ފިލްމީ ގުޅުން ވަރުގަދަކުރަން ސައުދީގެ ސަގާފަތާ ބެހޭ މިނިސްޓަރު ބޮލީވުޑަށް
ފިލްމީ ގުޅުން ވަރުގަދަކުރަން ސައުދީގެ ސަގާފަތާ ބެހޭ މިނިސްޓަރު ބޮލީވުޑަށް

ސައުދި އަރަބިއްޔާގެ ސަގާފަތާ ބެހޭ މިނިސްޓަރު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގައި ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންނާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ފިލްމީ ގުޅުން ވަރުގަދަކުރަން ސައުދީގެ ސަގާފަތާ ބެހޭ މިނިސްޓަރު ބޮލީވުޑަށް
ފިލްމީ ގުޅުން ވަރުގަދަކުރަން ސައުދީގެ ސަގާފަތާ ބެހޭ މިނިސްޓަރު ބޮލީވުޑަށް

ސައުދީ ފިލްމު ކޮމިޝަނުން ބުނީ، ސައުދީގެ ސަގާފަތާ ބެހޭ މިނިސްޓަރު ޕްރިންސް ބަދްރު ބިން އަބްދުﷲ ބިން ފަރުހާންގެ، އެ ބައްދަލުކުރެއްވުންތަކުގައި ދެ ގައުމުގެ ސަގާފަތާއި ފިލްމީ މަސައްކަތްތައް އެކުގައި ކުރިއެރުވުމަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

ފިލްމީ ގުޅުން ވަރުގަދަކުރަން ސައުދީގެ ސަގާފަތާ ބެހޭ މިނިސްޓަރު ބޮލީވުޑަށް
ފިލްމީ ގުޅުން ވަރުގަދަކުރަން ސައުދީގެ ސަގާފަތާ ބެހޭ މިނިސްޓަރު ބޮލީވުޑަށް

ޕްރިންސް ބަދްރުއާ އެކު އެ ބައްދަލުވުންތަކުގައި މިނިސްޓްރީގެ އިސްވެރިންނާއި ސައުދީ ފިލްމު ކޮމިޝަންގެ ސީއީއޯ އަބްދުﷲ އަލް ގަތޯނީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބޭފުޅުން ބައްދަލުކުރެއްވި ބޮލީވުޑްގެ ތަރިންގެ ތެރޭގައި ޝާހް ރުކް ޚާން، ސަލްމާން ޚާން، ސައިފް އަލީ ޚާން އަދި އަކްޝޭ ކުމާރް ވެސް ހިމެނެ އެވެ. އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އިތުރު ބައެއް އިސް ފަރާތްތަކާ ވެސް ބައްދަލުކުރެއްވި އެވެ.

އެ ބައްދަލުވުންތަކުގައި ދެ ފަރާތުން އެކި ފުރުސަތުތައް ބަދަލުކުރަން މަޝްވަރާކުރި އެވެ.

ސައުދީގެ ސަގާފަތާ ބެހޭ މިނިސްޓްރީން ބުނީ އެ ދަތުރުގެ މައިގަނޑު މަގުސަދަކީ އެ ގައުމާއި އިންޑިއާގެ ސަގާފީ ގުޅުން ވަރުގަދަކުރުން ކަމަށެވެ.