އުކުޅަހު ސްކޫލްގައި ދުން ބޯވެ ދަރިވަރުން ގެއަށް
އުކުޅަހު ސްކޫލްގައި ދުން ބޯވެ ދަރިވަރުން ގެއަށް

އއ. އުކުޅަހުގެ ކުނިގޮނޑުން، އެ ތަނާ ކައިރީގައި ހުންނަ ސްކޫލަށް ދުމުގެ އަސަރުކޮށް މެންދުރު ފަހުގެ ދަންފަޅީގެ ދަރިވަރުން މިއަދު ގެއަށް ފޮނުވާލައިފި އެވެ.

އުކުޅަހު ސްކޫލްގައި ދުން ބޯވެ ދަރިވަރުން ގެއަށް
އުކުޅަހު ސްކޫލްގައި ދުން ބޯވެ ދަރިވަރުން ގެއަށް

އެ ސްކޫލުން ވާހަކަދެއްކި ޓީޗަރަކު ބުނީ، ސްކޫލްގެ އިންފާރާ ޖެހިގެން އޮންނަ ކުނިގޮނޑުގައި އާއްމުކޮށް ކުނި އަންދަނީ ރޭގަނޑު ކަމަށެވެ. ނަމަވެސް މިއަދު މެންދުރު ފަހުގެ ދަންފަޅީގެ ކިޔެވުން ފަށަން ވަރަށް ކައިރިވެފައި ހުއްޓައި ކުނިގޮނޑުގައި ރޯކޮށްލުމުން، އެ ދުމުގެ އަސަރު މުޅި ސްކޫލްތެރެއަށް ފޯރީ ކަމަށެވެ.

އުކުޅަހު ސްކޫލްގައި ދުން ބޯވެ ދަރިވަރުން ގެއަށް
އުކުޅަހު ސްކޫލްގައި ދުން ބޯވެ ދަރިވަރުން ގެއަށް

އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން، ދުމުގެ މައްސަލަ ހައްލުވަންދެން މެންދުރު ފަހުގެ ދަންފަޅީގެ ދަރިވަރުން ގެއަށް ފޮނުވާލަން އެންގި އެވެ.

"ދުން ބޯވުމުގެ މައްސަލަ މި ވަގުތަށް ހައްލުވެއްޖެ. އެކަމަކު ސްޓާފްރޫމާއި އެކި ތަންތަނުގައި އެބަހުރި ދުން ވަސް ވަރަށް ބޮޑަށް،" އެ ޓީޗަރު ބުންޏެވެ.

"އިންޓަވަލަށް ފަހު 3:30 ގައި ސްކޫލަށް ހާޒިރުވާން ދަރިވަރުންނަށް އަންގާފައިވަނީ މިހާރު،"

އޭނާ ބުނީ މި ފަހުން ތިން ދުވަހެއްގައި ދުވާލު ގަޑީގައި ކުނި އަންދައިގެން ދަރިވަރުންނަށް ދަތިވި ކަމަށެވެ. އެކަމަކު، ސްކޫލުން ފޮނުވާލަން ޖެހޭ ވަރެއް މީގެ ކުރިން ނުވެ އެވެ.

"މީގެ ކުރިން ހަވީރު ވެސް ރޯކޮށްލަފާނެ ދަރިވަރުން ސްކޫލްގައި ތިއްބައި. ވަރަށް ޒަމާންވީ މައްސަލައެއް މިއީ،" އެ ޓީޗަރު ބުންޏެވެ.

ރޭގަނޑު ކުނި އެންދިއަސް އެކަމުގެ އުނދަގޫ ރަށުގެ އާއްމުންނަށް ކުރާ ކަމަށް، އުކުޅަހުން ވާހަކަދެއްކި ބައެއް މީހުން ބުނެ އެވެ.