ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި

މުހައްްމަދު އިސްމާއިލްގެ ފަައެއްގައި ރިހޭތީ ހިނގާފައި އުޅެން އުނދަގޫވުމުގެ ސަބަބުން އޭނާ އާންމުކޮށް ހުކުރު ނަމާދަށް ދަނީ ގެއާ ކައިރީގައި ހުންނަ އީދު މިސްކިތަށެވެ. އުމުރުން 69 އަހަރުގެ އިސްމާއިލް ގަދަވެ، ސަލާމަތުން ހުރި ދުވަސްވަރުގައި ގަވާއިދުން އިސްލާމީ މަރުކަޒަށް ހުކުރު ނަމާދަށް ދިޔަސް، މިހާރު އެ ތަނަށް ނުދާތާ ފަސް ވަރަކަށް އަހަރު ވެދާނެ އެވެ. އެކަމަކު، މިއަދު އާ ހިތްވަރެއް ކޮށްފައި، މާފަންނު ކޮޅުން މަޑުމަޑުން ހިނގާފައި އޭނާ ހެންވޭރަށް ދިޔައީ ސަލްމާން މިސްކިތް ހުޅުވާތީ އެ ތަނުގައ ކުރާ ފުރަތަމަ ހުކުރު ނަމާދުގައި ބައިވެރިވުމަށެވެ.

ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި

މާލޭގައި ދިރިއުޅުނަސް، މިއީ އޭނާ އަށް ސަލްމާން މިސްކިތް ހަމަ ލޮލަށް ފެނުނު ފުރަތަމަ ފަހަރެވެ. އެ މިސްކިތް ހުކުރަށް ހުޅުވާ ވާހަކަ ރޭޑިއޯ ޚަބަރުން ކިޔާ އަޑުއިވިގެން، އިސްމާއިލް ވެސް ދާން ބޭނުންވީ އެވެ.

ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި

“މަގޭ ސޮރު އުޅުނު މޯޓަރުގައި [ސައިލުގައި] ގެންނަން. މަ ބުނީ އުހުނ ހެވޭ، މަ ދާނީ ހިނގާފައޭ. އަދި ނުހިނގޭ ވަރެއް ނުވޭނުންހޭ. ނިމުނީމަ ބަލާ އަޔަސް ވަރިހަމައޭ،” ހުދު ގަމީހާއި މުންޑުގައި ހުރި އިސްމާއިލް ބުންޏެވެ.

ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި

ސަލްމާން މިސްކިތުގެ ގޯތިތެރެ އަށް އިސްމާއިލް ވަނުމުން، މިއަދު އެ ތަނުގައި ވޮލަންޓިއާ ކުރަން ތިބި ފުރާވަރުގެ ސްކައުޓް ކުދިން އޭނާ އަށް ދާންވީ ދިމާ ދައްކައިދިނެވެ. ތިން ބުރިއަށް ހުރި އެ މިސްކިތުގެ ތިރީ ބައިން އިސްމާއިލަށް ޖާގައެއް ހޯދައިދީ، ގޮނޑިއެއްގައި އޭނާ ބޭންދި އެވެ. އިސްމާއިލްގެ އުމުރުގެ މީހުންނާއި ޒުވާނުންނާއި ކުޑަކުދިން 10،000 މީހުންގެ ޖާގައިގެ އެ މިސްކިތް އެއްކޮށް މިއަދުގެ ހުކުރު ނަމާދަށް ފުރައިލި އެވެ. މިސްކިތުގެ ގޯތިތެރޭގަ އާއި މަގުމަތީގައި ވެސް އެތައް ބަޔަކު ނަމާދަށް ތިއްބެވެ.

ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނުގެ އިސްނެންގެވުމަކަށް އިމާރާތްކުރި ކިންގް ސަލްމާން މިސްކިތް ފުރި، މިސްކިތުގެ ގޯތިތެރޭގައި ވެސް ގިނަ ބަޔަކު ނަމާދަށް ސަފު ހެދި އެވެ.

ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި

މަސައްކަތް ނިމުނުތާ އެތައް އަހަރެއްވީ ފަހުން ސަލްމާން މިސްކިތް ހުޅުވުމުން ގިނަ ބަޔަކަށް ލިބުނު ހިތްހަމަޖެހުން ވަރަށް ބޮޑެވެ. ހުކުރު ނަމާދު ކުރުމަށް ފަހު، މިސްކިތުން ފައިބައިގެން ދަމުން ބައެއް މީހުން ދެއްކި ވާހަކަތަކުންނާއި މީހުންގެ ހަރަކާތްތައް ހުރި ގޮތުން ވެސް އެކަން އެނގެ އެވެ. ނަމާދަށް ފަހު، މިސްކިތުގެ އެކި ތަންތަނުގައި ހުއްޓިގެން ތިބެ ބައެއް މީހުން ރީތި ފޮޓޯތައް ވެސް ނެގި އެވެ. ނަމާދަށް ފަހު މިއަދު މުޅިން ވެސް ފެނުނީ މިސްކިތުގެ ޗާލު މަންޒަރުތައް ފޯނަށް ރައްކާ ކުރަމުން ދިޔަ ތަނެވެ.

ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި

"ތަރާވީހަށް އަންނަންވާނީ މި ތަނަށް،" އެކަކު ބުނާ އަޑުއިވުނެވެ.

ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި

ސަލްމާން މިސްކިތުގައި ފުރަތަމަ ހުކުރު ނަމާދުގައި އިމާމުވެ ނަމާދު ކުރެއްވީ ޝައިޚު އިލްޔާސް ހުސައިނެވެ. މިއަދުގެ ހުތުބާ ހާއްސަކުރީ މާދަމާ ފަށާ މި އަހަރުގެ ރޯދަ މަހަށެވެ.

ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި

ސޯޝަލް މީޑިއާގައި ވެސް އެ މިސްކިތުގެ ރީތި ފޮޓޯތައް އަންނަނީ ދައުރުވަމުންނެވެ. އެކަމަކު، ބައެއް މީހުން އެއް ކަމަކަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. އެއީ އެ ސަރަހައްދުގައި ދެ ޕާކިން ޒޯން އޮންނައިރު ވެސް، އެތަންތަން ވެސް ފުރި، ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތާއި މެދުގައި ވެސް މިއަދު ވެހިކަލްތައް ޕާކުކުރުމުގެ ސަބަބުން މަގުމަތި ވަރަށް ބޮޑަށް ތޮއްޖެހުމެވެ. އެ މަންޒަރު ފެންނަ ފޮޓޯތައް ހިއްސާކޮށް ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.

ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހަރަދުގައި މާލޭގައި އިމާރާތް ކޮށްފައިވާ ސަލްމާން މިސްކިތް ހުކުރު ނަމާދުން ފެށިގެން ބޭނުންކުރަން މިއަދު ފެށިޔަސް، އެ މިސްކިތް ރަސްމީކޮށް ހުޅުވަން ނިންމާފައި ވަނީ ފަހުންނެވެ. މިސްކިތް ރަސްމީކޮށް ހުޅުވަން ސައުދީގެ ވަފުދެއް އަންނަ ގޮތަށް ހަމަޖެހިފައިވާއިރު، އެ ތަރީހެއް އަދި ޔަގީންނުވެ އެވެ.

ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި

ސަލްމާން މިސްކިތުގައި ނަމާދުކުރަން ފެށިޔަސް އަދި ނިންމާފައި ވަނީ އެ މިސްކިތުގެ އެހެން ބައިތައް ބޭނުން ނުކުރާށެވެ. މިސްކިތުގެ އެހެން ތަންތަނަށް ބޭނުންވާ ފަރުނީޗަރާއި އޮފީސް ބަޔަށް ބޭނުންވާ އެއްޗެހި އަދި ނުލިބެ އެވެ. އެ މިސްކިތް ރަސްމީކޮށް ހުޅުވަން ނިންމާފައިވާ ވަނީ އެ ހުރިހާ އެއްޗެއް ވެސް ހަމަވުމުންނެވެ. އެކަމަކު ހުރިހާ ނަމާދެއް ކުރެވޭ ގޮތަށް އެ މިސްކިތުގެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވެ އެވެ.

ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި

ނަމާދުކުރުމަށް ހާއްސަކޮށްފައި ވަނީ އިމާރާތުގެ ފުރަތަމަ ދެ ފުލޯ އެވެ. އެއީ އެއްފަހަރާ ގާތްގަނޑަކަށް 4،000 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ އެވެ. މީގެ ތެރެއިން އަންހެނުން ނަމާދުކުރުމަށް ހާއްސަކޮށްފައި ވަނީ މިސްކިތުގެ ދެވަނަ ފުލޯ އެވެ.

ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި

ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އިމާރާތްކުރި މިސްކިތުގެ މަސައްކަތް ފެށީ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރެވެ. ދެ އަހަރުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމިޔަސް، ތަފާތު އެކި ސަބަބުތަކާ ހުރެ އިމާރާތް ބޭނުންކުރަން ފެށިފައެއް ނުވެ އެވެ.

ސަލްމާން މިސްކިތް ނުހުޅުވި ލަސްވުމުން އާއްމުންގެ ބޮޑެތި ފާޑުކިޔުންތައް ވެސް ސަރުކާރަށް އަމާޒުވެފައިވާއިރު، އެއީ ޔާމީން ސައޫދީ އަށް ވަޑައިގެން އެ ގައުމުގެ ރަސްގެފާނަށް ދަންނަވައިގެން ހެދި ޗާލު މިސްކިތެކެވެ.