ޕަޕަރާޒީންނާ ހެދި ކަރީނާ ރުޅިގަދަވެއްޖެ
ޕަޕަރާޒީންނާ ހެދި ކަރީނާ ރުޅިގަދަވެއްޖެ

ބޮލީވުޑްގެ އެކްޓްރެސް ކަރީނާ ކަޕޫރުގެ ފަހަތުން އަބަދުވެސް ޕަޕަރާޒީން އުޅެ އެވެ. އޭނާ ވެސް ބައެއް ފަހަރު ޕަޕަރާޒީން ފޮޓޯ ނަގަންދެން މަޑުކޮށްލައިގެން ހުރެ ހަދަ އެވެ. އެކަމަކު މިފަހަރު، ކަރީނާގެ ފޮޓޯއެއް ނަގަން އުޅެނިކޮށް އޭނާގެ ކާރުގައި އަޅައިގެންފައި ޕަޕަރާޒީއަކު ވެއްޓި އަނިޔާވުމުން ކަރީނާގެ ގާތަށް އައީ ރުޅި އެވެ.

ވަރަށް ބާރަށް ބަލައިގެން އުޅޭށޭ ބުނުމަށް ފަހު އެތަނުން ފަހަތަށް ޖެހެން އޭނާ އެމީހުންނަށް އަންގަ އެވެ. ވަރަށް ރުޅިއައިސްފައި ހުރި ގޮތަކަށް އެހެން ބުނުމަށް ފަހު، ކަރީނާ ފަހުން ވަނީ ފޮޓޯ ނަގަން އެގޮތަށް ނޫޅެން ޖެހެނީ އަނިޔާ ލިބިދާނެތީ ކަމަށް ބުނެފަ އެވެ.

އެ ވީޑިއޯ އާންމުވެ ބައެއް މީހުން ވަނީ ކަރީނާއަށް ފާޑުކިޔައިފަ އެވެ.

އެ ވީޑިއޯއަކީ ކަރީނާ، އޭނާގެ އެންމެ ގާތް އެކުވެރިޔާ މަލައިކާ އަރޯރާގެ ގެއިން ނިކުންނަނިކޮށް ނަގާފައިވާ ވީޑިއޯއެކެވެ. މިފަހުން މަލައިކާއަށް ކާރު އެކްސިޑެންޓެއްގައި ކުދިކުދި އަނިޔާވެފައިވާތީ އޭނާގެ ގާތް މީހުން ވަނީ އެގެއަށް ޒިޔާރާތްކޮށްފަ އެވެ.

ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ "ލާލް ސިންގް ޗައްދާ" އެވެ. އާމިރު ހާން އާއެކު އޭނާ ފެނިގެންދާ އެ ފިލްމަކީ މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެއް ބޮލީވުޑް ފިލްމެވެ.