ރޯދަ މަހު ކުނި ނަގާނީ ރޭގަނޑު 8 އިން 12 އަށް
ރޯދަ މަހު ކުނި ނަގާނީ ރޭގަނޑު 8 އިން 12 އަށް

އަންނަ ރޯދަ މަހު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގެތަކުން ކުނި ނަގާނީ ރޭގަނޑު 8:00 އިން 12:00 އަށް ކަމަށް ވެމްކޯއިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ ރޯދަ މަހުގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ކުނި ނަގާނީ އެ ގަޑިތަކުގައި ކަމަށެވެ.

އެ މުއްދަތުގައި ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް، އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ. ހުކުރު ދުވަސްތަކުގައި ވޭސްޓް ޓްރާންސްފާ ސެންޓަރުތައް ހުޅުވާނީ މެންދުރު 2:00 އިިން ހަވީރު 5:00 އަށް، އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ.

ރޯދަ މަހު އެ ކުންފުނީގެ މައި އޮފީސް ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. އަދި ފްރަންޓް އޮފީސް ހުޅުވާފައި ހުންނާނީ މެންދުރު 2:00 އާ ހަމައަށެވެ.

މީގެ އިތުރުން އެ މުއދަތުގައި އެ ކުންފުނީގެ ކޯލް ސެންޓަރުން ހިދުމަތް ދޭނީ ހުކުރު ދުވަސް ފިޔވައި އެެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 2:00 އަށް އަދި ރޭގަނޑު 9:00 އިން ދަންވަރު 12:00 އަށެވެ. ހުކުރު ދުވަސްތަކުގައި ކޯލް ސެންޓަރުން ހިދުމަތް ދޭނީ ރޭގަނޑު 9:00 އިން ދަންވަރު 12:00 އަށެވެ.