ފިލްމެއް ލިބުމުން ރިތުވިކްއާ ރުޅިވި ކަމަށް ބުނެ މީހުން ފާޑުކިޔާތީ އާޝާ ރައްދު ދީފި
ފިލްމެއް ލިބުމުން ރިތުވިކްއާ ރުޅިވި ކަމަށް ބުނެ މީހުން ފާޑުކިޔާތީ އާޝާ ރައްދު ދީފި

އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރުން ކަމަށްވާ އާޝާ ނެގީ އާއި ރިތުވިކް ދަންޖާނީ އަކީ ގިނަ ބައެއްގެ ލޯބި ލިބުނު ޖޯޑެކެވެ. ޓީވީ ސިލްސިލާ "ޕަވިތުރަ ރިޝްތާ" ކުޅުނު ދުވަސްވަރު ރައްޓެހިވެގެން، ހަ އަހަރު އުޅުމަށް ފަހު އެމީހުން ވަކިވި އެވެ. އެކަމަކު އެ ނިންމުމާ އެކު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އާޝާ އަށެވެ.

ފިލްމެއް ލިބުމުން ރިތުވިކްއާ ރުޅިވި ކަމަށް ބުނެ މީހުން ފާޑުކިޔާތީ އާޝާ ރައްދު ދީފި
ފިލްމެއް ލިބުމުން ރިތުވިކްއާ ރުޅިވި ކަމަށް ބުނެ މީހުން ފާޑުކިޔާތީ އާޝާ ރައްދު ދީފި

އެ މީހުން ރުޅިވިތާ ދެ އަހަރު ފަހުން އިއްޔެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އާޝާ ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ އެމީހުން ރުޅިވި ސަބަބު ނޭނގި ވަރަށް ގިނަ ބަޔަކު އޭނާ ކުށްވެރިކޮށް، ފާޑުކިޔުމުން އެކަމާ ހިތާމަކުރާ ކަމަށެވެ.

އާޝާ ބުނި ގޮތުގައި އެމީހުން ރުޅިވީ ފިލްމީ ދާއިރާއާ ގުޅޭ އެއްވެސް މައްސަލައެއްގައި ނޫނެވެ. އަމިއްލަ ބައެއް ކަންކަމާ ހުރެ ރުޅިވިޔަސް، އޭރު ގިނަ ބަޔަކު އަޑު ފެތުރީ އާޝާ، ރިތުވިކާ ރުޅިވީ އޭނާ އަށް ބޮލީވުޑްގެ ފިލްމެއްގައި މަސައްކަތްކުރަން ފުރުސަތު ލިބުމުން ކަމަށެވެ. އެއީ 2020 ގައި ނެރުނު ފިލްމު "ލޫޑޯ" ގައި އޭނާ މަސައްކަތްކުރުމުން ދެއްކި ވާހަކައެކެވެ. އެ މީހުން ވަކިވީ ވެސް ހަމަ އެ އަހަރު އެވެ.

"ވަރަށް ގިނަ މީހުން ދެއްކި ފިލްމެއް ލިބުނީމައޭ ބްރޭކަޕްވީ. އެމީހުން ކީ ދެން ކީއްކުރަންހޭ އަހަރެން އޭނާއާ ޑޭޓްކުރަންވީ. ފިލްމު އެކްޓަރަކަށް ވިއްޔޭ. އެއްވެސް ވަރަކަށް ވިސްނާ ނުލާ އެހެރީ މީހުން އަހަރެން ޖަޖްކުރި ގޮތް،" އޭނާ ބުންޏެވެ.

ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފެތުރިޔަސް، އަދިވެސް އެމީހުންގެ މެދުގައި ލޯތްބާއި އިހުތިރާމު އެބަ އޮތް ކަމަށް އާޝާ ބުންޏެވެ.

"އެކަމާ އެހެން މީހުން ކަންބޮޑުވާކަށް ނުޖެހެ."

އާޝާ ބުނީ އެމީހުން ރުޅިވި ޚަބަރު ނޫސްތަކުގައި ޖެހުމުން، އާންމުންގެ އުނދަގޫ ވަރަށް ބޮޑުވި ކަމަށެވެ.

ފިލްމީ މަސައްކަތަށް ބަލާއިރު އާޝާގެ ކުރިއަށް އޮތީ "އަބޭ 3" އެކެވެ. އެ ފިލްމުގައި އޭނާ ފެންނާނީ ނެގެޓިވް ރޯލަކުންނެވެ. ޓީވީ ހޯސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ރިތުވިކަކީ ވެސް ޓީވީ ދާއިރާގައި ވަރަށް މަގުބޫލު މޫނެކެވެ.