ބޮލުގެ އިސްތަށިން ކުރަހާ އާޓިސްޓެއް
ބޮލުގެ އިސްތަށިން ކުރަހާ އާޓިސްޓެއް

އަމިއްލަ ބޮލުގެ އިސްތަށިން ކުރެހުންތައް ކުރަހާ އާޓިސްޓަކަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ.

ބޮލުގެ އިސްތަށިން ކުރަހާ އާޓިސްޓެއް
ބޮލުގެ އިސްތަށިން ކުރަހާ އާޓިސްޓެއް

ޖެސްޓޮނީ ގްރޭސިއާ ކިޔާ ފިލިޕިންސްގެ އެ މީހާއަކީ ކްރޫޒް ޝިޕެއްގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އުމުރުން 32 އަހަރުގެ ޖެސްޓޮނީ، ކޮންމެ އަހަރަކު އަށް ވަރަކަށް މަސް ހޭދަކުރަނީ ކްރޫޒްގަ އެވެ.

ބޮލުގެ އިސްތަށިން ކުރަހާ އާޓިސްޓެއް
ބޮލުގެ އިސްތަށިން ކުރަހާ އާޓިސްޓެއް

ފިލިޕިންސްގެ ވެރިރަށް މަނީލާގައި ސެލޫނެއް ވެސް ހިންގަމުން އަންނަ ޖެސްޓޮނީ އަށް ހާއްސަ ސަމާލުކަމެއް ލިބުނީ، އޭނާގެ އަމިއްލަ ބޮލުން އިސްތަށި ކޮށައިގެން، ކެންވަސްތަކުގައި ކުރަހާ ވަރަށް ފުރިހަމަ ކުރެހުންތަކުގެ ސަބަބުންނެވެ.

އޭގެ ކުރެހުމެއް ނިންމާލަން، އޭނާ ދެ ގަޑިއިރާއި ފަސް ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަކުރެ އެވެ.

އެންމެ ފުރަތަމަ އޭނާ ކުރެހީ އަމިއްލަ ޕޯޓްރެއިޓްތަކެވެ. މިހާރު ކުރަހަނީ މަޝްހޫރު މިއުޒީޝަނުންނާއި އެކްޓަރުންނެވެ. އަދި އެހެން ވެސް ސެލެބްރިޓީންނެވެ.

ޖެސްޓޮނީ ބުނި ގޮތުގައި އޭނާ އެކަން ފެށީ، ކްރޫޒްގައި ހެދާކުރާ ވަގުތުގެ ތެރެއިން ހުސްކޮށް ލިބޭ ވަގުތުތަކުގައި ފޫހިފިލުވައިލުމުގެ ގޮތުންނެވެ. އަދި ދިގު ދަތުރު ކުރަން ޖެހުމުން އޭނާ އަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ލިބޭ އުނދަގޫތައް ކުޑަކުރުމުގެ ވެސް ނިޔަތުގަ އެވެ.

"އަހަރެމެން އެންމެނަށް ޑިޕްރެޝަން ކުޑަކުރަން ކޮންމެ ވެސް ކަހަލަ ތަފާތު ކަމެއް އަބަދުވެސް ކުރަން ޖެހޭ. އެގޮތަށް އަހަރެން ކުރާ ކަމަކީ ކުރެހުން،" އޭނާ ބުންޏެވެ.