މަންމަ މަރުވި ފަހުން ހިނިތުންވާކަށް ނޭނގޭ: އަރްޖުން
މަންމަ މަރުވި ފަހުން ހިނިތުންވާކަށް ނޭނގޭ: އަރްޖުން

ބޮލީވުޑްގެ އެކްޓަރު އަރްޖުން ކަޕޫރުގެ މަންމަ އަދި ފިލްމު ޕްރޮޑިއުސަރު މޯނާ ސޫރީގެ މަރަށް އިއްޔެ 10 އަހަރުވުމާ އެކު އަރްޖުން އޭނާގެ ހިތުގައި އޮތް އުދާސްތައް އަނެއްކާ ވެސް ބަންޑުންކޮށްލައިފި އެވެ.

މޯނާގެ މަރަށް އަހަރުވާ ކޮންމެ ފަހަރަކު އަރްޖުން އާއި އޭނާގެ ކޮއްކޮ އަންޝުލާ އަންނަނީ އެ ހިތްދަތި ހަނދާންތައް އާކުރަމުންނެވެ. ކެންސަރަށް ފަރުވާ ހޯދަނިކޮށް 2012 ވަނަ އަހަރު މޯނާ މަރުވިއިރު، މިފަހަރު ވެސް އަރްޖުން އެ ހަނދާންތައް އާކުރީ މޯނީ އަރުޖުން ކުޑައިރު އުރައިގެން ހުރި ފޮޓޯއަކާ އެކުގަ އެވެ.

އަރްޖުން ބުނީ މަންމަގެ އަޑު އަދި މަންމަ ހިނިތުންވެފައި ހުރި މަންޒަރު ދެކިލަން ކެތްމަދުވެފައިވާ ކަމަށާއި ކޮންމެ ވެސް ދުވަހަކު މަންމައާ އަދި ބައްދަލުވާނެ ކަމަށެވެ. މަންމަ އެންމެ ފަހުން ފެނުނުތާ 10 އަހަރުވެފައިވާ ކަމަށާއި މި ދިރިއުޅުމަކީ އެއްވެސް ބޭނުމެއް ނެތް ދުނިޔެއް ކަމަށް ބުންޏެވެ. އަދި ދިރިއުޅުމުގައި ލިބޭ ކާމިޔާބީ އާއި ނާކާމިޔާބުތަކުން ވެސް ހަނދާންވަނީ މަންމަ ގާތުގައި ނެތްކަން ކަމަށާއި މިއީ އިންސާފެއް ނެތް ދުނިޔެއް ކަމަށް އަރްޖުން ބުންޏެވެ.

މަންމައާ ނުލާ އަރްޖުން އޭނާ ސިފަކޮށް ދެނީ މިހާރު އޭނާގެ ދިރިއުޅުން "ނޯމަލް ނޫން" ކަމަށެވެ. އަދި މަންމަ ދުނިޔެއިން ދިޔައިރު، މަންމަވީ ގުރުބާނީގެ އަގު އަދާނުކުރެވުނު ކަމަށް ވެސް ބުންޏެވެ.

އަރްޖުން ބުނީ އޭނާ އަށް ބަލާލުމަށް ފަހު އެންމެން ވެސް ބުނަނީ މިހާރު އެހާ ވަރަށް ހިނިތުންނުވާ ކަމަށް ކަމަށެވެ. އެކަމަކު އެމީހުންގެ ގާތުގައި އޭނާގެ ހިނިތުންވުން މީގެ 10 އަހަރުކުރިން މަންމަގެ މަރާ އެކު ގެންދިޔައީ ކަމަށް ބުނާނެ ގޮތެއް ނޭނގޭ ކަމަށް ބުންޏެވެ. އަދި މަންމައާ ނުލާ އޭނާގެ ދިރިއުޅުން އޯކޭ ނޫން ކަމަށެވެ.

ހިތުގެ އުދާސްތައް އެވަރަށް ބަންޑުންކޮށްލުމަށް ފަހު އޭނާ ބުނީ މިއަދަށް އެވަރުން ފުދޭ ކަމަށެވެ. އަދި މިއަދު އެހާ ރަނގަޅު ދުވަހަކަށް ނުވިޔަސް މާދަ މާއަކީ ރަނގަޅު ނޫނީ މިއަށް ވުރެ ގޯސް ދުވަހަކަށް ވެދާނެ ކަމަށެވެ.

"އެ ހުރިހާ ކަމަކަށް ޑީލްކުރަން އެހީވާކަށް މަންމައެއް ނެތް. އެ ހުރިހާ ކަމަކާ އަމިއްލަ އަށް ފައިޓްކުރަމުން މި ދަނީ. އުއްމީދަކީ މަންމަ އަހަރެން ކުރާ ކަންކަން ބެލުމަށް ފަހު ވަރަށް ފަހުރުވެރިވާ ކަމަށް ބުނުން،" އަރްޖުން ނިންމާލަމުން ބުންޏެވެ.

މޯނާ އާއި ފިލްމު ޕްރޮޑިއުސަރު ބޯނީ ކަޕޫރް ކައިވެނިކުރީ 1983 ވަނަ އަހަރު އެވެ. އެކަމަކު 1996 ގައި އެކައިވެނި ރޫޅި ބޯނީ ވަނީ އެކްޓްރެސް ސްރީދޭވީއާ ކައިވެނިކޮށްފަ އެވެ. އޭގެ ފަހުން މޯނާ އިތުރު ކައިވެންޏެއް ނުކުރެ އެވެ. އަދި އަރްޖުން އާއި އަންޝުލާ ވެސް އުޅުނީ މޯނާއާ އެކު އެވެ.