ރަންބީރާއި އާލިއާގެ ކައިވެނި އިއުލާންކުރާނީ "ކުއްލިއަކަށް"
ރަންބީރާއި އާލިއާގެ ކައިވެނި އިއުލާންކުރާނީ "ކުއްލިއަކަށް"

ބޮލީވުޑްގެ ދެ އެކްޓަރުން ކަމަށްވާ، އާލިއާ ބަޓް އާއި ރަންބީރް ކަޕޫރް ރައްޓެހިވެެގެން އުޅޭކަން އިއުލާންކުރި ފަހުން ދޭތެރެއަކުން އެމީހުންގެ ކައިވެނީގެ އަޑު ގަދަވެ އެވެ. މިފަހަރު ވެސް އަނެއްކާ އެ އަޑުތައް ގަދަވެފައިވަނިކޮށް ރަންބީރްގެ ބޮޑުދައިތަ ރީމާ ޖެއިނާ ވެސް ޕަޕަރާޒީން އެ ސުވާލު ކުރިމަތިކޮށްފި އެވެ.

ރަންބީރާއި އާލިއާގެ ކައިވެނި އިއުލާންކުރާނީ "ކުއްލިއަކަށް"
ރަންބީރާއި އާލިއާގެ ކައިވެނި އިއުލާންކުރާނީ "ކުއްލިއަކަށް"

ހަނުހުރުމުގެ ބަދަލުގައި ރީމާ ބުނީ މިހާތަނަށް އެކަމާ ގުޅޭ ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. އެކަަމަކު އެމީހުން ކައިވެނިކުރާނެ ކަމަށާއި ވަކި ދުވަހެއް ބުނަން އަދި ދަތި ކަމަށް އޭނާ ބުންޏެވެ.

އެއަށް ފަހު ރީމާ ބުނީ ކައިވެނީގެ ތާރީހު ނިންމާނީ އެމީހުން ކަމަށާއި ކުއްލިއަކަށް އެ ކައިވެނީގެ މައުލޫމާތު ޕަޕަރާޒީންނަށް ވެސް ލިބޭނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރަންބީރާއި އާލިއާ ކައިވެނިކުރަނީ އަންނަ މަހު އެވެ. އެކައިވެންޏަށް މުޅި އާއިލާ މިހާރު ތައްޔާރުވަމުން އަންނަ ކަމަށްވެ އެވެ.

އެކަމުގެ ރީމާ ބުނީ އެ ކަަައިވެންޏަށް ތައްޔާރީތައް އަދިނުވާ ކަމަށާއި އެހެންވީމަ އެހާ އަވަހަށް ކައިވެނި އޮންނާނީ ކިހިނެއްތޯ ސުވާލު އުފެއްދައިފަ އެވެ.

އާލިއާ އާއި ރަންބީރް ލޯބީގެ ގޮތުން ގުޅުނީ އެމީހުން އެކުގައި މަސައްކަތްކުރި ފިލްމު "ބްރަހްމަސްތުރާ" އިންނެވެ. އެ ފިލްމު ވަރަށް އަވަހަށް ރިލީޒްކުރާނެ އެވެ.