23 މާޗް 2022 - 05:46

ފުރަތަމަ ކައިވެންޏަށް ފަހު ދެވަނަ ކައިވެންޏަކާ މެދު ކުރިން ނުވިސްނި ނަމަވެސް މިހާރު ކައިވެނި ކުރަން ބޭނުންވާ ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް ބުނެފި އެވެ.

މައިލީ ސައިރަސް އާއި އެކްޓަރު ލިއަމް ހެމްސްވޯތާ ދެމީހުންގެ ގުޅުމުގެ ވާހަކަ މީޑިއާތަކުގައި ވަރަށް ގަދަ އަށް ދެކެވުނެވެ. އަދި އެކި ފަހަރުމަތިން ރައްޓެހިވެ، ރުޅިވެފައި އެންމެ ފަހުން އެ ދެމީހުން ކައިވެނި ކުރުމުން އެންމެން ހީކުރީ އެ ދެމީހުން އެންމެފަހުން އުފާވެރި ދިރިއުޅުމެއް ފަށާނެ ކަމަށެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުުވެ އެ ދެމީހުން ވަރިވި އެވެ.
އެއަށް ފަހު މައިލީ ވަނީ އެހެން މީހުންނާ ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ. މިހާރު ރައްޓެހިވެގެން އުޅޭ ޑްރަމް ކުޅުންތެރިޔާ މެކްސް މޮރަންޑޯއާ އެކު އޮތް ގުޅުން ދުވަހެއް ދުވަހަކަށް ސީރިއަސް ވަމުން އަންނަ ކަމަށް މައިލީ ބުންޏެވެ.
ހޮލީވުޑް ލައިފް އަށް ދިން އިންޓަވިއުއެއްގައި މައިލީ ބުނީ ލިއަމް އަށް ފަހު އެހެން މީހަކާ އެހާ ސީރިއަސް ވާނެ ކަމަށް ހީވެސް ނުކުރާ ކަމަށެވެ. ނަމަވެސް މެކްސްއާ އެކު އޮތް ގުޅުން ވަރަށް ބޮޑަށް ސީރިއަސް ވެފައިވާއިރު މުސްތަގުބަލާ މެދު އިތުރަށް ވިސްނަމުން އަންނަ ކަމަށް ބުންޏެވެ.
މައިލީ ބުނަނީ ކައިވެންޏާ މެދު މިހާރު ރަނގަޅު ނަޒަރަކުން އެބަ ބެލެވޭ ކަމަށެވެ. އެއީ މެކްސްގެ ސަބަބުން ކަމަށް ވެސް މައިލީ ބުންޏެވެ. މެކްސް ވެސް ހުރީ ކައިވެނި ކުރަން ބޭނުންވެފައި ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް އެކަންތައްތައް ވާނެ ސީދާ ދުވަހެއް އަދި ނޭނގެ އެވެ. އެ ދެމީހުން އެންމެ ފުރަތަމަ ދިމާވީ މިދިޔަ އަހަރުގެ ޖުލައިގަ އެވެ.