އާ އަހަރާ ދިމާކޮށް ޝީޝާ އިން ހާއްސަ ޑިސްކައުންޓެއް
އާ އަހަރާ ދިމާކޮށް ޝީޝާ އިން ހާއްސަ ޑިސްކައުންޓެއް

ހޮންޑާ ބްރޭންޑުގެ ސަައިކަލް ގަންނަ މީހުންނަށް، އާ އަހަރާ ދިމާކޮށް ހާއްސަ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ހޮންޑާ މޯލްޑިވްސް އިން އިއްޔެ ފަށައިފި އެވެ.

ހޮންޑާ ބްރޭންޑުގެ ސައިކަލުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ، ޝީޝާ އިން ބުނި ގޮތުގައި މާލެ، ހުޅުމާލެ އަދި އައްޑޫގައި ހުންނަ ހޮންޑާގެ ފިހާރަތަކުން މި ހާއްސަ ޑިސްކައުންޓްގައި ސައިކަލް ލިބޭނެ އެވެ. އެގޮތުން، ސައިކަލް ގަތުމަށް ނަގުދު ފައިސާ ދައްކާ ހުރިހާ ކަސްޓަަމަރުންނަށް 3،000ރ. އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ތަނުން ބުންޏެވެ.

ޝީޝާ އިން ބުނީ މި ހާއްސަ ފުރުސަތުގައި ބައިވެރިވޭނީ މޯލްޑިވްސް އިސްލާމިކް ބޭންކާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ މެދުވެރިކޮށް ސައިކަލް ގަންނަ ކަސްޓަމަރުންނަށް ކަމަށެވެ. އަދި ޝީޝާގެ އިންސްޓޯލްމަންޓް ސްކީމްގެ ދަށުން ސައިކަލް ނަގާ މީހުންނަށް މި ޑިސްކައުންޓް ނުލިބޭނެ ކަމަށް ވެސް ބުންޏެވެ.

ހޮންޑާ ސަައިކަލްތަކަކީ ރާއްޖޭގައި އެންމެ މަގުބޫލް ސައިކަލް ބްރޭންޑެވެ. ހޮންޑާގެ ތަފާތު ވައްތަރުތަކުގެ ސައިކަލް ޝީޝާ އިން ވިއްކާއިރު، އެކި ޕްރޮމޯޝަންތައް ވެސް ހިންގަ އެވެ.