04 އެޕްރީލް 2022 - 09:36

ހުޅުމާލޭގައި ގެއެއްގެ ފަސް ވަނަ ބުރިން ރޭ ވެއްޓުނު ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ހުޅުމާލޭ ބޮޑުމަގު ކަމަށްވާ ނިރޮޅުމަގުގުގައި ހުންނަ ޕިކްޕޯސްޓް ކައިރީ ހުރި ގެޔަކުން ވެއްޓި ޒަހަމްވީ ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ.
އެ ކުއްޖާ ވެއްޓި މާބޮޑު ޒަހަމެއް ބޭރުފުށުން ފެންނަން ނެތް ނަމަވެސް ޖެހުނު ގޮތަށް އޮތީ ހޭނެތިފަ އެވެ.
ކުއްޖާ ވެއްޓުނީ ގެ ކައިރީ ހުރި ފިހާރަޔަކަށް އެއްޗެއް ގަންނަން ކުއްޖާގެ މަންމަ އާއި ބައްޕަ ދިޔަ ވަގުތު ކަމަށް، ހާދިސާ ހިނގި ސަރަހައްދުގައި އުޅުނު ބައެއް މީހުން ބުންޏެވެ. އަދި އެ ވަގުތު ގޭގައި އެހެން މީހަކު ނެތް ކަމަށްވެ އެވެ.
ފުލުހުން ބުނީ ކުއްޖާ ވެއްޓުނު ހާދިސާ ރިޕޯޓްކޮށްފައިވަނީ ރޭ 12:30 ހާއިރު ކަމަށާއި ކުއްޖާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ.