ޔޫތު ޗެމްޕިއަންޝިޕް ވީކޭ ސްޕޯޓްސް އާއި ޕޮލިސް ކާމިޔާބުކޮށްފި
ޔޫތު ޗެމްޕިއަންޝިޕް ވީކޭ ސްޕޯޓްސް އާއި ޕޮލިސް ކާމިޔާބުކޮށްފި

ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަން ވީކޭ ސްޕޯޓްސް އަދި އަންހެން ޑިވިޝަން ޕޮލިސް ކްލަބް ކާމިޔާބުކޮށްފި އެވެ.

ޔޫތު ޗެމްޕިއަންޝިޕް ވީކޭ ސްޕޯޓްސް އާއި ޕޮލިސް ކާމިޔާބުކޮށްފި
ޔޫތު ޗެމްޕިއަންޝިޕް ވީކޭ ސްޕޯޓްސް އާއި ޕޮލިސް ކާމިޔާބުކޮށްފި

ފިރިހެން ބައިގެ ތަށި ވީކޭ ސްޕޯޓްސް ހޯދީ ރޭ ކުޅުނު ފައިނަލް މެޗުން ސްޕޯޓްސް ކްލަބް ދިރުން އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. ސެޓުތައް ގެންދިޔައީ 25-22، 25-14 އަދި 25-9 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވީކޭ ސްޕޯޓްސްގެ ހުސެއިން ރަޒާން އެވެ.

އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ރަޒާންގެ އިތުރުން އެ ޓީމުގެ ލުގްމާން ލަތީފާއި ޔޫޝައު އަބްދުއްސައްތާރާއި މުހައްމަދު އަލީ އާއި އަހުމަދު މުހައްމަދު އަދި ސްޕޯޓްސް ކްލަބް ދިރުމުގެ އިސްމާއިލް ނާސިރެވެ.

މުބާރާރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވީކޭ ސްޕޯޓްސްގެ ރަޒާން ހޯދިއިރު އެންމެ އުއްމީދީ ކުޅުންތެރިޔަކީ ޔޫތު ސްޕޯޓްސް ކްލަބުގެ އަހުމަދު އަޒީމެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވީކޭ ސްޕޯޓްސްގެ އަލީ އަޝްރަފެވެ.

އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބް ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ކުއީން ސްޕޯޓްސް ކްލަބް އަތުން 3-1 އިން ސެޓުން މޮޅުވެގެންނެވެ. ފުރަތަމަ ދެ ސެޓު 25-22 އަދi 25-23 އިން ޕޮލިސް ކާމިޔާބުކުރިއިރު ތިން ވަނަ ސެޓު 22-25 އިން ކުއީން ސްޕޯޓްސް ކްލަބުން ހޯދި އެވެ. އެކަމަކު ފަހު ސެޓު 25-22 އިން ކާމިޔާބުކޮށް ޕޮލިހުން ޗެމްޕިއަންކަން ހޯދި އެވެ.

މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިހުގެ އައިމިނަތު އަރީޝާ އެވެ. ގަދަ ހަޔެއްގައި ހިމެނެނީ އޭނާގެ އިތުރުން ޕޮލިހުގެ މަރިޔަމް މިޒްނާ އާއި ފާތިމަތު ޖޫޒަން އާއި ހަމްނާ ހުސެއިނާއި ކުއީން ސްޕޯޓްސް ކްލަބުގެ އައިޝަތު އިމްތިނާނާއި އައިމިނަތު ރާޝިދާ އެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ ސްޕޯޓްސް ކްލަބް ދިރުމުގެ ޝާނިޔާ އަހުމަދު ނިޒާމެވެ. އެއް ވަނަ ކޯޗަކީ ޕޮލިހުގެ ސޮފްވާން އަހުމަދެވެ.