04 އެޕްރީލް 2022 - 12:54

ޓެރަރިޒަމްގެ ތުހުމަތުގައި މިދިޔަ ހަފްތާގައި އައްޑޫން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި ނުވަ މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ކޯޓަށް ނުގެންގޮސް ތިން މީހަކު ފުލުހުން ދޫކޮށްލި އެވެ. ބާކީ ތިބި ހަ މީހުންގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަސް އިތުރުކުރި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހަ މީހުން ދޫކޮށްލީ ބަންދުގެ މުއްދަތު ހަމަވުމުން ކަމަށެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކުރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ސިޓީގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވާފައި ވަނިކޮށެވެ.