03 އެޕްރީލް 2022 - 15:13

ދިރާގު ޓީވީގެ ފަރާތުން ކަސްޓަމަރުންނަށް ރޯދަ ހަދިޔާގެ ގޮތުން ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް ހިލޭ ބަލައިލެވޭ ގޮތް ހަމަޖައްސައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން، ދިރާގުޓީވީ ގޯލްޑް ޕެކޭޖްގެ ކަސްޓަމަރުންގެ މެދުގައި ނެގޭ ލަކީ ޑްރޯއަކުން ހޮވާލެވޭ ފަސް ކަސްޓަމަރަކަށް، 10 މީހަކަށް ރޯދަ ވިއްލުމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ލަކީޑްރޯގެ ނަސީބުވެރި ފަރާތްތައް މިމަހުގެ 11 ވަނަ ދުވަހު ދިރާގު ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް އިއުލާންކުރާނެ އެވެ.
އެންމެ މަގުބޫލު ޓީވީ ޗެނަލްތައް އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓް ފޯމެއްގެ ދަށުން ބަލާއިލެވޭ ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްލުމަށް މިއީ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ. ދިރާގު ޓީވީން 100 އަށް ވުރެ ގިނަ ޗެނަލް ބަލައިލެވޭ އިރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތަކެވެ.
ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ސްޓާގެ ޗެނަލްތައް، ރާއްޖެ އާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެ އެވެ.