02 އެޕްރީލް 2022 - 11:30

މާލޭގެ ފުޑް ކޯޓުގައި ހުންނަ "ޓީ ޖެޓީ" ރެސްޓޯރެންޓުން ރޯދަ ވީއްލައިގެން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެއީ މިދިޔަ ދެ އަހަރު ވެސް ރޯދަމަހާ ދިމާކޮށް އެ ރެސްޓޯރެންޓުން ހިންގަމުން އަންނަ ޕްރޮމޯޝަނެކެވެ. އެ ރެސްޓޯރެންޓުން 150ރ. އިން މަތީގެ ބިލު ދައްކާ ކޮންމެ މީހަކަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. ރޯދަމަހަށް ފަހު، ހަ ރޯދައާ ހަމައަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި އުމްރާ ދަތުރު ލިބޭނީ ގުރުއަތުން ހޮވޭ މީހަކަށެވެ.
މި ފަހަރުގެ ރޯދަވީއްލުމަށް "ޓީ ޖެޓީ" އިން ދެ މެނޫއެއް ހަދާފައިވާއިރު އަގަކީ ބޮލަކަށް 150ރ. އެވެ.
އެ ރެސްޓޯރަންޓުން ރޯދަވީއްލާ ތަކެތި ޑެލިވަރީ ކުރުމުގެ ހިދުމަތް ވެސް ދޭނެ އެވެ. ބުކިން ހައްދަން ނުވަތަ ޑެލިވަރީ އަށް 7351234 އަށް ގުޅައިލުމުން އެ ހިދުމަތް ލިބޭނެ އެވެ.