ޓްރީ ޓޮޕް ހޮސްޕިޓަލުން އެމްބާމިން ހިދުމަތް ދެނީ
ޓްރީ ޓޮޕް ހޮސްޕިޓަލުން އެމްބާމިން ހިދުމަތް ދެނީ

ޓްރީޓޮޕް ހޮސްޕިޓަލުން މޯޗަރީ ހިދުމަތުގެ ދަށުން އެމްބާމިންގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި އެވެ.

އެމްބާމިން އަކީ މީހާ މަރުވުމަށްފަހު ގައުމުން ބޭރަށް ހަށިގަނޑު ފޮނުވަންޖެހޭ ހާލަތްތަކުގައި ހަށިގަނޑު ހަލާކު ނުވާގޮތަށް ރައްކާ ކުރުމެވެ. ޓްރީ ޓޮޕުން އެ ހިދުމަތް ރާއްޖޭގެ އަލަށް ތައާރަފްކުރީ 2 ޖޫން 2019 ގަ އެވެ.

- ހަށިގަނޑަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވާނަމަ 5،500 ޑޮލަރު (ޖީއެސްޓީ މާފު ކޮށްފައި)

- ހަށިގަނޑު ހަލާކުވާން ފަށާފައިވާނަމަ 6،000 ޑޮލަރު (ޖީއެސްޓީ މާފު ކޮށްފައި)

- ހަށިގަނޑު ވަޅުލުމުގެ ކުރިން ނުވަތަ ގައުމަށް ފޮނުވާލުމުގެ ކުރިން މޯޗަރީގައި ބާއްވާނަމަ:
ޓޫރިސްޓު ވިސާގައި ރާއްޖެ އައިސްފައިވާ މީހުންނަށް ދުވާލަކަށް 500 ޑޮލަރު އަދި ވާކް ޕާމިޓް ވިސާއެއްގައި ރާއްޖެ އައިސްފައިވާ މީހުންނަށް ދުވާލަކަށް 250 ޑޮލަރު.

- ދިވެހި ރައްޔިތުންނަށް މޯޗަރީގެ ހިދުމަތް ދުވާލަކަށް 150 ޑޮލަރު

އެ ހިދުމަތްތަކުގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުން މައްޔިތާގެ ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވައިދިނުމަށް ދަތުރުފަތުރުގެ ނިޒާމާއި ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ހަމަޖައްސައިދޭން އޭޖެންޓުން ހޯދައިދޭން ވެސް އެހީތެރިވާނެ އެވެ.

ޓްރީޓޮޕުން އެ ހިދުމަތް ދެނީ ބައިނަލްއަގުވާމީ ގަވާއިދުތަކާ އެއްގޮތަށް، ލައިސެންސް ލިބިފައިވާ ތަޖުރިބާކާރުންގެ ޓީމަކުންނެވެ. އެ ހިދުމަތާއެކު ބައިނަލްއަގުވާމީ ފެންވަރުގެ އެމްބާމްކުރެވިފައިވާކަމުގެ ސެޓްފިކެޓެއް ވެސް ފޯރުކޮށްދޭނެ އެވެ.