07 އެޕްރީލް 2022 - 13:10

ރޯދަމާ ދިމާކޮށް ހާއްސަ ކުއިޒެއް "މިހާރު" އިން މިއަދު ފަށައިފި އެވެ.
"މިހާރު" ގެ ރޯދަ ހާއްސަ ސެކްޝަންގައި ހިމެނޭ މި ކުއިޒްގައި ރާއްޖޭގެ ތާރީހާއި ބައެއް މުހިންމު ހާދިސާތަކާއި ވަކިވަކި ޝަހުސިއްޔަތުތަކާ ބެހޭ ސުވާލުތައް ހުންނާނެ އެވެ. އެންމެ މަދުން ފުރުސަތު ބޭނުންކޮށް، އެންމެ އަވަހަށް ޖަވާބު ދޭ މީހުންގެ ތެރެއިން އެއް ވަނަ ހޮވައި ޚާއްސަ އިނާމުތަކެއް ދޭން "މިހާރު" އިން ވަނީ ނިންމައިފަ އެވެ.
އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ ކުއިޒްގެ އެއްވަނަ އިނާމަކީ ލިޓަސްގެ ފަރާތުން ހުށަހެޅި ޔަމަހާ ފީނޯ 125 ސައިކަލެކެވެ. ދެވަނަ އިނާމަކީ ހެޕީ މާކެޓުން ދޭ 80 ކެޕްސޫލާއެކު ކޮފީ މެޝިނަކާއި ޓީއެމްއޭގެ ފަރާތުން ހުށަހަޅާފައިވާ ދެކޮޅު ޓިކެޓެވެ. އަދި ތިން ވަނަ އަށް ހޮވޭ މީހަކަށް ޔޫރޯ ސްޓޯރުން 3،000ރ. ގެ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ.