އެސްޓީއޯއިން ލުނބޯ ކިލޯއެއް 45ރ. އަށް ވިއްކަން ފަށައިފި
އެސްޓީއޯއިން ލުނބޯ ކިލޯއެއް 45ރ. އަށް ވިއްކަން ފަށައިފި

އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި އެވެ.

އެ ކުންފުނިން އަމިއްލަ އަށް ލުނބޯ އެތެރެކޮށް، ކިލޯއެއް ވިއްކަނީ 45ރ. އަށެވެ.

ލުނބޯ އަގުހެޔޮ ކުރި ނަމަވެސް ވިއްކާނީ ލިމިޓުކޮށް ކަމަށް އެސްޓީއޯއިން ބުންޏެވެ. ޕީޕަލްސް ޗޮއިސް އިން މީހަކަށް ލުނބޯ ކިލޯއެއް ވިއްކާއިރު އެ ކުންފުނީގެ އެގްރިސެންޓަރުން މީހަކަށް ތިން ކިލޯ ލިބޭނެ އެވެ.

އެސްޓީއޯއިން ރާއްޖެ އަށް ލުނބޯ ގެނައީ ލުނބޯގެ އަގު ބާޒާރުގައި ވަރަށް މައްޗަށް ގޮސްފައި ވަނިކޮށެވެ. ބާޒާރުގައި މިއަދު ވެސް ލުނބޯ ކިލޯއެއްްގެ އަގު ހުރީ 120ރ-150ރ. އާ ދެމެދުގަ އެވެ.