ސިޓީގެ ވެރިޔާ ސީރިއާގެ ރައީސާ ބައްދަލުކުރުމުން އިނގިރޭސިި ސަރުކާރަށް ކަމަކު ނުދިޔަ
ސިޓީގެ ވެރިޔާ ސީރިއާގެ ރައީސާ ބައްދަލުކުރުމުން އިނގިރޭސިި ސަރުކާރަށް ކަމަކު ނުދިޔަ

މެންޗެސްޓާ (މާޗް 22) - އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީގެ ވެރިޔާ ޝެއިހް މަންސޫރު، ސީރިއާގެ ރައީސް ބައްޝާރުލް އަސަދާ ބައްދަލު ކުރެއްވުމުން އިނގިރޭސި ވިލާތުގެ ސަރުކާރުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސިޓީގެ ވެރިޔާ ސީރިއާގެ ރައީސާ ބައްދަލުކުރުމުން އިނގިރޭސިި ސަރުކާރަށް ކަމަކު ނުދިޔަ
ސިޓީގެ ވެރިޔާ ސީރިއާގެ ރައީސާ ބައްދަލުކުރުމުން އިނގިރޭސިި ސަރުކާރަށް ކަމަކު ނުދިޔަ

ސީރިއާގެ ދާހިލީ ހަނގުރާމަ ފެށުނުތާ 11 އަހަރު ފަހުން، ބައްޝާރުލް އަސަދު ވަނީ ފުރަތަމަ ފަހަރަށް އަރަބި ގައުމަކަށް އޭނާގެ ފުރަތަމަ ޒިޔާރަތް މި މަހު ކުރައްވައިފަ އެވެ. ޔޫއޭއީ އަށް ކުރެއްވި މި ދަތުރުފުޅުގައި އޭނާ ވަނީ ޝެއިހް މަންސޫރާއި އެ ގައުމުގެ އެހެނިހެން އިސްވެރިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

މީގެ ކުރިން ހަނގުރާމައިގެ މުއްދަތުގައި ބައްޝާރުލް އަސަދު ސީރިއާ ދޫކުރައްވައި ދަތުރުފުޅު ކުރެއްވީ ރަޝިއާ އާއި އިރާނަށެވެ. އެއީ ސީރިއާ އަށް އަސްކަރީ ގޮތުން ވާގިވެރިވާ ދެ ގައުމެވެ.

އެހެންވެ، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ގުޅުން އޮންނަ ކަމަށް ބުނެ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް ފިޔަވަޅު އެޅި ފަދައިން މެންޗެސްޓާ ސިޓީގެ ވެރިޔާ، ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު ޝެއިހް މަންސޫރަށް ވެސް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅުން ގާތް ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.

ޔޫއޭއީ އިން ބައްޝާރުލް އަސަދަށް މަރުހަބާ ދެންނެވުމުން އިނގިރޭސި ވިލާތާއި އެމެރިކާ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި ބައްދަލުވުމާ ގުޅިގެން އިނގިރޭސި ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީސް (އެފްސީޑީއޯ) އިން ބުނީ، ސީރިއާ ސަރުކާރުގެ އަމަލުތައް ބަދަލު ނުވާހާ ހިނދަކު އެ ގައުމުގެ ރައީސާއެކު ގުޅުން ބަދަހި ކުރުމަކީ ސީރިއާގައި ސުލްހަ ގާއިމުކުރުމުގެ އުންމީދަށް ހީނަރުކަން ލިބޭނެ ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އިނގިރޭސި ވިލާތުން ސީރިއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖޮނަތަން ހާގްރީވްސްގެ ޓްވީޓެއްގައި ވިދާޅުވީ، ސީރިއާ ސަރުކާރާ ދެމެދު ގުޅުން ބަދަހި ކުރަން އިނގިރޭސި ވިލާތުން އަދިވެސް ދެކޮޅު ކަމަށެވެ.