ފަރުނީޗަރު ހަދަން ލުއި ގޮތެއް: ވުޑް ޕްރޯއިން ފިލާ ކީހައި ޓީކް އަޅައިދޭނެ
ފަރުނީޗަރު ހަދަން ލުއި ގޮތެއް: ވުޑް ޕްރޯއިން ފިލާ ކީހައި ޓީކް އަޅައިދޭނެ

ފިލައެއް ގަނެގެން އެ ކީހަން ޕިކަޕަށް ލައިގެން ވަޑާންގެޔަށް ދުވި ޒަމާން އެއީ މާޒީ އެވެ. ހުނަރުވެރި ވަޑިން ފިލާ ކީހާނެ ތަނެއް ނެތިގެން ވަޑާން ނުކޮށް ތިބުމަކީ މިހާރު މޮޔަ ކަމެކެވެ. ފަރުނީޗަރު ހަދަން ފިލާ ގަނެ، އެ ފިލާ ކީހައި، އޭގައި ޓީކް އެޅުން އެއީ ބުރަ އަދި ކަވި މަސައްކަތެއް ކަމަށްވުމުން އެކަމަށް ވަގުތާއި އަދި ޖާގަވެސް ބޭނުންވާނެ އެވެ. މި ދަތިތަކަށް ވުޑްޕްރޯ އިން މިވަނީ މިހާރު ހައްލެއް ހޯދައިދީފަ އެވެ.

ފަރުނީޗަރު ހަދަން ލުއި ގޮތެއް: ވުޑް ޕްރޯއިން ފިލާ ކީހައި ޓީކް އަޅައިދޭނެ
ފަރުނީޗަރު ހަދަން ލުއި ގޮތެއް: ވުޑް ޕްރޯއިން ފިލާ ކީހައި ޓީކް އަޅައިދޭނެ

ހަދަން ގަސްދުކުރާ ފަރުނީޗަރަށް ފިލާ ކީހަންވީ ގޮތުގެ ލިސްޓް ނުވަތަ ކަޓް ލިސްޓް ހަދާފައި ފޮނުވާލުމުން ސައިޒުތަކަށް ކަފާލައި އަދި ޓީކް އަޅަން ބޭނުންވާ ފަޅިތަކުގައި ޓީކް އެޅުމަށްފަހު ލޭބަލްކޮށް ގެޔާ ހަމަޔަށް ފޮނުވާދިނުމުގެ ސަޅި ހިދުމަތް މިހާރު ވުޑް ޕްރޯއިން ލިބޭނެ އެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށެއްގައި ހުރެގެން ވެސް މި ހިދުމަތް ހޯދޭނެ އެވެ. ރަށުގައި ތިބެގެން އޯޑަރު ކުރުމުން، ބޯޓާ ހަމަޔަށް ފޮނުވަ ދޭނެ އެވެ.

ފަރުނީޗަރު ހަދަން ލުއި ގޮތެއް: ވުޑް ޕްރޯއިން ފިލާ ކީހައި ޓީކް އަޅައިދޭނެ
ފަރުނީޗަރު ހަދަން ލުއި ގޮތެއް: ވުޑް ޕްރޯއިން ފިލާ ކީހައި ޓީކް އަޅައިދޭނެ

ވަޑާމާއި އިންޓީރިއާ މަސައްކަތަށް ހާއްސަ ވުޑްޕްރޯ އިން ފަރުނީޗަރު ޖެހުމުގެ ފަސޭހަ ގޮތްތަކެއް ހޯދައިދީ އެ ފަސޭހެތައް އާއްމު ފަރުދުންނާއި ވިޔަފާރިތަކަށް ލިބޭނެ ގޮތް ހޯދައި ދީފަ އެވެ. އެ ކުންފުނިން މި ހިދުމަތް ދެމުން އަންނަނީ "ވަޑިންގެ ވަޑާންގެ" ގޮތުގަ އެވެ.

ފަރުނީޗަރު ހަދަން ލުއި ގޮތެއް: ވުޑް ޕްރޯއިން ފިލާ ކީހައި ޓީކް އަޅައިދޭނެ
ފަރުނީޗަރު ހަދަން ލުއި ގޮތެއް: ވުޑް ޕްރޯއިން ފިލާ ކީހައި ޓީކް އަޅައިދޭނެ

އެ ކުންފުނިން ތަކެއްޗަށް އޯޑަރު ކުރަން ވަރަށް ފަސޭހަ އެވެ. ފޯނުން ގުޅައިގެން ނުވަތަ ވެބްސައިޓު (www.woodpro.mv/crafts) މެދުވެރިކޮށް، ސައިޒުތައް ޖެހުމަށްފަހު ޓީކް އަޅާ ފަޅިތައް ފާހަގަކޮށް ސަބްމިޓް ކުރުމުން، އެކަމަށް ހޭދަވާނެ ފިލާ އަދި އެ އެއްޗެއްގެ އަގު ވަގުތުން އެނގޭނެ އެވެ. އަދި ކާފާނެ ގޮތުގެ ކުރެހުމެއްވެސް ލިބޭނެ އެވެ.

އަމިއްލައަށް ކުރަހާފައިވާ އެއްޗެއް ފޮނުވަން ބޭނުންވާ ނަމަ ސައިޒުތައް ޖަހައި ފޮޓޯއާއެކު 7932888 އަށް ވައިބަ ކުރެވޭނެ އެވެ. ކަފާނެ ގޮތުގެ ކުރެހުމާއި އެކު ކޯޓޭޝަން ވަގުތުން ލިބޭނެ އެވެ.

މީގެ އިތުރުން އަމިއްލައަށް ފިލާ ބެލުމަށްފަހު އޯޑަރު ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް ލިބޭނެ އެވެ. ފިލާ ބަލަން ބޭނުންވާ ކަސްޓަމަރުންނަށް ހުޅުމާލޭ ސަހަރާ ކުރިމަތިން، ރަނބަރުގަސްމަގުގައި ހުންނަ ވުޑްޕްރޯ ޝޯރޫމަށް ގޮސް އޯޑަރު ކުރެވޭނެ އެވެ. ކަފަން ބޭނުންވާ ފަރުނީޗަރު ބޯޑު ވެސް ވުޑްޕްރޯ އިން ލިބެން ހުންނާނެ އެވެ. އަދި ކަސްޓަމަރުން ފޯރުކޮށްދޭ ބޯޑުގައިވެސް ކަފާދިނުމުގެ ހިދުމަތް ލިބޭނެ އެވެ.

ވުޑްޕްރޯ އިން މި މަސައްކަތަށް ބޭނުންކުރަނީ ޒަމާނީ މެޝިންތަކެވެ. މި މަސައްކަތުގައި ހުނަރުވެރި މުވައްޒަފުން އުޅޭއިރު ފިލާ ކަފައިދެނީ އިންޑަސްޓިރިއަލް ސްލައިޑިން ސޯ އާއި ސީއެންސީ މެޝިނުންނެވެ. ޓީކް އަޅަނީ އެކަމަށް ހާއްސަ އެޖްބޭންޑިން މެޝިނުންނެވެ. މިއީ ދުނިޔޭގެ ފަރުނީޗަރު އުފައްދާ ބޮޑެތި ސިނާއަތްތަކުގައި ވެސް މި މަސައްކަތުގައި ބޭނުން ކުރާ މެޝިންތަކެވެ.

ފަހަކަށް އައިސް ގިނަ ބަޔަކު "ކަސްޓަމް" ފަރުނީޗަރު ބޭނުންވާއިރު ހުނަރުވެރި ވަޑިން އެމީހުންގެ ހުނަރު އަދި އަގުހުރި ވަގުތު އެންމެ އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރުމަށް، ކެފުމާއި ޓީކު އެޅުންފަދަ ގިނަ ވަގުތު ހޭދަވާ މަސައްކަތްތައް އައުޓްސޯސްކުރުމުން ވަގުތު ސަލާމަތް ކުރެވޭނެ އެވެ. މީގެ ސަބަބުން އެ ހަދާ ފަރުނީޗަރު އިތުރުވެފައި ލިބޭ އާމްދަނީ ވެސް އިތުރުވާނެ އެވެ.

ފެންވަރު ރަނގަޅުކޮށް ކަފާ ޓީކް އެޅުމަށްފަހު އެސެމްބަލްކުރާ ސައިޓަށް ފިލާކޮޅު ގެނެސް ފަރުނީޗަރު ރާވާލެވޭނަމަ، ބޮޑު ހޭދައެއް ކޮށްގެން ވަޑާންގެއެއް ނަހަދައި ވެސް ވަޑާން ކުރަން ފެށިދާނެ އެވެ. އިންޓީރިއާ ޑިޒައިން ކުރުމުގެ ހުނަރާއި ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ފަރުނީޗަރެއް ހަދަން ބޭނުންވާނަމަ، ވަރަށް ފަސޭހަކަމާއެކު ހަރަދުކުޑަކޮށް އެ ފަރުނީޗަރު ވެސް މިހާރު ހަދާލެވޭނެ އެވެ.

ވުޑްޕްރޯއިން މި ދޭ ހިދުމަތަކީ މިޒަމާނަށް ފެތޭ ހިދުމަތަކަށްވާއިރު އަޖުމަ ބަލާލުން ގޯހެއް ނޫނެވެ.

އެޑިޓަރުގެ ނޯޓް: މިއީ ޕްރޮމޯޝަނަލް އާޓިކަލެކެވެ.