އިހްޔާ ފޯރަމްގައި ބައިވެރިވާ މީހުންގެ މެދުގައި ގުރުއަތު ނަގައި އިނާމު ދެނީ
އިހްޔާ ފޯރަމްގައި ބައިވެރިވާ މީހުންގެ މެދުގައި ގުރުއަތު ނަގައި އިނާމު ދެނީ

ރޯދަ މަހުގެ ރޭތައް އިހްޔާކުރަން ބާއްވާ ފޯރަމްތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހުންނަށް އިނާމު ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީގެ ވެބްސައިޓުގައި މިއަދު ބުނީ މާލެ އާއި ރަށްރަށުގައި ބާއްވާ އިހްޔާ ފޯރަމްތައް ކުރިއަށްދާ ކޮންމެ ރެއަކު، ގުރުއަތުން ހޮވޭ މީހުންނަށް އިނާމު ދޭނެ ކަމަށެވެ. އެހެންވެ، އެ ފޯރަމްތަކުގައި އެ ރެއަކު ދޫކުރާ ނަންބަރުތައް ފޮރުވާފައި ބޭއްވުން ވަރަށް މުހިއްމު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވި ކަމަށް އެ ވެބްސައިޓުގައި ވެ އެވެ.

ފޯރަމްތަކުގައި ގުރުއަތުން ހޮވޭ މީހުންނަށް ފައިސާގެ އިނާމާއި މިނިސްޓްރީން އިނާމު ދޭން ވަނީ ނިންމައިފަ އެވެ.

އިހްޔާ ފޯރަމްތައް ބާއްވަމުން އަންނަނީ އާދިއްތަ، ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރެ އެވެ. ފޯރަމް އޮންނާނީ އައްޑޫ، ފުވައްމުލަކު، ކުޅުދުއްފުށީ އަދި އުނގޫފާރުގަ އެވެ.

މިނިސްޓްރީން ބުނީ އެގޮތަށް ދޫކުރާ ނަމްބަރުތަކުން އިނާމު ނުލިބޭ މީހުންނަށް އެންމެ ފަހު އިހްޔާ ފޯރަމްގެ ގުރުއަތުގައި ހިމަނާނެ ކަމަށެވެ. އެގޮތަށް މާލެ އާއި ރަށްރަށުގެ ނަމްބަރުތައް ވަކިން ހޮވައި 1،2 އަދި 3 ވަނަ ހޮވަން ހަމަޖައްސާފައިވާ ކަމަށް ވެބްސައިޓުގައި ބުންޏެވެ.