ޕާޓީތަކަށް ވަންނަ މީހުންގެ ނަން ހާމަކޮށް މެސެޖު ފޮނުވަނީ
ޕާޓީތަކަށް ވަންނަ މީހުންގެ ނަން ހާމަކޮށް މެސެޖު ފޮނުވަނީ

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން ކަށަވަރުކުރަން އިތުރު ފިޔަވަޅުތަކެއް އަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް "މިހާރު" އަށް ވިދާޅުވީ މި މަހުން ފެށިގެން ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތުތައް އީސީގެ ވެބްސައިޓުގައި އާއްމުކުރަން ފަށާނެ ކަމަށެވެ. އޭގެ އިތުރުން، ޕާޓީއަކަށް ވަންނަން އެދޭ މީހާއަށް ވެސް މެސެޖަކުން އެކަން އަންގާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.

އަލަށް ޕާޓީއެއް އުފައްދާއިރު ހުށަހަޅާ މެމްބަޝިޕްގެ ސައްހަކަން ކަށަވަރުކުރަން އީސީން މިހާރު ވެސް ރެންޑަމް 10 ޕަސެންޓް ނަމްބަރަށް ގުޅަ އެވެ.

ޕާޓީއަކަށް ވަންނަން ފޯމު ހުށަހަޅާއިރު އައިޑީކާޑު ކޮޕީ އާއި ފިންގަޕްރިންޓް އަދި ހަތަރު މީހެއްގެ ސޮއެއް އޮންނަން ޖެހެ އެވެ. އޭގެ ތެރޭގައި އެ ފޯމަށް ޒިންމާވާނެ ކަމަށް ޕާޓީގެ ރަޖިސްޓްރާ ސޮއިކުރެ އެވެ.

އީސީގެ ދަފްތަރުގައި 11 ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެ އެވެ. އީސީން ވަނީ އަންނަ އޮގަސްޓް މަހުން ފެށިގެން އެ ހުރިހާ ޕާޓީއެއްގެ މެމްބަރުންގެ ލިސްޓު އާއްމުކުރަން ނިންމައިފަ އެވެ.

އެ ވެބްސައިޓުން މިހާރު ފެންނަނީ އެ ޕާޓީތައް ރަޖިސްޓްރީކުރި ތާރީހާއި އިސްވެރިން އަދި ޕާޓީގައި ތިބި މެމްބަރުންގެ އަދަދެވެ.

މިގޮތަށް ނިންމާފައި މި ވަނީ އޮޅުވާލައިގެން ޕާޓީތަކަށް ވައްދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.