ކީއްވެ ފިރިހެނުންނަށް ދޫކުރަންވީ؟ ގޮއިދޫ އަންހެނުން މަހަށް
ކީއްވެ ފިރިހެނުންނަށް ދޫކުރަންވީ؟ ގޮއިދޫ އަންހެނުން މަހަށް

ހީވާގި މަސްވެރި އަންހެނުންގެ ވާހަކަ އަބަދު ވެސް ދައްކަ އެވެ. އެކަމަކު އެ މީހުންގެ މަސައްކަތަކީ ފިރިހެނުން ބާނައިގެން ރަށަށް ގެންނަ މަސް، ގޭދޮށަށް ގެންގޮސް، އެ ކެއްކުމެވެ. ހައްސަ ބާނައިގެން އަންނަ ދުވަސް ދުވަހު، އެ ރޭ ނުނިދާ ބަދިގޭގަ އެވެ. ހަމައެކަނި މަސް ކެއްކުމެއް ނޫނެވެ. ރިހާކުރު ހެދުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ކީއްވެ ފިރިހެނުންނަށް ދޫކުރަންވީ؟ ގޮއިދޫ އަންހެނުން މަހަށް
ކީއްވެ ފިރިހެނުންނަށް ދޫކުރަންވީ؟ ގޮއިދޫ އަންހެނުން މަހަށް

މި ފަހަރު ވެސް މަސްވެރި އަންހެނުންގެ ވާހަކައެކެވެ. އެކަމަކު 600 މީހުންގެ އާބާދީއެއް އޮތް އަދި ދަނޑުވެރިކަން ކުރަމުން އަންނަ ބ. ގޮއިދޫ އަންހެނުން ތަފާތު ވަނީ ކަނޑުމައްޗަށް ނިކުމެ މަސް ބާނާތީ އެވެ. ފިރިހެނުންނަށް ދޫނުކުރާތީ އެވެ.

ކީއްވެ ފިރިހެނުންނަށް ދޫކުރަންވީ؟ ގޮއިދޫ އަންހެނުން މަހަށް
ކީއްވެ ފިރިހެނުންނަށް ދޫކުރަންވީ؟ ގޮއިދޫ އަންހެނުން މަހަށް

ގޮއިދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސިޔާން ވިދާޅުވީ މީގެ ދިހަ ވަރަކަށް އަހަރު ކުރީއްސުރެ އެ ރަށު އަންހެނުން މަސްވެރިކަން ކުރެ އެވެ. އެކަމަކު އެއީ ހަވީރު ނުވަތަ ރޭގަނޑުގެ ވަގުތުތަކުގައި ގޮނޑުދޮށުންނެވެ. ދޮށި އެއްލައިގެން ނުވަތަ ނަނު ދޫކޮށްގެން ފަރުމަހުގެ މަސްވެރިކަން ކުރަނީ އެ މީހުން މުނިފޫހިފިލުވައި މަޖަލަކަށް ކަމަށް ސިޔާން ވިދާޅުވި އެވެ.

ކީއްވެ ފިރިހެނުންނަށް ދޫކުރަންވީ؟ ގޮއިދޫ އަންހެނުން މަހަށް
ކީއްވެ ފިރިހެނުންނަށް ދޫކުރަންވީ؟ ގޮއިދޫ އަންހެނުން މަހަށް

އެކަމަކު މިއީ ސްކޫލު ބަންދު ދުވަސް ވަރަކަށް ވެފައި، ރަށު ކައިރިން ކަނޑުމަތީގައި މަސް ތިޔާގިކަމުން ގޮއިދޫގެ އަންހެނުން މިހާރު މަހަށް ނިކުންނަނީ ދޯނިފަހަރުގައި ކަނޑުމައްޗަށެވެ.

އެގޮތަށް އެންމެ ގިނައިން މަހަށް ނިކުންނަ އެކަކީ އުމުރުން 30 ހަކަށް އަހަރުގެ ފާތިމަތު ނިއުމާ އެވެ.

ނިއުމާ ބުނީ ސްކޫލު ބަންދާ އެކު މި ދުވަސްވަރު ހަވީރު ވަގުތުތަކުގައި ކުރާނެ މާ ބޮޑު ކަމެއް ނޯންނަ ކަމަށެވެ. އެހެންވެ، ފޫހިވެގެން، ގުރޫޕު ހަދާލައިގެން މަސް ބާނަން ނިކުންނަނީ މަޖާކޮށްލުމުގެ ގޮތުން ކަމަށް އޭނާ ބުންޏެވެ.

ރަށުގެ ދޯނި ފަހަރުގައި އެ މީހުން މަހަށް ނުކުންނަ އިރު ފިރިހެނުން ގެންދަނީ ހަމައެކަނި ދޯނި ދުއްވުމަށެވެ.

ގޮއިދޫ މީހުން ބުނާ ގޮތުގައި އެ ރަށު އަންހެނުންނަށް މަސް ބާނާނެ ގޮތް ކިޔައިދޭކަށް ނުޖެހޭނެ އެވެ.

މިގޮތަށް މަހަށް ނިކުންނަނީ ގިނަ ފަހަރަށް އަށެއްކަ އަންހެނުން ހިމެނޭ ގުރޫޕަކާ އެކު އެވެ. ދޯނި މަތީގައި ކާނެ އެއްޗެހި ވަކިން ތައްޔާރުކޮށްގެން ގެންދެ އެވެ. ބޯކިބަލާއި ފާރޮއްޓާއި ކުޅިމަހާއި އެކި ކަހަލަ ހެދިކާ އެވެ.

"އަސްލު ވަރަށް މަޖާ ކަމެއް މިއީ. އެންމެން އެކުގައި މިކަން ކުރާތީ ވަރަށް މަޖާ،" ދެ ކުދިންގެ މަންމަ، ނިއުމާ ބުންޏެވެ.

ހަވީރު ދާ ގޮތަށް، އިރުއޮއްސި އަނދިރިވުމުގެ ކުރިން އެ މީހުން އެނބުރި ރަށަށް އާދެ އެވެ. އަދި ބޭނި މަސް އެ މީހުން، ރަށުގެ ފިރިހެނުންނަށް ދައްކާލަނީ ފަހުރުވެރިކަމާ އެކު އެވެ.

"އެގޮތަށް މަހުން ލަފާއިރަށް އެ ގޭގެ ބައެއް ފިރިހެންވެރިން ދާނެ އަތިރިމައްޗަށް އެ މީހުން އަންނަތަން ބަލާލަން ވެސް. އެންމެން ވެސް ވަރަށް އުފާވެފައި ތިބޭނީ،" ގޮއިދޫގެ އެހެން އަންހެނަކު ބުންޏެވެ.

ކައުންސިލަރު ސިޔާން ވިދާޅުވީ "މަސްވެރިކަމުގައި ގޮއިދޫ އަންހެނުން މިހާރު ފިރިހެނުންނަށް ދޫނުކުރާނެ" ކަމަށެވެ.

މިގޮތަށް ކޮންމެ ދުވަހަކު އަންހެންވެރިން މަހަށް ނިކުންނަތާ ދެ ހަފުތާވަރު ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދޯނީގައި ކަނޑަށް ނުނިކުންނަ ނަމަ ނުވަތަ އެކަން ނުކުރެވޭ މީހުން މަސް ބާނަން ދަނީ ޖެޓީ މައްޗަށެވެ. އިރާކޮޅުގެ ވަގުތުތަކުގައި ގޮއިދޫގެ ގިނަ އަންހެންވެރިން އެކަން ކުރެ އެވެ. ބައެއް މީހުން މަސް ބާނަން ދަނީ ކުދިވެރިން ވެސް ގޮވައިގެންނެވެ.

"މިއީ އަބަދުވެސް މި ރަށުގެ އަންހެނުން މަޖަލަކަށް ކުރާ ކަމެއް. އެކަމަކު ސްކޫލު ޗުއްޓީ ދުވަސްވަރު ކަމުން މިކަން ކުރުން އިތުރުވެފައިވަނީ،" ސިޔާން ވިދާޅުވި އެވެ.