ހިޔާ ފްލެޓް ކައިރީ ކާބޯތަކެތި ވިއްކުން ހުއްޓާލައި ތަން ސާފުކުރަން އަންގައިފި
ހިޔާ ފްލެޓް ކައިރީ ކާބޯތަކެތި ވިއްކުން ހުއްޓާލައި ތަން ސާފުކުރަން އަންގައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގެ ކާބޯތަކެތީގެ ހިދުމަތް ދިނުން ވަގުތުން ހުއްޓާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އަންގައިފި އެވެ.

ހިޔާ ފްލެޓް ކައިރީ ކާބޯތަކެތި ވިއްކުން ހުއްޓާލައި ތަން ސާފުކުރަން އަންގައިފި
ހިޔާ ފްލެޓް ކައިރީ ކާބޯތަކެތި ވިއްކުން ހުއްޓާލައި ތަން ސާފުކުރަން އަންގައިފި

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހިޔާ ފްލެޓް ސަރަހައްދުގައި ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުން އަންނާތީ، އެތަނުގައި ހުންނަ ކާބޯތަކެތީގައި ހުންނަންޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑު ވެސް ނުހުންނަ ކަމަށެވެ. އެކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ޝަކުވާ އެޗްޑީސީއަށް ލިބޭ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި އެތަންތަނުގައި ގާޑިޔަލާއި މޭޒު ފަދަ އެއްޗެހި ބަހައްޓައިގެން ކާބޯތަކެތީގެ ވިޔަފާރިކުުރަމުންދަނީ ކަމާބެހޭ ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ވެސް ނުނަގައި އުސޫލާ ހިލާފަށެވެ.

އެހެންވެ، އެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްތައްދޭ ބަހައްޓާފައި ހުރި ތަކެތި މާދަމާ އިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ނަގައި، ތަން ސާފުކޮށް ހިދުމަތް ހުއްޓާލަން އެޗްޑީސީން ވަނީ އަންގައިފަ އެވެ.

"އެ ތާރީހުގެ ފަހުން މިފަދަ ހިދުމަތްތައް ދޭ ފަރާތްތަކަށް ފިޔަވަޅު އަޅައި، ނުނަގާ ހުރި ތަކެތި ނަގައި ސާފުކުރެވޭނެ ވާހަކަ ދަންނަވަމެވެ،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން މީހުން ދިރިއުޅެން ފަށާފައިވާ ހިޔާގެ އެކި ޓަވަރުތަކުގެ ބޭރުގައި ހަވީރު ވަގުތު ހެދިކާ ވިއްކުމުގެ ވިޔަފާރި ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. އެކަމަކު އެކަހަލަ ވިޔަފާރިތައް ކުރެވޭނީ ހުއްދަ ނަގައިގެންނެވެެ.