އުރީދޫގެ ރޯދަ ކެމްޕޭން ހާއްސަކުރީ ކަނޑޫދޫ މިރުހަށް، ގިނަ މަންފާތަކެއް ލިބޭ
އުރީދޫގެ ރޯދަ ކެމްޕޭން ހާއްސަކުރީ ކަނޑޫދޫ މިރުހަށް، ގިނަ މަންފާތަކެއް ލިބޭ

ކަނޑޫދޫ މިރުހަށް ހާއްސަ ކޮށްގެން އުރީދޫގެ މި އަހަރުގެ ރޯދަ ކެމްޕޭން މިއަދު ފަށައިފި އެވެ.

އުރީދޫގެ ރޯދަ ކެމްޕޭން ހާއްސަކުރީ ކަނޑޫދޫ މިރުހަށް، ގިނަ މަންފާތަކެއް ލިބޭ
އުރީދޫގެ ރޯދަ ކެމްޕޭން ހާއްސަކުރީ ކަނޑޫދޫ މިރުހަށް، ގިނަ މަންފާތަކެއް ލިބޭ

އެ ކުންފުނިން ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް ރާއްޖޭގެ ސަގާފަތާ ގުޅުވައިގެން ހާއްސަ ކެމްޕެއިނެއް ފަށަ އެވެ. އެ ކެމްޕޭނުގެ ދަށުން ރޯދަމަހަށް ހާއްސަ ވީޑިއޯ އެއްވެސް ކޮންމެ އަހަރަކު ނެރެ އެވެ. މި އަހަރުގެ ކެމްޕޭނުގެ ވީޑިއޯ ހާއްސަކުރީ ކަނޑޫދޫ މިރުހަށެވެ.

އުރީދޫގެ ރޯދަ ކެމްޕޭން ހާއްސަކުރީ ކަނޑޫދޫ މިރުހަށް، ގިނަ މަންފާތަކެއް ލިބޭ
އުރީދޫގެ ރޯދަ ކެމްޕޭން ހާއްސަކުރީ ކަނޑޫދޫ މިރުހަށް، ގިނަ މަންފާތަކެއް ލިބޭ

މެންހެޓަން ބިޒަންސް ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫގެ މި އަހަރުގެ ރޯދަ ކެމްޕޭން ފައްޓަވައި ދެއްވީ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ސީއީއޯ ފާތުމަތު އަފްޝަން ލަތީފެވެ. އެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ޚަލިދު އަލް ހަމާދީ އާއި ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ބައިވެރިވެވަޑައިގަތެވެ.

އުރީދޫގެ ރޯދަ ކެމްޕޭން ހާއްސަކުރީ ކަނޑޫދޫ މިރުހަށް، ގިނަ މަންފާތަކެއް ލިބޭ
އުރީދޫގެ ރޯދަ ކެމްޕޭން ހާއްސަކުރީ ކަނޑޫދޫ މިރުހަށް، ގިނަ މަންފާތަކެއް ލިބޭ

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، އާއްމުކޮށް ރޯދަމަސް ރަމްޒު ކޮށްދޭން ކަރާ ބޭނުންކުރި ނަމަވެސް ކަނޑޫދޫ މިރުހަކީ ވެސް ފަހަކަށް އައިސް ކޮންމެ ރޯދަމަހަކު މީހުންގެ މެދުގައި މަގުބޫލު ވެފައިވާ ބާވަތެއް ކަމަށެވެ. އެހެން ރޯދަމަސްތަކުގައި ސަގާފީ ކަންކަމަށް ވިސްނި ނަމަވެސް މި ފަހަރުގެ ކެމްޕޭނަށް ކަނޑޫދޫ މިރުސް ހާއްސަކުރީ ތަފާތު ކޮށްލުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާއްމުކޮށް އަޅުގަނޑުމެން ރޯދަ އަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ސަގާފީ ކަންތައްތައް ނޫނީ ކުރީ ޒަމާނުގެ ހާދިސާތައް މި ގެނެސްދެނީ. އެކަމަކު މި ފަހަރު އަޅުގަނޑުމެން ވިސްނީ އެބަޖެހެއޭ ރާއްޖޭގައި މިހާރު ކުރިއަށްދާ ޓްރެންޑަކަށް ބަދަލު ކޮށްލަން،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫގެ މި ކެމްޕޭނުގެ ދަށުން ކަނޑޫދޫ މިރުސް ވަނީ ބްރޭންޑަކަށް ހަދައިފަ އެވެ. ބްރޭންޑަކަށް ހެދުމުން ކަނޑޫދޫ މިރުހާއި އެ މިރުހުގެ އުފެއްދުންތައް ތައްޔާރުކޮށް، ވިއްކޭނީ އެ ރަށު ކައުންސިލްގެ ހުއްދައާ އެކުގަ އެވެ. މިއީ އުރީދޫގެ ފަރާތުން ކަނޑުދޫގެ މީހުންނަށް ދިން ރޯދަ ހަދިޔާއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ކަނޑޫދޫ މިރުސް ބްރޭންޑަކަށް ހެދުމުގެ އިތުުރުން އެ މިރުހަށް ހާއްސަ ވެބްސައިޓެއް ވެސް އުރީދޫން ވަނީ ހަދައިފަ އެވެ. އެ ވެބްސައިޓް ބޭނުންކުރާނީ ކަނޑޫދު އާއި އެ ރަށުގެ ތާރީހާއި އެ ރަށުގެ މިރުހުގެ މައުލޫމާތު ހިއްސާ ކުރުމަށާއި މިރުސް ވިއްކައި މާކެޓު ކުރުމަށެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ވިދާޅުވީ، މިއީ ރަށްތަކުން އުފައްދާ ތަކެތީގެ މަންފާ އެ ރަށެއްގެ މީހުންނަށް ލިބޭ ގޮތް ހެދުމަށް އެޅި ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އުރީދޫ އިން އިސްނަގައިގެން ކައުންސިލަކާ ގުޅިގެން އެ ރަށުގެ އަމިއްލަ އުފެއްދުމެއް މާކެޓު ކުރުމަކީ އެހެން ކުންފުނިތަކުން ވެސް މިސާލު ނަގަންވީ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ޕްލޭން ކުރިން އިގްތިސާދު ކުރިއަރުވަން ކައުންސިލަށް ކުރެވޭނީ ކޮން ކަހަލަ ކަންތައްތަކެއްތޯ. މި ކަމާ ގުޅުން ހުރި އެކި އެކި އިދާރާތަކާ އެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން އައިއިރު ވަރަށް ބޮޑަށް ދެއްކެވިފައި އޮތް ވާހަކައެއް ރާއްޖޭގައި ގާއިމްވެފައި ހުރި ވިޔަފާރިތަކާއި ކައުންސިލްތަކާ ލިންކް ކުރުމަކީ މުހިންމު ކަމެކޭ. އުރީދޫން އިސްވެ އެކަން ކުރީތީ އަޅުގަނޑުމެން އުފާ ކުރަން،" އަފްޝަން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ޕްރޮމޯޓް ކުރާ އެއް ހިޔާލު އެއީ ކައުންސިލްތަކާ އެކީގައި ވީހާ ވެސް ގިނަ ވިޔަފާރިތައް ވަރަށް ގާތުން މަސައްކަތް ކުރަން. އުރީދޫ އަބަދުވެސް ފާހަގަ ކޮށްލެވޭ މުޖުތަމައާ ވަރަށް ގާތުން މަސައްކަތް ކުރާ ކުންފުންޏެއް ގޮތުގައި،"

އުރީދޫން ވަނީ މި ކެމްޕޭނާ ދިމާކޮށް ރޯދަ ހަދިޔާއެއްގެ ގޮތުގައި އެންޒީއާ ގުޅިގެން ކަނޑޫދޫ މިރުހުގެ ހޮޓްސޯސް ޕެކެއް ވެސް ތައާރަފު ކޮށްފަ އެވެ. ކުޅިކޮށް ކާ މީހުންނަށް ހާއްސަ ތިން ރަހައެއް އެ ޕެކްގައި ހިމެނޭއިރު ކަނޑުދޫ މިރުސް ވެބްސައިޓުންނާއި މޫލީން މިހާރު އެ ހޮޓްސޯސް އޯޑަރު ކުރެވޭނެ އެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވިގޮތުގައި، އުރީދޫން އެ ރަށުގެ މިރުސް މާކެޓު ކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ރަށުގެ އިގްތިސާދަށް ވަރަށް ބޮޑު ފައިދާއެއް ވާނެ ކަމަށެވެ. އަދި އުރީދޫން ފެށި މަސައްކަތަކާއެކު ކަނޑޫދޫ މިރުސް މުޅި ދުނިޔެ އަށް މާކެޓް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކަނޑޫދޫ މިރުސް.ކޮމް ގެ ނަމުގައި ހާއްސަ ވެބްސައިޓެއް މި ވަނީ ލޯންޗް ކުރެވިފައި. މިފަދަ ކޮންމެ ކަމަކީ އެކަމުގެ މަންފާ އާއި ހެޔޮ ބަދަލު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް،" ރީހާން ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ އަމާޒަކީ ބްރޭންޑެއްގެ ގޮތުގައި މާކެޓަށް މި ނެރެވުނު ކަނޑޫދޫ މިރުހުން ލިބޭނެ މަންފާތަކަކީ ކޮބައިތޯ ހޯދާ ބަލައި، ކަނޑޫދޫގައި ހައްދާ ކުޅި މިރުހުގެ މަންފާ ކަނޑޫދޫ ރައްޔިތުންނަށް އޭގެ އެންމެ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުން."