21 މާޗް 2022 - 22:42

ކ. ގާފަރު ގެސްޓްހައުސްއެއްގައި ޒުވާން އަންހެނަކު މަރުވެފައި އޮއްވާ މިރޭ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ގެސްޓްހައުސްއެއްގައި މީހަކު މަރުވެފައި އޮތްކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި ގެސްޓްހައުސް އަށް އޭނާ ޗެކިންވެފައި ވަނީ މިިދިޔަ ބުދަ ދުވަހު އެވެ. މަރުވެފައި އޮތްކަން އެނގުނީ ވެސް ޗެކްއައުޓް ވެ، ލޯންޗު ފުރާ ގަޑިޖެހުނު އިރު ވެސް ނުގޮސްގެންނެވެ.
އެ އަންހެން މީހާ ރޭގަނޑު އެކަނި މޫދަށް އެރެނިކޮށް ވެސް ގާފަރުގެ މީހުންނަށް ފެނިފައިވާ ކަމަށް ވެ އެވެ.