01 އެޕްރީލް 2022 - 21:48

ރާއްޖެއަށް މާދަމާއަކީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައިފި އެވެ.
ރޯދަ މަހުގެ ހަނދު ސާބިތުކުރަން މިރޭ ބޭއްވި ބައްދަލުވުމަށް ފަހު އިސްލާމިކް މިނިސްޓްރީން އިއްވި ހިތާބުގައިވަނީ ރާއްޖޭގެ ބައެއް ރަށްރަށާއި އިސްލާމީ ބައެއް ގައުމުތަކަށް މިއަދު ހަނދު ފެނިފައިވާތީ މާދަމާއަކީ ރާއްޖެއަށް ވެސް ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.
މާދަމާއަކީ ރޯދަ މަސް ކަމަށް ސައުދީ އަރަބިއާއިން ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ވޭތުވެދިޔަ ދެ އަހަރު ރޯދަ މަސް އައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ. ނަމަވެސް މިހާރު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފަ އެވެ. އެހެންވެ ކުރިއެކޭ އެއްގޮތަށް ރޯދަމަހުގެ ހަރަކާތްތައް ވަނީ އިތުރުވެފަ އެވެ.