އާމިރު ހާން ހުއްޓުވީ ކުރީގެ އަންހެނުން
އާމިރު ހާން ހުއްޓުވީ ކުރީގެ އަންހެނުން

ބޮލީވުޑްގެ ކުޅަދާނަ ތަރި، އާމިރް ހާން ފިލްމީ ދާއިރާއާ ދުރަށް ދާން ނިންމި ކަމަށާއި ދެ އަހަރު ދުވަހު ފިލްމީ މަސައްކަތުގައި ދުރުގައި ހުއްޓަސް އެނބުރި މަސައްކަތަށް ނުކުންނަން ޖެހުނީ ކުރީގެ އަންހެނުންގެ ސަބަބުން ކަމަށް އޭނާ ބުނެފި އެވެ.

އާމިރު ހާން ހުއްޓުވީ ކުރީގެ އަންހެނުން
އާމިރު ހާން ހުއްޓުވީ ކުރީގެ އަންހެނުން

މުމްބާއީގައި އޮތް އިވެންޓެއްގައި ރޭ ވާހަކަދައްކަމުން އުމުރުން 57 އަހަރުގެ އާމިރް ވަނީ މިދިޔަ އަހަރުތަކަކީ އޭނާ އަށް ވެސް ވަރަށް ގިނަ ކަންކަން ހާސިލުނުވެ ދިޔަ ދުވަސްތަކެއްގެ ގޮތުގައި ސިފަކޮށް ވާހަކަދައްކައިފަ އެވެ.

އާމިރު ހާން ހުއްޓުވީ ކުރީގެ އަންހެނުން
އާމިރު ހާން ހުއްޓުވީ ކުރީގެ އަންހެނުން

މިދިޔަ އަހަރު އާމިރާއި އޭނާގެ އަނބިމީހާ ކިރަން ރާއޯގެ ކައިިވެނި ނިމުމަކަށް އައިސްފައިވާއިރު އާމިރް ވަނީ ކުދިންނާއި އާއިލާ އަށް ވަގުތު ނުދެވުމުން އެކަމުގެ ހިތާމައިގައި ވެސް މިފަހުން ވާހަކަދައްކައިފަ އެވެ. އޭނާ ފިލްމީ މަސައްކަތްތަކާ ދުރަށް ދާން ނިންމީ އެ ގެއްލުނު ވަގުތު އާއިލާ އަށް ހޯދައިދިނުމަށް ކަމަށް ވެސް ބުންޏެވެ.

އާމިރާއި ކިރަން ކައިވެނިކުރީ 2005 ވަނަ އަހަރު އެވެ. އެމީހުން ވަރިވިއިރު އެ ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ.

އޭގެ ކުރިން އާމިރް ވަނީ ރީނާ ދައްތާއާ ވެސް ކައިވެނިކޮށްފަ އެވެ. އާމިރްގެ ފުރަތަމަ ކައިވެނި 1986 އިން 2002 ވަނަ އަހަރާ ހަމަ އަށް ދެމިގެންދިޔައިރު، އެ ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ.

ރޭ އާމިރް ބައިވެރިވި އިވެންޓެއްގައި ހަޔާތުގެ އެކި ކަންކަމާ މެދު މަޔޫސްވެ އިނދެ އޭނާ ހަމައެކަނި ވާހަކަދެއްކީ ދަރިންނާ ގުޅިގެނެއް ނޫނެވެ. ކުރީގެ އަނބިމީހާ ކިރަންއާ ގުޅިގެން ވެސް އެތައް ވާހަކައެއް ދެއްކި އެވެ.

އާމިރް ބުނީ އޭނާގެ ހުވަފެންތައް ހާސިލުކުރުމަށް ކުރި ދަތުރުގައި އޭނާގެ އެންމެ ލޯބިވާ މީހުންނަށް އެންމެ ރަނގަޅަށް އަޅާލެވިފައި ނުވާ ކަމަށެވެ.

"އަހަރެންގެ މައިންބަފައިން، އެއްބަނޑުއެއްބަފާ ކުދިން، އަހަރެންގެ ދަރިން، އަހަރެންގެ ފުރަތަމަ އަންހެނުން ރީނާ އާއި ދެވަނަ އަނބިމީހާ ކިރަން އަދި އެމީހުންގެ މައިންބަފައިންނަށް ވެސް އެންމެ ރަނގަޅަށް އަޅައެއް ނުލެވުނު،" އެ މީހުންނަށް އެންމެ އެކަށީގެންވާ ވަގުތު ނުދެވޭ ކަމަށް ގަބޫލުކުރެވޭތީ އާމިރް ބުންޏެވެ.

އާމިރް ބުނީ އޭނާގެ އަންހެން ދަރިފުޅަށް މިހާރު 23 އަހަރުވެފައިވާއިރު އޭނާގެ ހަޔާތުގައި ވެސް ބައްޕައެއްގެ ބޭނުން އެންމެ ބޭނުންވި ވަގުތު ނުދެވުނު ކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ. ދަރިފުޅުގެ ވެސް އެންޒައިޓީ އާއި ބިރާއި ހުވަފެން އަދި އުއްމީދުތަކެއް ވެސް ހުންނާނެ ކަމަށް ގަބޫލުކުރެވުނަސް ކައިރީގައި ނުހުރެވޭ ކަމުގެ އިހްސާސް މިހާރު ކުރެވެން ފަށާފައިވާ ކަމަށް ބުންޏެވެ.

"އަހަންނަކަށް ނޭނގޭ އޭނާގެ [ދަރިފުޅު] ގެ ހުވަފެންތަކާއި ދިރިއުޅުމުގައި ބިރުގަންނަ ކަންކަމާއި އޭނާގެ އެއްވެސް އުއްމީދެއްގެ ވާހަކައެއް،" އޭނާގެ ޑަރެކްޓަރުންގެ ކަންކަން ރަނގަޅަށް އެނގުނަސް ދަރިއެއްގެ ކަންކަން ނޭނގޭތީ ދެރަވާ ކަމަށް ބުނެ ބުންޏެވެ.

"މި ވާހަކަ މި ދައްކަނީ ފުރަތަމަ ފަހަރަށް. އަހަރެން މުޅި އާއިލާ އަށް އެންގިން ދެން އެއްވެސް ފިލްމެއް ނުކުޅޭނަމޭ، އެކްޓެއް ނުކުރާނަމޭ، ފިލްމު ޕްރޮޑިއުސް ވެސް ނުކުރާނަމޭ. އެ ހުރިހާ ކަމެއް ކުރާކަށް ބޭނުމެއް ނޫން. ބޭނުމީ އާއިލާއާ އެކު ވަގުތު ހޭދަކުރަން. އާއިލާ އެންމެން ތިބީ ޝޮކެއްގައި. އެކަމަކު އެއްވެސް މީހަކު ވެސް އަހަންނާ ދެބަހެއް ނުވޭ،" މިދިޔަ ދެ އަހަރު ވަރަށް ގިނަ ކަންތައްވި ކަމަށާއި ފިލްމީ ދާއިރާ އަށް ދުރަށް ޖެހުމަށް ފަހު އަނބުރާ އައީ ކަމަށް އާމިރް ބުންޏެވެ.

ހަޔާތުގައި ކަންކަން ވަމުންދާ ގޮތުން ވަރަށް ބޮޑަށް ރުޅި އައި ކަމަށާއި އެކަމުގެ ސަބަބުން ފިލްމު ކުޅުން ހުއްޓާލަން ނިންމި ހިސާބުން ވެސް ދަރިންނާއި ކިރަން އެދުނީ ކުއްލިއަކަށް ނިންމުމެއް ނިންމުމުގެ ބަދަލުގައި އެކި ކަންކަން ބެލެންސް ކުރުމަށް ކަމަށެވެ. އެ ނިންމުމާ ގުޅިގެން ފެންކަޅިވެފައި ހުރެ އަމީރްގެ ކުރީގެ އަނބިމީހާ ވެސް އެދުނީ އެކަމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށެވެ.

އާމިރް ހާން އެންމެ ފަހުން ފެނުނީ މީގެ ދެ އަހަރުކުރިން ނެރުނު ފިލްމު، "ތަގްސް އޮފް ހިންދުސްތާން" ގަ އެވެ. އެއީ އާމިރުގެ ހަޔާތުގައި އެންމެ ބޮޑަށް ފްލޮޕްވި ފިލްމެވެ.

އާމިރްގެ އެންމެ ފަހުގެ މަސައްކަތް "ލާލް ސިންގް ޗައްޑާ" ނެރޭނީ މި އަހަރުގެ އޮގަސްޓް 11 ގަ އެވެ. އެކަމަކު ފިލްމާ މެދު ބެލުންތެރިން ނިންމާނެ ގޮތެއް ނޭނގޭތީ އާމިރް ހުރީ ފިއްކަނޑައިގެންދާ ވަރުވެފަ އެވެ.