ގަލޮޅު ދަނޑު ތަޅާލައި އަލަށް ހަދާ ސްޓޭޑިއަމާ މެދު އާންމުންގެ ހިޔާލު ދެކަފިވެފައި
ގަލޮޅު ދަނޑު ތަޅާލައި އަލަށް ހަދާ ސްޓޭޑިއަމާ މެދު އާންމުންގެ ހިޔާލު ދެކަފިވެފައި

ގަލޮޅު ދަނޑު ނުވަތަ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ތަޅާލައި އަލަށް އިމާރާތްކުރާ ދަނޑުގެ ކުރެހުންތަކުގެ ފޮޓޯތައް ދައްކާލުމުން އާންމުންގެ ހިޔާލު ދެކަފި ވެއްޖެ އެވެ.

ގަލޮޅު ދަނޑު ތަޅާލައި އަލަށް ހަދާ ސްޓޭޑިއަމާ މެދު އާންމުންގެ ހިޔާލު ދެކަފިވެފައި
ގަލޮޅު ދަނޑު ތަޅާލައި އަލަށް ހަދާ ސްޓޭޑިއަމާ މެދު އާންމުންގެ ހިޔާލު ދެކަފިވެފައި

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަދާ ދަނޑުގެ ފޮޓޯތައް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އާއްމުކުރެއްވުމުން، އާންމުންގެ ހިޔާލުތައް ސޯޝަލް މީޑިއާގައި އުތުރިއެރީ މާލޭގައި އެންމެ ބޮޑަށް ތޮއްޖެހިފައިވާ ސަރަހައްދުގައި އަލުން ދަނޑު އިމާރާތް ކުރުމުގެ މަސައްކަތް ކުރާތީ އެވެ.

ގަލޮޅު ދަނޑު ތަޅާލައި އަލަށް ހަދާ ސްޓޭޑިއަމާ މެދު އާންމުންގެ ހިޔާލު ދެކަފިވެފައި
ގަލޮޅު ދަނޑު ތަޅާލައި އަލަށް ހަދާ ސްޓޭޑިއަމާ މެދު އާންމުންގެ ހިޔާލު ދެކަފިވެފައި

"ރީޑިވޮލޮޕް ކުރަން މިއީ އެންމެ ރަނގަޅު ސަރަހައްދެއް ނޫން. އާ ދަނޑު ހަދަންޏާ ހަދަންވީ ހުޅުމާލޭގައި ނޫނީ ގުޅީފަޅުގައި،" ސޯޝަލް މީޑިއާގައި އާންމުގެ މީހަކު ޝުއޫރުފާޅުކޮށްފައިވެ އެވެ.

ގަލޮޅު ދަނޑު ތަޅާލައި އަލަށް ހަދާ ސްޓޭޑިއަމާ މެދު އާންމުންގެ ހިޔާލު ދެކަފިވެފައި
ގަލޮޅު ދަނޑު ތަޅާލައި އަލަށް ހަދާ ސްޓޭޑިއަމާ މެދު އާންމުންގެ ހިޔާލު ދެކަފިވެފައި

އެހެން މީހަކު ބުނިގޮތުގައި މިހާރު ވެސް ގަލޮޅު ދަނޑުގައި ބޮޑު އިވެންޓެއް ބާއްވާ ނަމަ މުޅި މަޖީދީ މަގުގެ ޓްރެފިކަށް ބަދަލު އާދެ އެވެ. އެހެންވެ އެތަން ތަޅާލައި އަލުން ތަރައްގީކުރުމާ މެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށް ބުންޏެވެ.

"ތިތަން ތަޅާލާފައި ޕާކިން ޒޯނަކަށް ހެދިޔަސް ރަނގަޅުވާނެ،" އައްޒާމް މުހައްމަދު ކިޔާ މީހަކު ޝުއޫރުފާޅުކޮށްފައިވެ އެވެ.

"މި ސަރަހައްދަކީ މާލޭގެ ހިތް. ފެހި ގަސްތައް ހައްދާފައިވާ ޕާކެއް މިތަނުގައި ހެދިއްޔާ މާ ރަނގަޅުވާނެ. އާ ސްޓޭޑިއަމް ހަދަންވީ އެހެން ތަނެއްގައި،" ރައުހާން ކިޔާ މީހަކު ސުވާލު އުފައްދައިފައިވެ އެވެ. އަހްމީމް ރައްޒާގު ކިޔާ މީހަކު ބުނެފައި ވަނީ މެގަ ޕްރޮޖެކްޓްތައް މާލޭގައި ހެދުން ހުއްޓާލަން ޖެހޭ ކަމަށެވެ.

"ތަން ހުސްކޮށް، އަހަރެމެން ނޭވާލާން ޖާގަދީ،" އޭނާ ޓްވީޓްގައި ބުނެފައިވެ އެވެ.

އެހެން މީހަކު ބުނީ އަލަށް ހަދާ ދަނޑު ހުޅުމާލޭގައި ހަދާ ގޮތަށް ބަދަލު ކުރުމަށް ފަހު ގަލޮޅު ދަނޑު ހުސްކުރަންވީ ކަމަށެވެ.

"ހަތަރު ފަރާތު މަގުފުޅާކޮށް ޕާކިން ޒޯނަކާ އެކު ޕާކެއް ތަރައްގީ ކުރުން މާމުހިންމު. ހުޅުމާލެ އަށް އާ ސްޓޭޑިއަމް ބަދަލު ކުރުމަކީ މާލޭގެ ރައްޔިތުންނަށް ނޭވާލާން އޮތް ފުރުސަތެއް. މި ފުރުސަތު ނަންގަވާ ނުލައްވާ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަހްލޫފްގެ އިތުރުން މަޖިލީހުގެ ގަލޮޅުގެ ދެ މެންބަރުން ކަމަށްވާ އީވާ އަބްދުﷲ އާއި މީކާއީލް ނަސީމް ޓެގްކޮށް ޝުއޫރުފާޅުކުރި މީހަކު ލިޔެފައިވެ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރެއްވީ އެހެން މައްސަލައެކެވެ. މާލޭގައި އެފަދަ ކަމެއް ކުރާއިރު ސިޓީ ކައުންސިލްގެ މަޝްވަރާ ނުހޯދައި އެކަން ކުރާތީ މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"މާލޭގެ ރައްޔިތުން ކައިރީ ވަކިން ހާއްސަކޮށް ގަލޮޅުގެ ރައްޔިތުން ކައިރީ އައްސަވާލެއްވިންތޯ،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

މަހްލޫފް އާންމުކުރެއްވި ކުރެހުންތަކުގެ ފޮޓޯއިން ފެންނަ ޑިޒައިނާ މެދު ވެސް ބައެއް ފަރާތްތަކުން ވަނީ ޝުއޫރުފާޅުކޮށްފަ އެވެ. ތިނެސްކަނަށް ޑިޒައިންކޮށްފައިވާ ގޮޅިތަކުގައި ބޭނުން ކޮށްފައި ވަނީ ފެއްސާއި ރަތް ކުލަ އެވެ. ކުލަތައް ބޭނުންކޮށްފައި ހުރި ގޮތުން ޝުއޫރު ފާޅުކުރި މީހަކު ބުނެފައި ވަނީ ބަންގްލަދޭޝްގެ ގައުމީ ކުލަތަކާ ވައްތަރު ކަމަށެވެ.

"މި ހަޑި ޑިޒައިން އެޕްރޫވް ކުރީތަ،" ޑިޒައިނާ ބެހޭގޮތުން މީހަކު ޝުއޫރުފާޅުކޮށްފައިވެ އެވެ.

ގަލޮޅު ދަނޑު ތާޅާލައި އިމާރާތް ކުރުމުގެ މަސައްކަތް ނިމެންދެން، ރަސްމީ މެޗުތައް މާލޭ ސަރަހައްދުގައި ކުޅެން ބޭނުން ކުރާނީ ހުޅުމާލޭ ދުވާ ޓްރެކްގައިވާ ދަނޑެވެ. އަންނަ ސީޒަނަކީ ހޯމް އެންޑް އަވޭ އުސޫލުން ދިވެހި ޕްރިމިއަ ލީގުގެ މެޗުތައް ކުޅޭ ސީޒަނެވެ. ގިނަ މެޗުތައް ކުޅޭނީ މާލޭގަ އެވެ. އެފްއޭއެމުން މީގެކުރިން ބުނެފައި ވަނީ ލީގު މެޗުތަކަށް، ވިލިމާލޭގައި އަޅައިފައިވާ ޓާފް ދަނޑު ވެސް ބޭނުން ކުރާނެ ކަމަށެވެ.