ކާތިކްގެ ފަހަތުން ފިނިފެންމާ ހިފައިގެން އަންހެން ސަޕޯޓަރުން ދުވަނީ
ކާތިކްގެ ފަހަތުން ފިނިފެންމާ ހިފައިގެން އަންހެން ސަޕޯޓަރުން ދުވަނީ

ބޮލީވުޑްގެ ޒުވާން ތަރި، ކާތިކް އާރިޔަންގެ ރީތިކަމުގެ ޖާދޫގައި އެތައް ބަޔަކު ޖެހިފައިވެ އެވެ. ތަރިން ފެނުމުން އެމީހުންގެ ފަހަތުން ފޮޓޯއަކަށް ހުއްޓެން އާދޭސްކުރަމުން ދުވާއިރު މިފަހަރު މުމްބާއީ އެއާޕޯޓުން ނިކުތުމާ އެކު ކާތިކް ފަހަތުން ދެ އަންހެން ކުދިންދާ ވީޑިއޯއެއް މިފަހުން ވަނީ އާންމުވެފަ އެވެ.

އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ އެ ދެ އަންހެން ކުދިން ރަތް ފިނިފެންމަލެއް ހިފައިގެން ކާތިކަށް އެ މާދޭން ފަހަތުން ދާތަނެވެ. އަދި މާ ހިފުމަށް ފަހު ކާތިކް ހިނގާފައި ދިޔަ ނަމަވެސް އަންހެން ސަޕޯޓަރުން ވަނީ ފަހަތުން ގޮސްފަ އެވެ.

ކޮންމެވެ ސް ވާހަކައެއް ދައްކަމުން އެމީހުންދާއިރު އެކަކު ވަނީ ކާތިކްގެ އަތުގައި ހިފާލަން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ. އެހެންވެ ހިނގަމުން ގޮސް ކާތިކް ވަނީ ފަހަތަށް އެނބުރި އެ ކުއްޖާއަށް ސަލާންކޮށްފަ އެވެ.

ކާތިކް ވަނީ މީގެ ކުރިން އޭނާ އަށް ސަޕޯޓަރުން ދޭ ލޯތްބާ ގުޅިގެން އެ ވާހަކަ ދައްކައިފަ އެވެ. ކާތިކް ބުނީ އޭނާގެ ޕޯސްޓްތައް ވެސް ޓްރެންޑްވާ ކަމަށާއި އޭނާގެ ނަމާ ގުޅުވާފައި އެކި ޓައިޓަލްތައްދީ އޭނާ އަށް ލޯބި ބަންޑުކުރާތީ ވަރަށް އުފާވާ ކަމަށެވެ.

މިފަހުން ސޯޝަލް މީޑިއާގައި "ޕޯސް ލައިކް ކާތިކް އާރިޔަން" ވެސް ޓްރެންޑްވި އެވެ. އެހާ ގިނައިން މީހުންގެ ލޯބި ލިބޭތީ ޝުކުރުވެރިވާ ކަމަށާއި އުއްމީދަކީ މީހުން ހީކުރާ ކަހަލަ ރަނގަޅު މަސައްކަތްތަކެއް ގެނެސްދިނުން ކަމަށް އޭނާ ބުންޏެވެ.