ރޯދަމަހު މީރާ އަށް ޓެކްސް ދެއްކޭނީ 9:00 އިން 12:00 އަށް
ރޯދަމަހު މީރާ އަށް ޓެކްސް ދެއްކޭނީ 9:00 އިން 12:00 އަށް

މި ހަފުތާ ބަންދުގައި ފަށާ މި އަހަރުގެ ރޯދަމަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން މީރާ އިން ޓެކްސްއާ ގުޅޭ ހިދުމަތްތައް ދޭނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ ރޯދަމަހު ހިދުމަތް ދޭ ވަގުތުތަކުގައި ސާވިސް ސެންޓަރުން ނަންބަރު ދޫކުރާނެ ކަމަށެވެ. އަދި މިހާރެކޭ އެއްގޮތަށް މީރާގެ މޯބައިލް އެޕްލިކޭޝަނުންނާއި ކިޔުބީ އެޕްލިކޭޝަނުން ވެސް ނަންބަރު ނެގޭނެ ކަމަށް ބުންޏެވެ.

މީރާ އިން ދެމުން އަންނަ ގިނަ ހިދުމަތްތަކަށް މިހާރު އޮންލައިންކޮށް ވެސް ފައިސާ ދެއްކެ އެވެ. އެހެންވެ، އެފަދަ ހިދުމަތްތަކަށް އެ ގޮތަށް ފައިސާ ދައްކަން އެ އިދާރާ އިން އިލްތިމާސްކުރެ އެވެ.

އޮންލައިންކޮށް ކޮންމެ ވަގުތެއްގައި ވެސް މީރާ އަށް ފައިސާ ދެއްކޭނެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރެވެ.