މިފަހަރުގެ އެންމެ އަގުބޮޑު ރޯދަ ވީއްލުން 800ރ. އިން މަތީގައި!
މިފަހަރުގެ އެންމެ އަގުބޮޑު ރޯދަ ވީއްލުން 800ރ. އިން މަތީގައި!

ރޯދަ މަހާ އެކު އެންމެންގެ ކަޅި ވެސް ދެން ހުއްޓޭނެ އެއް ކަމަކީ ރެސްޓޯރެންޓްތަކުގެ މެނޫތަކެވެ. އާއިލާ ނުވަތަ ރައްޓެހިންނާ އެކު ރޯދަ ވީއްލަން ދާނެ ތަނެއް ނިންމުމަކީ ލައްކަ މަސައްކަތެވެ. ގޭތެރޭގެ ރޯދަ ވީއްލުމުގެ މާހައުލު ބަދަލުކޮށްލަން އެއް ފަހަރު ނަމަވެސް ބޭރުން ރޯދަ ވީއްލުމަކީ ދިވެހިން ކުރަމުން އަންނަ ކަމެކެވެ.

މިފަހަރުގެ އެންމެ އަގުބޮޑު ރޯދަ ވީއްލުން 800ރ. އިން މަތީގައި!
މިފަހަރުގެ އެންމެ އަގުބޮޑު ރޯދަ ވީއްލުން 800ރ. އިން މަތީގައި!

މިފަހަރު ވެސް ރެސްޓޯރެންޓްތަކުން ވަނީ ރޯދަ މެނޫތައް އާންމުކޮށްފަ އެވެ. ބައެއް ތަންތަނުގައި އެކި ދުވަސް ދުވަހު ހުންނަނީ އެކި ކުޒީންތަކަށް ހާއްސަ ކެއުންތަކެވެ. އެހެން ބައެއް ތަންތަނުން ތިން ހަތަރު މެނޫ އޮތް އިރު އަނެއް ބައި ތަންތަނުގެ އަގުތަކާއި ރޯދަ ވީއްލުން ދޭ ގޮތް ވެސް ތަފާތެވެ.

މިފަހަރުގެ އެންމެ އަގުބޮޑު ރޯދަ ވީއްލުން 800ރ. އިން މަތީގައި!
މިފަހަރުގެ އެންމެ އަގުބޮޑު ރޯދަ ވީއްލުން 800ރ. އިން މަތީގައި!

ކްރޮސްރޯޑްސްގެ މެރީނާގައި ހުންނަ "ކަޅުއޮޑި" އާއި "ބީން އެންޑް ކޯ" އަކީ މާލެ ސަރަހައްދުން އެންމެ އަގު ބޮޑު ރޯދަ ވީއްލުމެއް ލިބޭ ދެ ރެސްޓޯރެންޓެވެ. "ކަޅުއޮޑި" ރެސްޓޯރެންޓުން ރޯދަ ވީއްލުމެއް ލިބެނީ މީހަކަށް 55 ޑޮލަރު (848ރ.) އަށެވެ. އެ ރެސްޓޯރެންޓުގައި އޮންނަނީ މައިގަނޑު އެއް މެނޫ އެވެ. އެ މެނޫގައި ބޮޑަށް އިސްކަން ދީފައި ވަނީ ދިވެހިންގެ މެދުގައި އެންމެ މަގްބޫލު ކެއުންތަކަށެވެ. އަދި ދިވެހި "އޮތެންޓިކް" އުފެއްދުންތައް ވެސް އެ ރެސްޓޯރަންޓުން ލިބެ އެވެ.

މިފަހަރުގެ އެންމެ އަގުބޮޑު ރޯދަ ވީއްލުން 800ރ. އިން މަތީގައި!
މިފަހަރުގެ އެންމެ އަގުބޮޑު ރޯދަ ވީއްލުން 800ރ. އިން މަތީގައި!

"ބީން އެންޑް ކޯ" ރެސްޓޯރެންޓްގެ ރޯދަ ވީއްލުމެއް އުޅެނީ މީހަކަށް 50 ޑޮލަރު (771ރ.) އެވެ. އަދި ކުޑަކުއްޖަކަށް 40 ޑޮލަރު (617ރ.) އެވެ. ކްރޮސްރޯޑްސްގެ މެރީނާ އަށް ދިއުމުގެ ޓްރާންސްފާއާ އެކު އެ ރެސްޓޯރެންޓުން ރޯދަ ވީއްލަން ފާހަގަކޮށްލެވޭ ތިން މެނޫއެއް އޮވެ އެވެ. އޭގެ ތެރެއިން ކޮންމެ މެނޫ އެއްވެސް އިހްތިޔާރު ކުރެވޭނެ އެވެ. މި މެނޫގައި ދިވެހި ކެއުންތަކާއި އިޓާލިއަން ގިނަ ކެއުންތަކެއް ހިމަނާފައިވެ އެވެ.

މިފަހަރުގެ އެންމެ އަގުބޮޑު ރޯދަ ވީއްލުން 800ރ. އިން މަތީގައި!
މިފަހަރުގެ އެންމެ އަގުބޮޑު ރޯދަ ވީއްލުން 800ރ. އިން މަތީގައި!

އެޗްއައިއެޗްގައި ރޯދަ ވީއްލުމެއް ހުރީ މީހަކަށް 40 ޑޮލަރު (617ރ.) އެވެ. އަދި ކުޑަކުއްޖަކަށް (386ރ.) އެވެ. އެޗްއައިއެޗުން ވަނީ ހަފްތާގެ ކޮންމެ ދުވަހަކަށް ތަފާތު މެނޫއެއް ހަދައިފަ އެވެ. އެ ހޮޓެލުން ބުނީ އެހެން ރޯދަ މަސްތަކޭ އެއްގޮތަށް މި އަހަރުގެ ރޯދަ މަހުގެ ރޯދަ ވީއްލުންތަކަށް ބުކިންތައް ލިބެމުން އަންނަ ކަމަށެވެ.

މިފަހަރުގެ އެންމެ އަގުބޮޑު ރޯދަ ވީއްލުން 800ރ. އިން މަތީގައި!
މިފަހަރުގެ އެންމެ އަގުބޮޑު ރޯދަ ވީއްލުން 800ރ. އިން މަތީގައި!

"އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ރޯދަ މަހު ދިވެހިން އާންމުކޮށް ކާ ބާވަތްތަކުގެ އިތުރުން މެލޭޝިއަން ކުޒީންގެ ރަހަތައް ވެސް ރޯދަ ވީއްލަތުން ފެންނާނެ،" އެޗްއައިއެޗުން ބުންޏެވެ.

އެޗްއައިއެޗުން ވަނީ ހަފްތާގެ ކޮންމެ ދުވަހަކަށް ހާއްސަ މެނޫއެއް ހަދައިފަ އެވެ. މި މެނޫގައި އެންމެ ހާއްސަ އެއް ކަމަކީ ގިނަ އަދަދެއްގެ ޑެޒާޓް ނުވަތަ ފޮނިކާތަކެތި ހުރުމެވެ. ކޮންމެ ދުވަހެއްގެ މެނޫގައި ވެސް ތަފާތު އަށް ޑެޒާޓެއް ލިބެން ހުރެ އެވެ.

ޖެން ހޮޓެލްގައި އެކަކުގެ ރޯދަ ވީއްލުމުގެ އަގަކީ 30 ޑޮލަރު (463ރ.) އެވެ. ކުޑަކުދިންނަށް 15 ޑޮލަރު (231ރ.) އިން ރޯދަ ވީއްލޭނެ އެވެ. ޖެންގެ ރޯދަ ވީއްލުންތަކަށް ދާ މީހުންގެ އަދަދު އިތުރުވާ ނަމަ ބޮޑު ޑިސްކައުންޓެއް ލިބެ އެވެ.

މި މަހުގެ 9 ވަނަ ދުވަހުގެ ކުރިން ރޯދަވީއްލުމެއް 50 މީހުންނަށް ބުކް ކުރާ ނަމަ 10 ޕަސެންޓް ޑިސްކައުންޓް ދެ އެވެ. އަދި 100 މީހުނަށް ނަމަ 15 ޕަސެންޓް ޑިސްކައުންޓް، 150 މީހުންނަށް ނަމަ 20 ޕަސެންޓް ޑިސްކައުންޓް ދެ އެވެ.

މާގިރިން ތިން އަގެއްގެ މެނޫތައް ލިބޭނެ އެވެ. އެ ތަނުން ބޮލަކަށް 340ރ. އާއި 360ރ. އަދި 390ރ. އަށް ރޯދަވީއްލުން ލިބެ އެވެ. ތިން މެނޫއެއް ހިމެނޭ އިރު ރޯދަ މަހުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ރޯދަ ވީއްލަން ހިނގައްޖެ ނަމަ 15 ޕަސެންޓްގެ ޑިސްކައުންޓް ވެސް ލިބެ އެވެ. އަދި ކޮންމެ 11 މީހުންގެ ތެރެއިން އެކަކުގެ ރޯދަވީއްލުން ހިލޭ ދެ އެވެ.

މާގިރީގެ މެނޫތަކުން ދިވެހި ކެއުންތަކުގެ އިތުރުން އިންޑިއާގެ ރަހަތައް ވެސް ތަޖުރިބާކޮށްލެވޭނެ އެވެ.

މި އަހަރުގެ ރޯދަ މަހު ރެސްޓޯރެންޓްތަކުގައި ޖުމްލަކޮށް ރޯދަ ވީއްލުންތައް ހުރީ ބޮލަކަށް 150ރ. އާއި 250ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މީގެ ތެރޭގައި ލެމަންގްރާސްގެ ރެސްޓޯރެންޓްތަކާއި ފުޑް ކޯޓުތައް ވެސް ހިމެނެ އެވެ.

މާލޭގައި އެންމެ ގިނަ ރެސްޓޯރަންޓް ހިންގާ ލެމަގްރާސްގެ އޮފިޝަލަކު ވިދާޅުވީ މި އަހަރުގެ މެނޫތައް ހާއްސަކޮށްފައި ވަނީ ދިވެހި ރަހަތަކަށް ކަމަށެވެ. ލެމަންގްރާސްގެ ރެސްޓޯރެންޓްތަކުގެ ތެރެއިން އެންމެ އަގު ހެޔޮ މެނޫތައް ހުރީ ލެމަންގްރާސް ފިފްތުގަ އެވެ. އެތަނުން 195ރ. އަށް ރޯދަ ވީއްލުމެއް ލިބޭ އިރު ސިޓްރޯން އާއި އެންމެ ފަހުން ހުޅުވި ޕޮމެލޯ އިން ވެސް ރޯދަ ވީއްލުންތައް ހުރީ 250ރ. ގަ އެވެ.

"އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހިންގެ މެދުގައި އެންމެ މަގްބޫލު ރަހަތައް މެނޫގައި ހިމަނަން،" އޭނާ ވިދާޅުވި އެވެ.

މާލޭގައި މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ، ސޯލްޓުން ބުނީ އެ ރެސްޓޯރެންޓްގެ ރޯދަ ވީއްލުންތަކުގެ މެނޫތަކުގައި މިފަދަ އިސްކަން ދިނީ މީރު ކެއުންތަކަކަށް ކަމަށެވެ. އަދި ސިއްހަތަށް ފައިދާހުރި ގިނަ ކެއުންތަކެއް ވެސް ހުންނާނެ ކަމަށް އެތަނުން ބުންޏެވެ.

"މެނޫތައް ހުންނާނީ ވަރަށް ބެލެންސްކޮށް. ހަށިގަނޑަށް ބޭނުންވާ އެކި ނިއުޓްރިޝަންސް ލިބޭނެ ކެއުންތައް ހިމަނާފައިވާނެ،" އެތަނުން ބުންޏެވެ.

މާލޭގެ ފުޑް ކޯޓްތަކުގައި އެވްރެޖްކޮށް ރޯދަ ވީއްލުމެއް އުޅެނީ ބޮލަކަށް 150ރ. އިން މަތީގަ އެވެ. ބައެއް ތަންތަނުގައި 200ރ. އަށް ވެސް، އަދި 230ރ. އަށް ވެސް ރޯދަ ވީއްލުން އެބަ ހުއްޓެވެ.