ކަދުރު އޮށުން ކޮފީއެއް
ކަދުރު އޮށުން ކޮފީއެއް

ކެފެއިން ފްރީ ކޮފީއެއް ބޯލަން ބޭނުން ނަމަ ކަދުރު އޮށްތައް އުކާނުލައި އެއިން ކޮފީއެއް ހަދާށެވެ.

ޑީކޭފް ކޮފީތަކުގައި ހުންނަ ކެމިކަލްތަކާ ހިލާފަށް ކަދުރު އޮށުން ހަދާ ކޮފީން ހަށިގަނޑަށް އެތައް ފައިދާތަކެއް ލިބެ އެވެ. އޭގެ ތެރޭގައި މިއީ ފާހަގަ ކޮށްލެވޭ ބައެއް ކަންކަމެވެ.

- ކަދުރު އޮށުން ވިޓަމިންސް، މިނަރަލްސް އަދި އެންޓިއޮކްސިޑަންޓް ފަދަ އެތައް މާއްދާތަކެއް ލިބޭ

- ނެޗުރަލް ކެފެއިން-ފްރީ އެނާޖީ ބޫސްޓް ކޮށްދޭ

- ހަޖަމުކުރުމުގެ ނިޒާމު އިތުރަށް ފުރިހަމަ ކޮށްދޭ

- ކޮލެސްޓްރޯލް ލެވެލް ދަށްކޮއްދޭ

- ހަކުރު ބައްޔާގުޅޭ ކަންކަމުގެ ތެރޭގައި ލިވާ އަދި ކިޑްނީ ހިމާޔަތް ކޮށްދޭ

- ހަކުރު ދަށްކޮށްދޭ

- ކަދުރު އޮށް ހިމުންކޮށް މުގުރާފައި

- ކިރު

- ރަހަ ހެޔޮވަރުކުރުމަށް ފޮނިތޮއްޓާއި މުގުރި ކާފޫރުތޮޅި

- ފޮނި ހެޔޮވަރުކޮށްލުމަށް ކަދުރު ސިރަޕް، ހަކުރު ނުވަތަ މާމުއި

ކަދުރު އޮށްތައް މިކްސަރަށް އަޅާފައި ހިމުންވަންދެން މުގުރާލާށެވެ. މުގުރުމުގެ ކުރިން ކަދުރު އޮށްތައް ރަނގަޅަށް އަވީލައިގެން ވިޔަސް ހިއްކާލަން ވާނެ އެވެ. މުގުރާފައި ހުރި ކަދުރު އޮށްތައް އެހެން ތައްޓަކަށް ފުރާނާލާށެވެ.

ހިމުންކޮށް ފުރާނާފައި ހުރިބަޔާއި ފޮނިތޮއްޓާއި މުގުރި ކާފޫރުތޮޅިކޮޅާ އެކު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ކޮފީ ގިރަން ބޭނުންކުރާ އެއްޗަކަށް ހޫނުފެނާ އެކު ކޮފީ އަޅައިގެން ގިރާނީ އެވެ. ކިރާއި ހަކުރު އަޅަން ބޭނުން ނަމަ އެގޮތް ވެސް އެންމެ ރަނގަޅުވާނެ އެވެ.