އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލް ލޯންޗުކުރުން ހޮލީވުޑް ސްޓައިލުގައި ދައްކާލައިފި
އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލް ލޯންޗުކުރުން ހޮލީވުޑް ސްޓައިލުގައި ދައްކާލައިފި

އުތުރު ކޮރެއާ އިން މިދިޔަ ހުކުރު ދުވަހު ލޯންޗުކުރި އެންމެ ބޮޑު ބެލިސްޓިކް މިސައިލްގެ ކަންކަން ފެންނަ ވީޑިއޯއެއް އެ ގައުމުގެ ދައުލަތުގެ ޓީވީން އާންމުކޮށްފި އެވެ. އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް-އުން ވެސް ފެންނަ އެ ވީޑިއޯގެ މަންޒަރުތައް ނަގާފައި ވަނީ ހޮލީވުޑްގެ ސްޓައިލްގެ އެކްޝަން ފިލްމަކާ އެއްގޮތަށް ކަމަށް ބުނެ، ގިނަ ބަޔަކަށް އެކަން ވަރަށް މަޖާވެއްޖެ އެވެ.

އެ ވީޑިއޯގައި ކިމް ޖޮންގް-އުން ފެންނަނީ ކަޅު ކުލައިގެ ލެދާ ޖެކެޓެއްގައި ކަޅު ކުލައިގެ އަވި އައިނެއް ތުރުކުރައްވައިގެން ހުންނަވަނިކޮށެވެ. އަދި ތަފާތު ވީޑިއޯ އިފެކްޓްސްތަކާއި ޑްރެމެޓިކް މިއުޒިކްތައް ވެސް އޭގައި ބޭނުންކޮށްފައިވެ އެވެ.

އާންމުކޮށް ދެކުނު ކޮރެއާގެ ދައުލަތުގެ ޓީވީން ދައްކަނީ ކިމް ޖޮންގް-އުންގެ އާއިލީ ޕްރޮޕެގެންޑާ އާއި އަސްކަރީ ބޭންޑްގެ ހަރަކާތްތަކާއި ފިލްމުތަކެވެ.

މިހާރު އާންމުވެފައިވާ ވީޑިއޯ ދެއްކީ އެ ޓީވީން ގެނެސްދޭ ޚަބަރުގެ ތެރެއިންނެވެ. ގާތްގަނޑަކަށް 15 މިނެޓެއް ދެމިގެންދިޔަ އެ ވީޑިއޯގައި ކިމް ޖޮންގް-އުން އާއި ސިފައިންގެ އިސްވެރިން މިސައިލުގެ ކުރިމަތިން ހިނގާފައި އަންނަތަނާއި އެ ލޯންޗުކުރާ ގަޑިއަށް އިންތިޒާރުގައި ތިބި ތަނާއި އަދި ލޯންޗުކުރި ގަޑީގެ "ޑްރެމެޓިކް" ހަރައްކާތްތަކެއް ފެނެ އެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނި ގޮތުގައި އެ ވީޑިއޯ ހީވަނީ ހޮލީވުޑްގެ "ޓޮޕް ގަން" ނުވަތަ "ތަންޑަބާޑްސް" ކަހަލަ އެކްޝަން ފިލްމެއްގެ މަންޒަރުތައް ހެންނެވެ. އެ ވީޑިއޯގައި ހުރީ ޑްރެމެޓިކް މަންޒަރުތައް ބައެއް މީހުންގެ ބޮލީވުޑްގެ ފިލްމުތަކާ ވެސް އަޅާކިޔެވެ.