25 މާޗް 2022 - 07:07

މަޝްހޫރު މިއުޒިކް ސްޓްރީމިން އެޕް "ސްޕޮޓިފައި" އިން މިދިޔަ އަހަރު 130 އާޓިސްޓަކަށް ފަސް މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދީފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޕޮޓިފައިން ބުނި ގޮތުގައި، މިދިޔަ އަހަރު މިއުޒިކް އިންޑަސްޓްރީ އަށް އެ ކުންފުނިން މުޅި ޖުމްލަ ހަތް ބިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. އެއީ މުޅި މިއުޒިކް އިންޑަސްޓްރީގެ 25 ޕަސެންޓްގެ އާމްދަނީ އެވެ.
މިދިޔަ އަހަރު އެ އެޕުން 52،600 އަށް ވުރެ ގިނަ އާޓިސްޓުން 10،000 ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ ކަމަށް ވެސް ބުންޏެވެ.
އެ އާމްދަނީ ލިބުނު އާޓިސްޓުންގެ ނަން އެ ކުންފުނިން ހާމަނުކުރިޔަސް، ރިޕޯޓްތައް ބުނާ ގޮތުން އެންމެ ބޮޑު އާމްދަނީއެއް ހޯދީ ރެޕް ލަވަކިޔުންތެރިޔާ ބޭޑް ބަނީ، ޓެއިލާ ސުވިފްޓް، ބީޓީއެސް، ޑްރޭކް އަދި ޖަސްޓިން ބީބާ އެވެ. އަދި އެންމެ ގިނަ ބަޔަކު ސްޓްރީމް ކުރި ލަވައަކީ އޮލިވާ ރޮޑްރިގޯގެ ޑްރައިވާސް ލައިސެންސެވެ.
ސްޕޮޓިފައިން ބުނި ގޮތުގައި، މިހާތަނަށް އަށް މިލިއަނަށް ވުރެ ގިނަ މީހުން އެ އެޕަށް އެކި ކަހަލަ އޯޑިއޯ އަޕްލޯޑްކޮށްފައިވެ އެވެ. އަދި ކޮންމެ ދުވަހަކު 60،000 ވުރެ ގިނަ މިއުޒިކް އަޕްލޯޑްކުރެ އެވެ. އެހެންވެ، އެ އެޕް ބޭނުންކުރާ 99.3 ޕަސެންޓް އާޓިސްޓުން ކޮންމެ އަހަރު މަދުވެގެން 10،000 ޑޮލަރުގެ އާމްދަނީއެއް ހޯދަ އެވެ.