27 މާޗް 2022 - 14:14

ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ، ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމާއި މަނީ ލޯންޑަރިންއަށް އެހީވުމުގެ ކުށުގެ ދައުވާ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ޝަރީއަތުން ނިންމީ ދެ މައްސަލާގައި ވެސް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު މިއީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ދެ ދައުވާ ކަމަށެވެ. މަދަނީ މިންގަނޑަކީ ޝަރީއަތަށް ބުރަވެވޭ ބުރެވެވުމެއް ކަމަށާއި ހެކި ވަޒަންކުރުން ނޫން ކަމަށް ޝަރީއަތުން ފާހަގަކުރި އެވެ.
މިގޮތަށް ނިންމެވީ މަދަނީ މިންގަނޑު ކަނޑައެޅުމައި ހައި ކޯޓުން ނިންމާފައިވާ ގަޒިއްޔާއަކާ ހަވާލާ ދެއްވަ އެވެ.
މިގޮތަށް ނިންމެވުމާ އެކު އާޒިމާގެ ފަރާތުން ވަނީ މި ނިންމުން އިސްތިއުނާފުކުރަން ބޭނުންވާ ކަމަށާއި އެކަމާ ގުޅޭ ލިޔުންތައް ބޭނުންވާ ކަމަށް ބުނެފަ އެވެ.
ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަމަށް ދެ ފަރާތަށް ވެސް ވަނީ 15 ދުވަހުގެ މުއްދަތެއް ދެއްވައިފަ އެވެ.