގެ ކުރިމަގު ކަނޑައެޅުމުގެ އިދާރީ ކަންކަމުގައި ޗެއާޕާސަންގެ ދައުރު ބޮޑު ކަމުންނެވެ.

ޗެއާޕާސަންގެ މި އިންތިހާބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު ހިނގާ ފައިޓެއްކަން ކެމްޕޭނުގެ މަންޒަރުތަކުން ސާފުވެ އެވެ. އިންތިއާ އެކު ނަޝީދަށް ވަފާތެރި މަޖިލިސް މެމްބަރުން ކެމްޕޭންގައި ހަރަކާތްތެރިވާ އިރު ފައްޔާޒާއެކު ތިއްބެވީ މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުންތަކަށް ތާއީދުކުރައްވަމުން ގެންދަވާ މެމްބަރުންނެވެ.

އަންނަ މަހުގެ 14 ގައި އޮންނަ އިންތިހާބުގައި 94,000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.