ތާރީހު ބަދަލުކޮށްލި ހައިޕަމާކެޓް: މިއީ ބޮޑު ކުރިއެރުމެއް!
ތާރީހު ބަދަލުކޮށްލި ހައިޕަމާކެޓް: މިއީ ބޮޑު ކުރިއެރުމެއް!

ދުނިޔޭގެ އެހެން ހުރިހާ ގައުމެއްގައި ވެސް، މި ކޮންސެޕްޓްގައި މާޓްތައް ހުރެ އެވެ. އެކަމަކު، އެސްޓީއޯ ހައިޕަމާކެޓް ހުޅުވުމުގެ ކުރިން މިކަހަލަ އެއްވެސް ތަނެއް ރާއްޖެ އަކު ނެތެވެ. އެ ތާރީހު ބަދަލުކޮށްލައި، އެސްޓީއޯގެ ކުރީގެ ސުޕަމާޓް މިހާރު ބަދަލުކޮށްލައިފައި އެ ވަނީ ޒަމާނީ، ފަސޭހަ ނިޒާމަކަށެވެ.

ތާރީހު ބަދަލުކޮށްލި ހައިޕަމާކެޓް: މިއީ ބޮޑު ކުރިއެރުމެއް!
ތާރީހު ބަދަލުކޮށްލި ހައިޕަމާކެޓް: މިއީ ބޮޑު ކުރިއެރުމެއް!

"މިހާރު އެއްތަނަކުން ވިޔަފާރިކުރަން ފަސޭހަ ވެއްޖެ،" އެސްޓީއޯ ހައިޕަމާކެޓްގައި ވިޔަފާރިކުރަން ގޮސް ހުރި އަންހެނަކު ބުންޏެވެ.

ތާރީހު ބަދަލުކޮށްލި ހައިޕަމާކެޓް: މިއީ ބޮޑު ކުރިއެރުމެއް!
ތާރީހު ބަދަލުކޮށްލި ހައިޕަމާކެޓް: މިއީ ބޮޑު ކުރިއެރުމެއް!

ބޭނުންވާ ސާމާނު އެކި ފިހާރަތަކުގައި ހުންނާތީ ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ބާޒާރުކުރަނީ އެކި ފިހާރަތަކަށް ގޮހެވެ. ހައިމާކެޓް ހުޅުވި އިރު، ބޮޑަށް ވިސްނާފައި އޮތީ އާންމު ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާނެ ހުރިހާ އެއްޗެއް އެއްތަނަކުން ލިބޭ ގޮތަށެވެ. އެސްޓީއޯ އިން އެތެރެ ނުކުރާ، ނުވަތަ އާންމުންގެ ތެރޭގައި އިތުބާރު ހޯދާފައިވާ ފިހާރަތަކަށް ޖާގަ ދީގެންނެވެ. މިސާލަކަށް، ފޮތް ފަންސުރު ކަހަލަ އެއްޗެހި ހޯދަން އެހެން ފިހާރައަކަށް ދިއުމުގެ ބަދަލުގައި ހައިޕަމާކެޓްގައި ހުރި އަސްރަފީ ބުކްޝޮޕްގެ ކައުންޓަރުން ލިބޭ ގޮތަށެވެ.

ތާރީހު ބަދަލުކޮށްލި ހައިޕަމާކެޓް: މިއީ ބޮޑު ކުރިއެރުމެއް!
ތާރީހު ބަދަލުކޮށްލި ހައިޕަމާކެޓް: މިއީ ބޮޑު ކުރިއެރުމެއް!

މުހިންމު އަނެއް ބަދަލަކީ، އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓް އެތަނަށް ބަދަލުވުމެވެ. މީގެ އިތުރުން ބޭކަރީގެ ހިދުމަތާއި ސެންޓާއި އިލެކްޓްރޯނިކްސް އާއި ކުޑަކުދިން ކުޅޭ ސާމާނާއި ސްޓޭޝަނަރީ ވިއްކާ ހާއްސަ ފިހާރަތަކެއްގެ ކައުންޓަރުތައް ވެސް އެތާނގައި ހިމެނެ އެވެ.

"އެސްޓީއޯ ޕީޕަލްސް ޗޮއިސް" އަކީ ކުރިން ވެސް ގިނަ ބަޔަކު ވިޔަފާރި ކުރަމުން އައި ތަނެކެވެ. ނަމަވެސް މިހާރު އައި ބަދަލާ އެކު އެތަނުން ވިޔަފާރި ކުރާ ކަސްޓަމަރުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެތަނަށް ވަންނަ ކޮންމެ ކަސްޓަަމަރަކު ވެސް ބުނަނީ ތަނުގެ ޖާގަ ބޮޑުވެފައި ކުރިއަށް ވުރެ ވިޔަފާރި ކުރަން ފަސޭހަ ކަމަށެވެ. އެއްތަނަކުން ގިނަ އަދަދެއްގެ ސާމާނު ލިބެން ހުރުމަކީ ވެސް ވަރަށް ބޮޑު ފަސޭހައެއް ކަމަށް ކަސްޓަަމަރުން ބުނެ އެވެ.

"ކުރިން އެސްޓީއޯ ހުއްޓަސް މަހުގެ ކުރީކޮޅު ވިޔަފާރި ކުރަންޏާ ވަރަށް ގިނަ ފިހާރަތަކަށް ދާން ޖެހޭ. އެކަމަކު މިހާރު މާބޮޑަށް ވެސް ފަސޭހަ. މިތަނަށް އައިސް ގާތްގަނޑަކަށް އަޅުގަނޑު ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ލިބޭ،" އެސްޓީއޯ އިން ވިޔަފާރި ކުރި ކަސްޓަމަރަކު "މިހާރު" އަށް ކިޔައިދިނެވެ.

"ވަރަށް ރަނގަޅު މިތަނުން ހުރިހާ އެއްޗެއް ލިބެން ހުންނާތީ. ކުދިންނާ އެކު އައިސް، އެ ކުދިން ބޭނުންވާ އެއްޗިއްސާއި އަޅުގަނޑުމެން ބޭނުންވާ އެއްޗިއްސާ، ސްޓޭޝަނަރީސް ކަހަލަ އެއްޗެހި ލިބެން ހުރީމަ."

ކުރިން ކައުންޓަރުތަކުގައި ބޮޑު ކިޔޫއެއް ޖެހިފައި އޮންނައިރު މިހާރު ކައުންޓަރުތައް އިތުރުކުރުމުން އެ މައްސަލަ ވެސް ހައްލުވެފައިވާ ކަމަށް ކަސްޓަމަރުން ބުނެ އެވެ.

"މިހާރު މިތަން މިއޮތް ގޮތުން ވަރަށް ފަސޭހަ ވިޔަފާރި ކުރަން. ކިޔޫގަ އެހާ އިރު ތިބޭކަށް ނުޖެހޭ. އެއީ އަޅުގަނޑުމެން އަބަދު މިތަނުން ވިޔަފާރި ކުރަމުން އައި ބަޔަކަށް ވަރަށް ރަނގަޅު ބަދަލެއް،" ކަސްޓަމަރަކު ބުންޏެވެ.

އަމިއްލަ ގިނަ ވިޔަފާރިތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ތެރޭގައި ހިދުމަތް ދިން ނަމަވެސް ކަސްޓަމަރުންނަށް ލުއި ކުރުމުގެ ގޮތުން ޕޭމަންޓުގެ ކަންކަން ހަމަޖައްސާފައި ވަނީ އެސްޓީއޯގެ ކައުންޓަރުތަކުގަ އެވެ. ކުރިން ސުޕަމާޓުގައި ހިދުމަތް ދެމުން އައި ކައުންޓަރުތަކުން މިހާރު ވެސް ހިދުމަތް ދޭއިރު އިތުރު ހިދުމަތްތަކަށް ހާއްސަ ކައުންޓަރުތަކެއް ވަނީ ހުޅުވައިފަ އެވެ. އޭގެ ތެރޭގައި ކްރެޑިޓް ސްކީމުގެ ދަށުން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހާއްސަ ކައުންޓަރާއި ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ ކައުންޓަރު ވެސް ހިމެނެ އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މި ވަގުތު ހިދުމަތް ދޭ އަމިއްލަ ވިޔަފާރިތަކުގެ ތެރޭގައި ސިޓީ ބޭކަރީ އާއި ނޯޓް ކޮސްމެޓިކްސް އާއި ޕީކަބޫ އާއި މެކްސްކޮމް ޓެކްނޮލޮޖީސް އާއި ދަ މެރެތޮން ޝޮޕާއި އަސްރަފީ ބުކްޝޮޕާއި ޕޮއިސް އަދި މަޑިހާ ހިމެނެ އެވެ. މީގެ އިތުރުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯ ފާމަސީގެ ހިދުމަތް ވެސް އެ ތަނުގައި ވަނީ ފަށައިފަ އެވެ.

އެ ފިހާރައިގެ ސޭލްސް މެނޭޖަރު އަބްދުﷲ ސައީދު ވިދާޅުވީ މި ވަގުތު އަށް ވިޔަފާރިއެއްގެ އުފެއްދުންތައް ލިބެން ހުރި ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ވިޔަފާރިތަކަށް ޖާގަދީ، އިތުރު އުފެއްދުންތައް ގެންނަން މަސައްކަތް ކުރާ ކަމަށެވެ. ކަސްޓަމަރުން ބޭނުންވާ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިތަން ހުޅުވައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަޅުގަނޑުމެންނަށް ލިބެމުން އައި ފީށްބެކް ހަމަ ވަރަށް ރަނގަޅު. ވަރަށް ގިނަ ބަޔަކަށް މި ކޮންސެޕްޓް ކަމުދިޔަ. އަދިވެސް އަޅުގަނޑުމެންގެ ވިސްނުން ހުރީ ކަސްޓަމަރުން އެންމެ ބޭނުންވާ ގޮތަށް ހިދުމަތް ދެވޭ އިންތިޒާމް މިތަނުގައި ހަމަޖެއްސުން،" އަބްދުﷲ ވިދާޅުވި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މީގެ ކުރިން ވެސް އަމިއްލަ ވިޔަފާރިތަކުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ހުޅުވާލި އެވެ. އެފަހަރު ފުރުސަތު ދިނީ އެސްޓީއޯގެ ހަރުގަނޑުތަކުގައި ދިވެހިންގެ އަމިއްލަ އުފެއްދުންތައް ވިއްކުމަށެވެ. އެ ހިދުމަތް މިހާރު ވެސް އެސްޓީއޯއިން އަންނަނީ ދެމުންނެވެ.