އުޑްތާ ޕަންޖާބް ބަލާފައި ޝާހިދާ އެކު އުޅެން މީރާ ބޭނުމެއް ނުވި
އުޑްތާ ޕަންޖާބް ބަލާފައި ޝާހިދާ އެކު އުޅެން މީރާ ބޭނުމެއް ނުވި

މީގެ ހަ އަހަރުކުރިން ނެރުނު "އުޑްތާ ޕަންޖާބް" އަކީ ހިޓުވި ފިލްމެކެވެ. ޝާހިދު ކަޕޫރާއި ކަރީނާ ކަޕޫރް އަދި އާލިއާ ބަޓް ފެންނަ އެ ފިލްމުގައި ޝާހިދުގެ ރޯލަކީ، އަންހެނުން އެމީހުންގެ ފިރިންގެ ގޮތުގައި އެ ކަހަލަ މީހަކު ބޭނުން ނުވާނެ ކަހަލަ ރޯލެކެވެ.

ޝާހިދުގެ ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް ނެރުނު އެ ފިލްމު ސިނަމާގައި އެޅުވުމުގެ ކުރިން ޝާހިދާއި މީރާ ވަނީ ފިލްމު ބަލައިފަ އެވެ.

ޝާހިދު ބުނީ، އެޑިޓިން ރޫމުގައި ފިލްމު އެޅުވި ދުވަހު އެ ފިލްމު ބަލަން ދިޔައީ އަންހެނުން ވެސް ގޮވައިގެން ކަމަށާއި ސޯފާގައި ފިލްމު ބަލަން އިނދެފައި މެދަކާ ހިސާބުން އަންހެނުންނަށް ބަލާލިއިރު، މީރާ އިނީ ތަންކޮޅެއް ދުރަށް ޖެހިގެން ކަމަށެވެ. އަދި ކިހިނެއްވީތޯ ސުވާލުކުރުމުން ޝާހިދު އަސްލު ވެސް އުޅެނީ އެހެންތޯ އެހި ކަމަށާއި އޭނާއާ އެކު އުޅެން ބޭނުން ނުވާ ކަމަށް ވެސް ބުންޏެވެ.

އެއާ އެކު އަންހެނުން ރުއްސަން ޝާހިދު ބުނަން ޖެހުނީ އެ ރޯލުން ފެނުނީ އޭނާ ނޫން ކަމަށާއި އެއީ ޓޮމީ ސިންގް ކަމަށެވެ. އެ ރޯލާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ޝާހިދާއި މީރާ، 2015 ވަނަ އަހަރު ކައިވެނިކުރީ ލޯބިން ގުޅިގެން އުޅުމަށް ފަހަކު ނޫނެވެ. އެއީ އެރޭންޖް މެރިއޭޖެކެވެ. އެކަމަކު ވަރަށް ލޯބިން އެމީހުން މިހާރު އުޅެމުން އަންނައިރު، ދެ ކުދިން ވެސް އެ ކައިވެންޏަށް ލިބިފައިވެ އެވެ.