ޓޫރިޒަމް ދާއިރާގެ 218 ވިޔަފާރިއަކަށް އީޔޫގެ މާލީ އެހީ
ޓޫރިޒަމް ދާއިރާގެ 218 ވިޔަފާރިއަކަށް އީޔޫގެ މާލީ އެހީ

ކޮވިޑްގެ ސަބަބުން ކުރިމަތިވި ދަތިކަމުން އަރައިގަތުމަށް ޓޫރިޒަމް ދާއިރާގެ ކުދި އަދި މެދުފަންތީގެ 218 ވިޔަފާރިތަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 8 މިލިއަން ރުފިޔާގެ އެހީ ދިފި އެވެ.

ޓޫރިޒަމް ދާއިރާގެ 218 ވިޔަފާރިއަކަށް އީޔޫގެ މާލީ އެހީ
ޓޫރިޒަމް ދާއިރާގެ 218 ވިޔަފާރިއަކަށް އީޔޫގެ މާލީ އެހީ

މިއަދު ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތުގައި އީޔޫގެ ހެޑް އޮފް ކޯޕަރޭޝަން ޖެނީ ކޮރެއާ ނިއުނެޒް ވަނީ ތުލުސްދޫގެ ބައެއް ގެސްޓްހައުސްތަކަށް އީޔޫގެ އެހީ ރަމްޒީކޮށް ހަދިޔާކުރައްވައިފަ އެވެ.

ޓޫރިޒަމް ދާއިރާގެ 218 ވިޔަފާރިއަކަށް އީޔޫގެ މާލީ އެހީ
ޓޫރިޒަމް ދާއިރާގެ 218 ވިޔަފާރިއަކަށް އީޔޫގެ މާލީ އެހީ

ރާއްޖޭގެ ގެސްޓްހައުސް އަދި ސަފާރީތަކަށް އެހީވުމުގެ ގޮތުން މިދިޔަ ޑިސެމްބަރު މަހު އީޔޫ އިން ވަނީ ދެ މިލިއަން ޔޫރޯ (34 މިލިއަން ރުފިޔާ) ދިވެހި ސަރުކާރަށް ދީފަ އެވެ. މާލީ އެހީތެރިކަމުގެ އިތުރަށް ވިޔަފާރިތައް އަލުން ކޮޅަށް ޖެހުމަށް ބޭނުންވާ ފަންނީ އެހީތެރިކަމަށް ވެސް އީޔޫއިން 11 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ.

ޓޫރިޒަމް ދާއިރާގެ 218 ވިޔަފާރިއަކަށް އީޔޫގެ މާލީ އެހީ
ޓޫރިޒަމް ދާއިރާގެ 218 ވިޔަފާރިއަކަށް އީޔޫގެ މާލީ އެހީ

މިފައިސާ ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރަނީ މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) މެދުވެރިކޮށެވެ. މިހާތަނަށް 181 ގެސްޓްހައުސްއަކަށް ފައިސާގެ އެހީ ދީފައިވާ އިރު 37 ސަފާރީއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. މި އެހީ ދެނީ ޓޫރިޒަމް ދާއިރާގައި 40 އެނދަށް ވުރެ މަދުން ހިންގާ ތަންތަނަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޒާމިރު ވިދާޅުވީ، ކޮވިޑުން އަރައިގަތުމަށް އީޔޫއިން ދިން އެހީތެރިކަމުން ގައުމު ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު ފަސޭހައެއްވި ކަމަށެވެ.

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އިތުރަށް އީޔޫއިން ވަނީ ސިއްހީ ދާއިރާގެ ކަންކަމަށް އެއް މިލިއަން ޔޫރޯ (17 މިލިއަން ރުފިޔާ) އާއި އިގްތިސާދު ހަމައަކަށް އެޅުވުމަށް 20 މިލިއަން ޔޫރޯ (340 މިލިއަން ރުފިޔާ) ގެ ލޯނު އެހީއެއް ދީފަ އެވެ.

ޒާމިރު ވިދާޅުވީ، ރާއްޖޭގައި 66 ޕަސެންޓް ގެސްޓް ހައުސް ކޮވިޑާ ހެދި ހިންގަން ޖެހުނީ ދަރަނީގައި ކަމަށެވެ. އަދި އެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުގެ އަދަދު 29.8 މިލިއަން ޑޮލަރަށް އެރި ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަނުން ބުނެފައިވާކަން ފާހަގަކުރެއްވި އެވެ.

"މި ޕްރޮޖެކްޓްގެ ތެރެއިން ގެސްޓްހައުސް އާއި ސަފާރީތަކަށް ވިޔަފާރި ކުރިއަރުވަން ބޮޑު އެހީތެރިކަމެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އީޔޫގެ ހެޑް އޮފް ކޯޕަރޭޝަން ޖެނީ ކޮރެއާ ނިއުނެޒް ވިދާޅުވީ، އީޔޫއިން އަބަދުވެސް މަސައްކަތް ކުރަނީ ލޯކަލް ކޮމިއުނިޓީތަކުގެ ކުރިއެރުވުމަށް އެހީވުމަށް ކަމަށެވެ. މި ޕްރޮޖެކްޓްގެ ވެސް ބޭނުމަކީ ކުދި ވިޔަފާރިތައް ބާރުވެރިކޮށް ކުރިއަށް ދިއުމަށް އެހީވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮވިޑަކީ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ލިބުނު އިރު މާލީ އެހީގެ އިތުރުން އެހެން ގޮތް ގޮތުން ވެސް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައި. އެގޮތުން ގެސްޓްހައުސްތަކަށް ހާއްސަކޮށް އޮންލައިން ޓްރެވަލް އޭޖެންސީއެއް ހެދުމަށް ވެސް ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.

ޖެނީ ވިދާޅުވީ، ގެސްޓްހައުސްތަކާއި ސަފާރީތަކަށް ބުކް ކީޕިން އާއި އައިޓީ ދާއިރާއިން ވެސް އެހީވާން ނިންމާފައިވާ ކަމަށެވެ.

މި އެހީއަށް އެދި މެއި 31 ގެ ކުރިން ގެސްޓްހައުސްތަކާއި ސަފާރީތަކަށް ފޯމު ހުށަހެޅޭނެ އެވެ. ފޯމު ހުށަހަޅަން ޖެހޭނީ އެމްއެފްއެމްސީއަށެވެ. މާލީ އެހީވުމުގައި އެނދަކަށް 2،453ރ. ގެ މަގުން ފައިސާ ލިބޭނެ އެވެ.