އެމްއެންޔޫން ކާބޯތަކެތީގެ މައުރަޒެއް
އެމްއެންޔޫން ކާބޯތަކެތީގެ މައުރަޒެއް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކާބޯތަކެއްޗަށް ހާއްސަ ކޮށްގެން ހިންގާ "ފަހި ސުފުރާ" މައުރަޒު މިއަދު ފަށައިފި އެވެ.

އެމްއެންޔޫން ކާބޯތަކެތީގެ މައުރަޒެއް
އެމްއެންޔޫން ކާބޯތަކެތީގެ މައުރަޒެއް

އެމްއެންޔޫގެ އިދާރީ މަރުކަޒުގައި، އެ މައުރަޒު ފައްޓަވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. އެ ރަސްމިިއްޔާތުގައި އެމްއެންޔޫގެ އިސްވެރިން ވެސް ބައިވެވަޑައިގަތެވެ.

އެމްއެންޔޫން ކާބޯތަކެތީގެ މައުރަޒެއް
އެމްއެންޔޫން ކާބޯތަކެތީގެ މައުރަޒެއް

މިއީ ގައުމީ ޔުނިވާސިޓީން ކާބޯތަކެއްޗަށް ހާއްސަކޮށްގެން މައުރަޒެއް ބާއްވާ ފުރަތަމަ ފަހަރެވެ. އެއީ ކާބޯތަކެތި ހަދާ މީހުންނާއި ވިއްކާ މީހުން އަދި ގަންނަ މީހުން އެއްތަންކޮށް ގުޅުން ބަދަހިކޮށް ދިވެހިންގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ މައުރަޒެކެވެ.

އެމްއެންޔޫން ކާބޯތަކެތީގެ މައުރަޒެއް
އެމްއެންޔޫން ކާބޯތަކެތީގެ މައުރަޒެއް

ދިވެހި ކާބޯތަކެތީގެ ގިނަ އަދަދެއްގެ ސްޓޯލް އެ މައުރަޒުގައި ވަނީ ހުޅުވައިފަ އެވެ. އޭގެ ތެރޭގައި ދިވެހިން ކުރިން ކައިބޮއެ ހެދި ތަކެއްޗާއި އެކި ރަށްރަށަށް ހާއްސަ ތަކެއްޗާއި ކާބޯތަކެތި ހަދާ ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން ތަފާތު ބާވަތްތަކުގެ މަސްދަޅު އުފައްދާ ހޮރައިޒަން ފިޝަރީޒްގެ ސްޓޯލެއް ވެސް އެ މައުރަޒުގައި އެބަހުއްޓެވެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ރޭގަނޑު 10:00 އަށް މައުރަޒު ކުރިއަށްދާނެ އެވެ. އެ މައުރަޒަށް ވީހާވެސް ގިނަ ބަޔަކު ޒިޔާރަތް ކުރުމަށް އެމްއެންޔޫ އިން އެދެ އެވެ.