އެމެރިކާގެ ކުންފުންޏަކުން ކޮތައިފަރުގައި ހެދި ރިސޯޓް މި މަހު ހުޅުވަނީ
އެމެރިކާގެ ކުންފުންޏަކުން ކޮތައިފަރުގައި ހެދި ރިސޯޓް މި މަހު ހުޅުވަނީ

އެމެރިކާގެ ހޮސްޕިޓަލިޓީ ކުންފުނި "ހަޔާޓް" އިން ރ. ކޮތައިފަރުގައި ހެދި ރިސޯޓް މި މަހުގެ 14 ވަނަ ދުވަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އެމެރިކާގެ ކުންފުންޏަކުން ކޮތައިފަރުގައި ހެދި ރިސޯޓް މި މަހު ހުޅުވަނީ
އެމެރިކާގެ ކުންފުންޏަކުން ކޮތައިފަރުގައި ހެދި ރިސޯޓް މި މަހު ހުޅުވަނީ

"އަލީލާ ކޮތައިފަރު މޯލްޑިވްސް"ގެ ނަމުގައި ތަރައްގީ ކުރި އެ ރިސޯޓް ކުރިން ހުޅުވަން ނިންމީ 2020 ވަނަ އަހަރު އެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން ދިމާވި ގޮންޖެހުންތަކާއެކު ރިސޯޓް ހުޅުވުން ލަސްކުރީ ކަމަށް ހަޔާޓް ކުންފުނިން ބުންޏެވެ.

އެމެރިކާގެ ކުންފުންޏަކުން ކޮތައިފަރުގައި ހެދި ރިސޯޓް މި މަހު ހުޅުވަނީ
އެމެރިކާގެ ކުންފުންޏަކުން ކޮތައިފަރުގައި ހެދި ރިސޯޓް މި މަހު ހުޅުވަނީ

އެ ކުންފުނިން ވަނީ މިހާރު ބުކިން ހެއްދުމުގެ ފުރަސަތު ޓޫރިސްޓުންނަށް ހުޅުވާލައިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގާތްގަނޑަކަށް 45 މިނިޓްގެ ތެރޭގައި ސީޕްލޭނުގައި ދެވޭ އެ ރިސޯޓުގައި 80 ވިލާ ވަނީ ތަރައްގީ ކޮށްފަ އެވެ. އޭގެ ތެރޭގައި 36 ވޯޓާ ވިލާ އާއި 44 ބީޗް ވިލާ ހިމެނެ އެވެ. ކޮންމެ ވިލާއެއްގައި ވެސް ޕްރައިވެޓް ޕޫލެއް ހުރެ އެވެ.

މަތީފަންތީގެ ޓޫރިސްޓުންނަށް އަމާޒުކޮށްފައިވާ އެ ރިސޯޓުން މި ވަގުތު ބުކިން އަށް ހުޅުވާލައިފައިވަނީ ބީޗް ވިލާތައް އެކަންޏެވެ. ވޯޓާ ވިލާތައް ހުޅުވަން ނިންމާފައިވަނީ އަންނަ އޮގަސްޓް މަހުގަ އެވެ.

ހަޔާޓް ކުންފުނިން މިހާރު ވެސް ރާއްޖޭގައި ރިސޯޓެއް ހިންގަ އެވެ. އެއީ ޕާކް ހަޔާޓް މޯލްޑިވްސް ހަޑަހާ އެވެ. އެ ރިސޯޓް ހަޔާޓް ކުންފުންޏާ ހަވާލުކުރީ 2011 ވަނަ އަހަރު އެވެ.