މާލެއިން ކޮވިޑް ސާމްޕަލް ދެން ނަގައިދޭނީ ސެނަހިޔާއިން އެކަނި
މާލެއިން ކޮވިޑް ސާމްޕަލް ދެން ނަގައިދޭނީ ސެނަހިޔާއިން އެކަނި

ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނަގައިދޭ އެހެން ސެންޓަރުތައް ބަންދުކޮށް، ހަމައެކަނި ސެނަހިޔާއިން ސާމްޕަލް ނަގަން އެޗްޕީއޭއިން ނިންމައިފި އެވެ.

އެ ބައްޔަށް ޓެސްޓުކުރަން ސާމްޕަލް ނެގުމަށް މާލޭގެ އެކި ހިސާބުތަކުގައި ސެންޓަރުތައް ހުއްޓެވެ. އެކަމަކު ބަލީގެ ހާލަތު ރަނގަޅުވަމުން އަންނާތީ އޭގެ ތެރެއިން ގިނަ ތަންތަން ވަނީ ބަންދުކޮށްފަ އެވެ.

އެޗްޕީއޭއިން ބުނީ ދަރުބާރުގޭ ސަރަހައްދުގައި ހުރި ސާމަޕަލް ކަލެކްޝަން ސެންޓަރު ވެސް މިއަދުން ފެށިގެން ބަންދުވާނެ ކަމަށެވެ. އެއަށްފަހު މާލޭގައި ސާމްޕަލް ނަގައިދޭނީ ހަމައެކަނި ސެނަހިޔާ ހޮސްޕިޓަލުން ކޮންމެ ހޮނިހިރު-ބުރާސްފަތި ދުވަހާ ހަމައަށް ރޭގަނޑު 9-11 އަށް ކަމަށް އެ އެޖެންސީން ބުންޏެވެ.

ނަމަވެސް ވިލިމާލެ އަދި ހުޅުމާލޭގެ ހޮސްޕިޓަލުން ސާމްޕަލް ނަގައިދޭނެ އެވެ.

ސާމްޕަލް ކަލެކްޝަން ސެންޓަރުތައް ބަންދުކުރިއިރު، ރާއްޖޭގައި ކޮވިޑު ފެތުރެން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފަ އެވެ. އެހެންވެ، މީގެ ދެ އަހަރުކުރިން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އުވާލައިފަ އެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން، މިހާތަނަށް 177،600 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.