އެމްޕީއެލްގެ އިސްވެރިންނަށް ހާއްސަ ވޯކްޝޮޕެއް ބާއްވައިފި
އެމްޕީއެލްގެ އިސްވެރިންނަށް ހާއްސަ ވޯކްޝޮޕެއް ބާއްވައިފި

އެމްޕީއެލްގެ އިސްވެރިންނަށް ހާއްސަކޮށް ވޯކްޝޮޕެއް ބާއްވައިފި އެވެ.

"ނެކްސްޓް ޖެނެރޭޝަން ޕާފޯމެންސް މެނޭޖްމެންމެންޓް"ގެ ނަމުގައި ހިންގާ މި ވޯކްޝޮޕް މެނޭޖްމެންޓުގެ މުހިއްމު މައުލޫމާތުތަކެއް ދޭނެ އެވެ.

އޭގެތެރޭގައި ޕާފޯމެންސް މެނޭޖްމެންޓާއި މުވައްޒަފުން ވަޒީފާ އަށް ނެގުމުގައި އިސްކަން ދޭނެ ކަންކަމާއި މުވައްޒަފުން ބާރުވެރިކޮށް، މަސައްކަތް ކުރުމުގައި އެންމެ ރަނގަޅު ގޮތްތައް ގެނައުމުގައި ކަންކަން ކުރާނެ ގޮތްތައް ކިޔައިދިނުމަށް ހަމަޖެހިފައިވެ އެވެ.

މި ވޯކްޝޮޕްގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވެސް ބައިވެރިވެވަޑައިގަތެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ އިސް މަގާމުތަކުގައި ތިބި މީހުންނަށް މިފަދަ ވޯކްޝޮޕެއް ހިންގަނީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް މުވައްޒަފުންގެ ޕާފޯމަންސް ރަނގަޅު ކުރުމުގެ ބޭނުމުގަ އެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންދަނީ އޮފީސްތައް ހިންގުމުގެ ތަޖުރިބާކާރު ރޮބާޓް މޮސްލީ އެވެ.

އެމްޕީއެލްގެ އިސްވެރިންނަށް ކްރޮސްރޯޑްސްގައި ބާއްވާ މި ވޯކްޝޮޕް މިއަދުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.