އޮސްކާސްގައި މިފަހަރު އެންމެ ކާމިޔާބީ "ޑޫން"
އޮސްކާސްގައި މިފަހަރު އެންމެ ކާމިޔާބީ "ޑޫން"

ޖުމްލަ ހަ އެވޯޑާ އެކު މިފަހަރުގެ އޮސްކާ އެވޯޑުގެ އެންމެ ކާމިޔާބު ފިލްމަކަށް "ޑޫން" ވެއްޖެ އެވެ.

އޮސްކާސްގައި މިފަހަރު އެންމެ ކާމިޔާބީ "ޑޫން"
އޮސްކާސްގައި މިފަހަރު އެންމެ ކާމިޔާބީ "ޑޫން"

މިއަހަރުގެ އޮސްކާސްގައި އެންމެ ގިނަ އެވޯޑުތަކަށް ވާދަކޮށްފައިވަނީ ބެނެޑިކްޓް ކަމްބަބެޗް ލީޑުން ފެނުނު "ޕަވާ އޮފް ދަ ޑޯގް" އާއި އަންސާމްބަލް ކާސްޓުގެ ސައިފައި ފިލްމު "ޑޫން" އެވެ.

އޮސްކާސްގައި މިފަހަރު އެންމެ ކާމިޔާބީ "ޑޫން"
އޮސްކާސްގައި މިފަހަރު އެންމެ ކާމިޔާބީ "ޑޫން"

އޮސްކާސްގައި ޑޫން ވަނީ ޖުމްލަ އަށް އެވޯޑަކަށް ނޯމިނޭޓް ވެފަ އެވެ. އޭގެތެރެއިން އެ ފިލްމަށް ވަނީ ހަ އެ ވޯޑު ލިބިފަ އެވެ. ފިލްމަށް ލިބިފައިވާ އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު ސިނެމެޓޮގްރަފީ އާއި ޕްރޮޑަކްޓް ޑިޒައިން އާއި އެޑިޓިންގެ އިތުރުން އޮރިޖިނަލް ސްކޯ އާއި ސައުންޑް އަދި ވިޝުއަލް ޑިޒައިން ހިމެނެ އެވެ.

އޮސްކާސްގައި މިފަހަރު އެންމެ ކާމިޔާބީ "ޑޫން"
އޮސްކާސްގައި މިފަހަރު އެންމެ ކާމިޔާބީ "ޑޫން"

ފިލްމުގެ ސައުންޑް ސްކޯގެ މަސައްކަތް ކޮށްފައިވަނީ ލެޖެންޑަރީ ކޮމްޕޯސާ ހާންސް ޒިމާސް އެވެ. އޭނާގެ މަސައްކަތުގެ ތާރީހުގައި މިއީ އޭނާގެ މަސައްކަތަށް ލިބުނު ދެވަނަ އޮސްކާ އެވޯޑެވެ.

އޮސްކާސްގައި މިފަހަރު އެންމެ ކާމިޔާބީ "ޑޫން"
އޮސްކާސްގައި މިފަހަރު އެންމެ ކާމިޔާބީ "ޑޫން"

އެވޯޑް ހަފުލާގައި ޑޫންއަށް އެންމެ ގިނަ ކާމިޔާބީތަކެއް ލިބުނު ނަމަވެސް ހަފުލާގެ އެންމެ މުހިއްމު އަދި ޝަރަފުވެރި އެވޯޑު ލިބޭގޮތް ވަނީ ނުވެފަ އެވެ. އޮސްކާގެ އެންމެ ބޮޑު އެވޯޑު، "ބެސްޓް ޕިކްޗާ" ލިބިފައިވަނީ "ކޯޑާ" އަށެވެ. ކޯޑާ ނުވަތަ "ޗައިލް އޮފް ޑެފް އެޑަލްޓްސް" އަކީ އަޑު ނީވޭ އާއިލާއެއްގެ ދިރިއުޅުން ދައްކުވައިދޭ ޑްރާމާއެކެވެ.

ޑޫން އަށް ކާމިޔާބު ނުކުރެވުނު ދެ އެވޯޑަކީ ކޮސްޓިއުމް ޑިޒައިން އާއި މޭކަޕްގެ ބައިންނެވެ. އެ ދެ އެވޯޑު ވެސް ލިބިފައިވަނީ ޑިޒްނީ އިން މިދިޔަ އަހަރު ނެރުނު "ކްރުއެލާ" ފިލްމަށެވެ.

އެވޯޑު ހަފުލާގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބިފައިވަނީ ޖެސިކާ ޗެސްޓެއިން އަށެވެ. އޭނާ އަށް އެވޯޑު ލިބިފައިވަނީ މިދިޔަ އަހަރު ނެރުނު ބަޔޮގްރަފީ ޑްރާމާ "އައި އޮފް ޓެމީ ފޭ"ގައި ކުޅުނު ރޯލުންނެވެ. އެންމެ މޮޅު އެކްޓަރުގެ ރޯލު ކާމިޔާބު ކުރީ ވިލް ސުމިތު، އޭނާ "ކިންގް ރިޗާޑު"ގައި ދައްކާފައިވާ ރޯލުންނެވެ.

މިފަހަރުގެ އޮސްކާގައި ވަނީ "ފޭން ފޭވަރިޓް" ފިލްމެއް ހޮވަން ހިމަނައިފަ އެވެ. ޓްވިޓާ މެދުވެރިކޮށް ފޭނުންނަށް ފެންނަ ފިލްމުތައް ހޮވުމަށް އުފެއްދި ކެޓަގަރީގައި އެންމެ ފުރަތަމަ ކުރީގައި އުޅުނީ 2017 ވަނަ އަހަރު ނެރުނު ޖަސްޓިސް ލީގުގެ ޒެކް ސްނައިޑާގެ ވާޝަން އެވެ. ނަމަވެސް އެ ފިލްމަކީ ތިއޭޓްރިކަލް ރިލީޒަކަށްވެފައި ކުރިން ނެރުނު ފިލްމެއްގެ ވާޝަނަކަށް ވުމުން އެ ފިލްމު ޑިސްކޮލިފައިވި އެވެ.

އެއަށް ފަހު އެ އެވޯޑަށް ވާދަކުރަމުން ދިޔައީ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ކަމިލާ ކެބޭޔޯ ލީޑުން ފެނުނު "ސިންދަރެލާ" ފިލްމެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ ޒެކް ސްނައިޑާގެ ފޭނުން އަނެއްކާ އެ އެވޯޑަށް ވާދަކުރަން ފަށައިފި އެވެ. މިފަހަރު އެ އެވޯޑުގައި ހިމަނަން މަސައްކަތް ކުރީ ނެޓްފްލިކްސްގެ ޒޮމްބީ ފިލްމު "އާމީ އޮފް ދަ ޑެޑް" އެވެ. މިފަހަރުގެ އޮސްކާގެ ފޭން ފޭވަރިޓަށް ވީ މި ފިލްމެވެ.